ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އިމިގްރޭޝަނުން މިދިޔަ ހަފްތާގައި ހިންގި އޮޕަރޭޝަނުގައި، ފިހާރައެއްގައި މަސައްކަތްކުރާ ބިދޭސީއެއްގެ ވޯކް ޕާމިޓް ކާޑު ޗެކްކުރަނީ. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
02 ސެޕްޓެމްބަރ 2024 - 11:01
ބިދޭސީންނަށް ދޫކުރާ ހުއްދަތަކުގެ ފީތަކާއި ޖޫރިމަނާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށް ފައިސާ ދެއްކުމަށް ތިން ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދީ އަދި ފައިސާ ދައްކައި ހަލާސްކުރުމަށް ޕްލޭނެއް ހެދުމުގެ ފުރުސަތު ދީފި އެވެ.
ބިދޭސީންނާ ގުޅޭ ގޮތުން ދައުލަތަށް ދައްކަން ޖެހޭ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައި ހުރި ޖޫރިމަނާތައް ދައްކަން އެންމެ ފުރަތަމަ ފުރުސަތު ދިނީ މިދިޔަ މަހުގެ 12 ގެ ނިޔަލަށެވެ. އަދި އޭގެ ފަހުން 24 ވަނަ ދުވަހާ ހަމަޔަށް މުއްދަތު އިތުރުކޮށްދިނެވެ.
ހޯމް މިނިސްޓްރީން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން ފީތަކާއި ޖޫރިމަނާތަކުގެ އަދަދު 100،000ރ. އަށް ވުރެ މަދުން ދައްކަން ޖެހޭ ފަރާތްތަކުން މި މަހުގެ 16 ގެ ކުރިން ފައިސާ ދައްކައި ހަލާސްކުރަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ލިސްޓު އާންމުކޮށް އިއުލާނުކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އެ ފަރާތްތައް ސަސްޕެންޑް ކުރާނެ ކަމަށް ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން އެއްފަހަރާ ހުރިހާ ފީތަކާއި ޖޫރިމަނާތައް ދައްކައި ހަލާސް ކުރުމަށް ދަތިވާކަމުގެ ޝަކުވާ ހުށަހަޅަމުންދެ އެވެ. އެހެންވެ ވަކި މުއްދަތެއްގެ ތެރޭގައި ފައިސާ ދައްކައި ހަލާސް ކުރުމަށް އެއްބަސްވުމެއް ހެދުމުގެ ފުރުސަތު މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދޭން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ރާއްޖޭގައި 139،000 މަސައްކަތު މީހުންނަށް ހުއްދަ ދޫކޮށްފައި ވިޔަސް ބަރާބަރަށް ފައިސާ ދައްކަނީ އެންމެ 36 ޕަސެންޓް މީހުން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ތަފާތު ވަޒީފާތަކަށް ރާއްޖެއަށް ބިދޭސީން ގެނައުމަށް ފަހު، އެ މީހުންނާ މެދު އިހުމާލުވާ، ވަޒީފާ ދޭ މީހުންގެ ލިސްޓެއް އެކުލަވާލައި އާންމުކުރުމަށް ކެބިނެޓުން ވެސް ނިންމާފައިވެ އެވެ. ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ބިދޭސީންގެ ވޯކްޕާމިޓް ފީ އާއި ޖޫރިމަނާ ނުދައްކާ ކުންފުނިތަކުގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި މަސައްކަތް ފަށައި، އަދި އެ ފަދަ މީހުންގެ މައުލޫމާތު ކޮންމެ މީހަކަށް އިމިގްރޭޝަނަށް ހުށަހެޅޭނެ ޕޯޓަލްއެއް ވެސް ތައާރަފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެންއަން
02 September 2024
ތިކަން ތިނިމުނީ. ޓަހެއްދީފިއްޔާ ރިޔަނެއް ދަމައިގަންނަހެން ތިދިނީ ޓަހެއް. މިފަހަރު ދެރިޔަނެއްނޫން 5 ރިޔަން ދަމައިނުގަތިއްޔާ ދެރަ.
