މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
02 ސެޕްޓެމްބަރ 2024 - 10:52
ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
އެ ބައްދަލުވުންތަކަށް ވަޑައިގަތުމުގެ ކުރިން ރައީސް އޮފީހުން އާންމުކުރި ވީޑިއޯއެއްގައި ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަން އާއި ގެދޮރުވެރިކަމާ ބެހޭ އެކި ޔޫނިއަންތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވާނެ ކަމަށެވެ. އެއީ އެ މަނިކުފާނު ވަރަށް "ލުކް ފޯވާޑް" ކުރައްވާ ބައްދަލުވުންތަކެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ހައުސިންގެ ޔޫނިއަންތަކާ ރައީސް މުއިއްޒު ބައްދަލުކުރައްވާ މިއީ ފުރަތަމަ ފަހަރެވެ.
ރައީސް ބައްދަލުކުރައްވަނީ ފަހި ޔޫނިއަން އާއި ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަނާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އަދި މާލޭ ރަށްވެހިންގެ ޖަމިއްޔާއާ އެވެ.
"އެ ބޭފުޅުންގެ ހުރި އެކި ކަހަލަ އިހުސާސްތަކާއި ކަންބޮޑުވުންތަކާއި އަދިވެސް ހިއްސާކުރަން ބޭނުންވާ ވާހަކަފުޅުތައް ހިއްސާކުރުމަށް، އަޅުގަނޑު މި ބައްދަލުވުމުގައި ހަމަ އެ ބޭފުޅުން ބޭނުންވާ ވަރަކަށް ފުރުސަތު ދޭނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެއީ ވަރަށް ގިނަ ރައްޔިތުން ތަމްސީލުކުރާ ޖަމިއްޔާތަކަކަށް ވާތީ، އެ ބޭފުޅުންގެ ހިޔާލުތައް އަޑުއެއްސެވުމަށް އިސްކަން ދެއްވާނެ ކަމަށެވެ.
ހައުސިން ނުވަތަ ގެދޮރުވެރިކަމަކީ ރައީސް މުއިއްޒުގެ މި ފަސް އަހަރުގެ ދައުރުގައި އެންމެ އިސްކަމެއްދެއްވާނެ ދާއިރާ އެވެ. ރައީސް ވިދާޅުވެފައިވާ ގޮތުގައި، މި ދައުރު ނިމޭއިރު ގެދޮރުވެރިކަން ކަށަވަރު ނުވާ އެއްވެސް ދިވެއްސަކު ނުހުންނާނެ އެވެ.
ރައީސް މިއަދު އެންމެ ފުރަތަމަ ބައްދަލުކުރައްވާނީ ބޮޑުކަންނެލީގެ މަސްވެރިންގެ ޔޫނިއަންއާ އެވެ.
ރައީސް ވިދާޅުވީ ބޮޑުކަންނެލީގެ މަސްވެރިކަން ރާއްޖޭގައި ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ ސިޔާސަތަކަކީ އެ މަސައްކަތުގައި އުޅޭ މީހުންގެ ހިޔާލައި މަޝްވަރާތައް އަޑުއަހައިގެން ކުރިއަށް ދިއުން ކަމަށެވެ. އެހެންވެ، އެ ބައްދަލުވުމުގައި އެ މަޝްވަރާތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފާފް ސައީދު
02 September 2024
އިބޫ ދިނީ ކަނޑުން ގޯތި. ރައީސް މުއިއްްޒް އެ ގޯތި ދޭނީ ވިއްކާފަ. އަދި ގެ އަޅާނެ ގޮތްވެސް ދައްކާނެ
ނާޑުވާ
04 September 2024
އިބޫ ދިން ތަންތަން ހުރީ ހިކިފަ. މުއިޒް ގެ މިނިސްޓަރުކަމުގަ އޮތީ ކަނޑުއަޑިން ދަންވަރު ލިޔުންދީފަ.
އަހާލަން ރުޝްދާ
02 September 2024
ހާސްނުވޭ. ދިން އެއްޗެއް ދޭނެ. ގޮތްވެސް މި ރައީސް ދައްކާނެ.
އަފާފް ސައީދު
02 September 2024
މުޒާހަރާ ކުރާ އެމްޑީޕީ ބައިގަނޑަށް ވަރަށް ސަލާމް. ރައީސް މި އަޑު އެހީ ޔޫނިން ތަކުގެ އަޑު
އިޒުހާ
02 September 2024
ކަނޑުން ދިން ގޯތި ހަގީގަތަކަށް މި ރައީސް ހަދާދޭނެ
ބީސިތު
02 September 2024
ފާޑެއްގެ ލިސްޓެއް ހަދާފަ ފައިބައިގެން ދިޔައީމަ ހުރިހާ އުނދަނގުލެއް ރައްޔިތު މީހާއަށް
ބޯހަލާކު.
02 September 2024
ކުރީ ސަރުކާރުގެ ފެންވަރަކީ ލިސްޓެއް ހަދާލުން. އެވެސް ދޭން އިނގުނީ ކަނޑުމެދުން. އަދި އެތަން ހިއްކަންވެސް ކެރުނީއެއް ނޫން
ޝާކިރްް
02 September 2024
ރައީސް މުއިއްޒު ވެރިކަމަށް އައި ހިސާބުންވެސް ބުނަމުންދިޔައީ މިއީ ރައްޔިތުންގެ ވެރިކަމެކޭ. ރައްޔިތުންގެ މަޝްވަރާއާއެކީއޭ ކުރިޔަށް ދާނީ. އެމަންޒަރު މިޔަދު ފެނިގެން މިދަނީ
މުޝްފިގާާ
02 September 2024
މަޝްވަރާގެ މަޖިލީހުން ރައްޔިތުންނާ ގާތުން މިސަރުކާރުން މަސައްކަތް ކުރައްވާތަން ފެނުމަކީ ވަރަށް ހިތްހަމަޖެހުން ގެނުވާ ކަމެއް.
ޖަމީލު
02 September 2024
ކުރީ ސަރުކާރުހެން މި ސަރުކާރެއް ނުވާނެ. ގޯތީގެ ހައްގުވެރިންނަށް އެ ގޯތިތަށް ލިބޭނެ
މުއާޒްް
02 September 2024
އެމްޑީޕީ މީހުން ކިތަންމެ ތެޅުނަސް ހަމަ ގޯތިތަށް ދޭނީ މިސަރުކާރުން. އަދި އެކަން ކުރައްވާނީވެސް އެންމެ ފެންވަރުގައި. މަގުތަކާއި ނަރުދަމާ ހޮޅިތަށް މަތިންނެއް ނޫން.
ނާޑުވާ
04 September 2024
ކޮންމެ ޕާރޓީ އެއް ތެޅުނަސް ނިމިދިޔަ ސަރުކާރުން ގޯތި ދީފި އަދި ހިއްކާފަ ފޭބީ. މިސަރުކާރުން އޭގަ ބަނޑުއަޅައިގެން މި އުޅެނީ.