ބޮލީވުޑްގެ އެކްޓަރު އާދަރް ޖެއިން އާއި އޭނާގެ ލޯބިވެރިޔާ އަދި ވިޔަފާރިވެރިޔާ އަލޭކާ އަދުވާނީގެ އެންގޭޖުމަންޓްގެ ފޮޓޯއެއް.
02 ސެޕްޓެމްބަރ 2024 - 11:47
ބޮލީވުޑްގެ އެކްޓަރު އާދަރް ޖެއިން ރާއްޖޭގައި އޭނާގެ ލޯބިވެރިޔާއާ އިއްޔެ އެންގޭޖުވެއްޖެ އެވެ.
އާދަރް އާއި އޭނާގެ ލޯބިވެރިޔާ އަދި އިންޑިއާގެ ވިޔަފާރިވެރިޔާ އަލޭކާ އަދުވާނީއާ އެންގޭޖުވީ ށ. އަތޮޅުގައި އޮންނަ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގަ އެވެ. އާދަރް ވަނީ އެ ދެ މީހުންގެ އެންގޭޖްމަންޓުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އާދަރް، އަލޭކާއަށް ޕްރޮޕޯސްކުރީ ސަންސެޓް ވިއު ސެޓިންއެއްގައި އެ ރިސޯޓުގެ ބީޗުގަ އެވެ. ބީޗުގެ ދޮންވެލިގަނޑުގައި ހިތެއް ހަދާފައި އޮތްއިރު، އެތަނަށް އޮތީ ފިނިފެންމަލުގެ ފިޔަތައް އަޅައިފަ އެވެ. އަދި ބެކްޑްރޮޕްގައި "މެރީ މީ" ލިޔެފައިވާ ދިއްލޭ އަކުރުތަކުގެ ބޯޑުތަކެއް ހުއްޓެވެ.
"އަހަރެންގެ ފުރަތަމަ ކްރަޝް، އަހަރެންގެ ބެސްޓް ފްރެންޑް އަދި މިހާރު، އަހަރެންގެ ފޮރެވާ،" އޭނާ ކެޕްޝަންގައި ލިޔެފައިވެ އެވެ.
އާދަރް ކުރިން ރަށްޓެހިވެގެން އުޅުނީ ބޮލީވުޑްގެ އެކްޓްރެސް ތާރާ ސުތިއާރާއާ އެވެ. އެ ގުޅުން ރަސްމީކޮށް ހާމަކުރީ 2020 ގަ އެވެ. ނަމަވެސް އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން އެ ދެމީހުން ރުޅިވީ އެވެ.
އާދަރްއަކީ ބޮލީވުޑްގެ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރްގެ ކާފަ ދަރިއެކެވެ. ރާޖް ކަޕޫރްގެ އަންހެން ދަރިފުޅު ރީމާ ކަޕޫރްގެ ދަރިއެކެވެ. އަދި މިހާރު މަޝްހޫރު އެކްޓަރުން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރް ހާނާއި ކަރިޝްމާ ކަޕޫރްގެ ކަޒިންއެކެވެ.
އޭނާ ބޮލީވުޑަށް ތައާރަފުވީ 2017 ގައި ގެނެސްދިން މިއުޒިކަލް ފިލްމު "ގައިދީ ބޭންޑް" އިންނެވެ. އަދާރް ވަނީ ކަރަން ޖޯހަރް ހަމަ އެ އަހަރު ގެނެސްދިން ފިލްމު "އޭ ދިލް ހޭ މުޝްކިލް"ގެ އެސިސްޓެންޑް ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އޭގެ ފަހުން 2021 ވަނަ އަހަރު އޭނާ ޑައިރެކްޓުކޮށް "ހެލޯ ޗާލީ" ކިޔާ ފިލްމެއް ގެނެސްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަމަ އޮޔާޓެ އާދަރޭ
02 September 2024
އާދަރޭމެން ފައްކަލޭ ދޯ
އަޅި އަލީ
02 September 2024
"މާލެ ކައިރީގައި އޮންނަ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގަ" މާލެ ކައިރީގައި ނޯންނާނެ ޖޭޑަބްލިއު މެރިއޮޓް ރިސޯޓެއް! ރަނގަޅުކޮއްލާ!
ކިޔާލާ
03 September 2024
“ އާދަރް އާއި އޭނާގެ ލޯބިވެރިޔާ އަދި އިންޑިއާގެ ވިޔަފާރިވެރިޔާ އަލޭކާ އަދުވާނީއާ އެންގޭޖުވީ ށ. އަތޮޅުގައި އޮންނަ ޖޭޑަބްލިއު މެރިއޮޓް ރިސޯޓުގަ އެވެ”