ހައްޤު
02 September 2024
ސަރުކާރަށް ދަންކަންޖެހޭ ފައިސާގެ ވާހަކަ މާބާރަކަށް ދައްކާއިރު ސަރުކާރުން ރިފަންޑް ދޭންޖެހޭ އަދަދުތައް ނޫސްވެރިން ހޯދާ ބަލަންޖެހޭ.
ރިފަންޑް
02 September 2024
ތިސިސްޓަމް ތެރެއިން ރިފަންޑް ލިބެންޖެހޭ ލައްކައެއްހާ ރުފިޔާ އެބަހުރި. ރިފަންޑަށް ސަބްމިޓް ކުރިތާ 2 މަސް ކޮށްޓާވެސްނުލާ. ރިފަންޑް ލިބުނީމަ ސަރުކާރަށް ދައްކަންޖެހޭ ރުފިޔާ އެއްކޮށް ޙަލާސް ކުރެވިދާނެ. ސަރުކާރުން ދޭންޖެހޭ ލާރި ނުނީ ރައްޔިތުމީހާގެ ކަރަށް ފައިން އަރަން އުޅުން ވަރަށް ނާތަހުޒީބު. އަދި ކޮބާ ކުރީގެ ސިސްޓަމް އިން ލިބެންޖެހޭ ރިފަންޑް ލިބޭނެ ގޮތެއް ސަރުކާރުން ފަހި ކޮށްދީފައެއްނުވޭ.
ކޮރަލް
02 September 2024
ނުދައްކާ ހުރި ވިސާ ފީ ނަގާފަ ޖޫރިަނާ ތައް މާފް ކޮށްދޭން ވީ އެވެ. ފިލައިގެން ދިއުމުގެ ސަބަބުން ޕާސްޕޯޓް މުއްދަތު ހަމަވުން ފަދަ ކަންކަން ވެފަ ހުރި ގިނަ ބިދޭސީ ބަ ޔަކު ސަރުކާރުން ވަނީ އެހެން ސައިޓް ތަކަށް އެމީހާ ގެ އެމްޕްލޯޔަރު އަށް ނާނގާ ބަދަލު ކޮށް ދީފަ އެވެ. ހުރިހާ ގެއްލުމެއްގެ ބަދަލު ނަގަން ޖެހުނީ އެމްޕްލޯޔަރ އެވެ. ވިސާ ފީ ސަރުކާރަށް ނަގާ ޖޫރިމަނާ މާފް ކޮށް ދޭން ވީ އެވެ.
ހުސެން ހިތަދޫ
02 September 2024
ރީޒަނަބަލް
އަހުމަދު މިހައްމަދު
02 September 2024
ފައިސާ ނުދައްކައިގެން ސަރުކާރުން ތިކުރާ މަސައްކަތާ އެއް ވަރަށް ރައްޔިތު މީހާއަށް ދޭން އޮތް ފައިސާ ވެސްް ދެއްވުން އެދެން. އަޅުގަނޑު ރިފަންޑަށް ލީ އެޕްލޮކެޝަން 31 ދުވަސް ވީ . ޙަމަ ޕްރޮސެސިންގަ އިންނަނީ.
އޮނަރަބްލް އަފީފު ދީދީ
02 September 2024
މިރާއްޖޭގައި އެއްވެސް ކަމެއް ނުކުރެވެނީ ސަރުކާރު ހިންގާން ޙަވާލުވާ ފަރާތް ތަކުން ޤައުމުގެ މައްޗަށް ޙަރާމްކޯރުވާލެއް ބޮޑުކަމުން. # އިޤްތިސޯދީ ގޮތުންނާއި ތަނަވަސް ކަމުގެ ގޮތުން ތިމަންނާމެން ތިބެންޖެހޭ މަޤާމް ހާމަކުރުމަށް "ސިންގަޕޯރ ގެ ވާހަކަ ނަމޫނާއަކަށް ނަގާއިރު" ކީއްވެގެންތޯ ޤާނޫނާއި ޤަވާއިދު ތަންފީޒު ކުރުމުގައި ސިންގަޕޯރ ނަމޫނާއަަކަށް ނުބަލަނީ!؟ ތިކަންކަމުގެ ސަބަބުން ޒުވާން ޖީލަށް ކުރާނެ ނޭދެވޭ އަސަރާއި ރާއްޖޭގެ ޤަދަރު ވެއްޓޭނެ ހިސާބު ނޭގެނީތޯ!؟