ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް މިއަދު ހިންގި އޮޕަރޭޝަނުގައި ބިދޭސީއެއްގެ ފިންގާ ޕްރިންޓް ނަގަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 އޮކްޓޯބަރ 2025 - 09:53
މިދިޔަ އެއް އަހަރުގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ވޯކްޕާމިޓް ކެންސަލް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތައް ދައްކާ ގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވި ދުވަހުން ފެށިގެން މިދިޔަ ބުދަ ދުވަހާ ހަމައަށް 123،361 ބިދޭސީންގެ ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ގިނަ މީހުންގެ ހުއްދަ ބާތިލް ކޮށްފައިވަނީ ނޮވެމްބަރު 17، 2023 އިން ފެށިގެން ނޮވެމްބަރު 18، 2024 ގެ ނިޔަލަށެވެ. އެ މުއްދަތުގައި 68،848 ބިދޭސީއަކަށް ވޯކްޕާމިޓް ދޫކޮށް އަދި 62،709 ބިދޭސީއެއްގެ ވޯކްޕާމިޓް ބާތިލްކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 60،652 ބިދޭސީއެއްގެ ވޯކްޕާމިޓް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެ މުއްދަތުގައި 77،015 ބިދޭސީއަކަށް ޕާމިޓް ދޫކޮށްފައިވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފަސް އަހަރުގައި 210،887 މީހުންނަށް ވޯކްޕާމިޓް ދޫކުރި ކަމަށެވެ. އަދި 161،684 ބިދޭސީއެއްގެ ހުއްދަ ވަނީ ބާތިލް ކޮށްފަ އެވެ.
އެ މައުލޫމާތުތައް ދައްކާ ގޮތުން ހަތް އަހަރުގެ ތެރޭގައި 356،750 މީހުންނަށް ވޯކްޕާމިޓް ދޫކޮށް އަދި 285،045 ވޯކްޕާމިޓް ވަނީ ކެންސަލް ކޮށްފަ އެވެ.
ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން އަންނަނީ "ކުރަނގި" ނަމުގައި އޮޕަރޭޝަނެއް ފަށައިފަ އެވެ. އޭގެ ތެރެއިން، ބަޔޯމެޓްރިކްސް އަޕްޑޭޓްކޮށް ފުރުސަތު ދިނުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި އެކަން ނުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވަނީ ބުނެފަ އެވެ.
ހޯމް މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ މަހުގެ 21 ގެ ނިޔަލަށް 181،093 ބިދޭސީންގެ ބަޔޯމެޓްރިކްސް ވަނީ އަޕްޑޭޓުކޮށް އެވެ. އަދި ބަޔޯމެޓްރިކްސް އަޕްޑޭޓް ނުކުރިއަސް މިހާތަނަށް އޭގެ ތެރެއިން އެއްވެސް ބިދޭސީއަކު ޑީޕޯޓު ނުކުރާ ކަމަށް އޭރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޯޗެއް ...
06 October 2025
މޑޕ އަށް ކަޓްދާ ބައި ކެންސަލްކޮށްލީ ދެއްތޮ، މިހާރު އޮންނާނީ ޕނސ އަށް ކަޓް ދާގޮތަށް ދެއްތޮ.
ކޮރަލް
06 October 2025
ވޯކް ޕާމިޓް އެއް ނެތެވެ. ޕާސްޕޯޓް އެއް ނެތެވެ. ލިޔެކިއުމެއްނެތެވެ. ފިލައިގެން އުޅޭ މީހެކެވެ. އޭނަ ގެ ސްޕޮންސަރަށް ވެސް އޭނަ ވީ ތަނެއް ނޭނެގެ އެވެ. ގަވާއިދަށް ފައްތަން ވެގެން މިފަދަ ބައެއް މީހުން ނަށް ލިޔެކިއުން ތައް އެބަ ހަދާ ދެ އެވެ.
ސަނީސައިޑް
06 October 2025
ކެންސަލޭޝަންގެ އަދަދަށް ބަލާލީމަވެސް އެގޭ ގަވާއިދާއި ޚިލާފަށް އުޅޭ މީހުންގެ މަސައްލަ ސީރިއަސްވަރު، އަދި ހަމަ މިއާއެކު މިގައުމުގުން މިކަން ހުންގާނުން ދޫކޮށްލާފައިވާއިރު. އެއޮތް ބިޔަ އިންޑިއާގައި ނުކުރޭކަށް މިގޮތައް ހިތުހުރިގޮތަކަށް ވަގަށް އުޅޭކަށް. އޮތަނަކުން ނަގައިގެން ގެސްގޮސް ސީދާ ސައްޕެއްޖަހާ ޖަލަށް،
ޅިޔަންސޮރު
06 October 2025
އެއް އަހަރުގެ ތެރޭގައި 60،000 އަށް ވުރެ ގިނަ ވޯކްޕާމިޓް ކެންސަލް ! ކޮބާ ތަ މީގަ އޮތް މޮޅު ކަމަކީ؟ މީހުން އަބަދުވެސް ވަޒީފާ އަންނާނެ ދެން ކެޑިގެން ދާނެ. އެއީ އާމު ކަމެއްނު. ފުރާއިގެން ދިޔައީމަ ކެންސަލް ނުކޮށް ދެން ވަކި ކީ ކުރާނީ؟.ވާނުވާ ގަ!. ހަމަ ސޭމް އޭޒް ވިިހާ މަރުވާ.
ޖަމްބޭ
06 October 2025
ޅިޔަންބެއަށް ދޭހައިގެ ފިލާވަޅެއް ނަގައިދޭނެ ކުއްޖަކު ނެތްތަ؟
އޮޅުވާލީ ތުރޭ
06 October 2025
60000 ކެންސަލް. 180000 އަލަށް އެތެރެވި. ސޯ
ކައުންސެލަރު....
06 October 2025
އިބުރާހިމް މުހައްމަދު ސޯލިހު ސަރުކާރުގައި ފައްޔާޒުމެން ކެޔޮކައިފާ ހުރިވަރު ތިފެންނަނީ. އެކަންކަން ނުކުރެވިގެން އިހަށްދުވަހު ދެފައިވަށްކޮށްގެން ޕޮލިސް ޝީލްޑްކައިރީ ސޯލިހުއިނީ. މިމީހުންގެ ލަދުކޮބާ؟
ޕީކޭ ހަންފަތުރޭ
06 October 2025
ވޯކްޕަރމިޓް ކެންސަލްކުރީމަ ނިމުނީތޯ ތިޔަ 60000 މީހުން އަދިވެސް އުޅެނީ މިގައުމުގަ. ތިކަހަލަ ކިތައް 60000 މީހުނަށް 20 ފަހަރައް ފަހުފުރުސަތު ދެވިއްޖެތޯ؟. އަދިވެސް މުޅިގައުމުގަ ކުރާނެކަމެއް ކުރަމުން ދުވަނީ!!!!!.
ޔޫނުސް22
06 October 2025
ވޯކް ޕާމިޓް ކެލްސަލް ކޮށްފަ ޑިޕޮސިޓް ރިފަންޑް ނުކުރާވާހަކަ ނޫސްވެރިން އެބޭފުޅުން ގާތު އަހާލަދެއްވާ.
ކުރިޓިކަލު
06 October 2025
ކެންސަލް ކޮށްފައި އަނެއްކާ ރީ ކެމްސަލު ކުރި އަދަދު ގިނަވާނެ ކަމަށް ބެލެވޭ