އިރާނު
03 ސެޕްޓެމްބަރ 2024 - 09:57
އިރާނުގައި މަރުގެ ހުކުމް ތަންފީޒުކުރާ މިންވަރު މިދިޔަ މަހު ކުއްލިއަކަށް އިތުރުވެ، މި އަހަރުގެ މިހާތަނަށް މަރާލި މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ބުނެ އދ.ގެ ކަމާގުޅޭ ތަޖުރިބާކާރުން ކަންބޮޑުވުންފާޅުކޮށްފި އެވެ.
އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހު އެކަނި 81 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށެވެ.
މި އަހަރުގެ މިހާތަނަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ އަދަދު 400 އަށް ވުރެ މައްޗަށް އަރާފައިވާ އިރު، އޭގެ ތެރޭގައި 15 އަންހެނަކު ހިމެނޭ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
"މަރުގެ ހުކުމް ތަންފީޒުކޮށް، މަރާލި މީހުންގެ އަދަދު މި މިންވަރަށް އިތުރުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް،" އދ.ގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލަށް ނިސްބަތްވާ ތަޖުރިބާކާރުންގެ ޓީމުން އިތުރަށް ބުންޏެވެ.
އެ ބަޔާނުގައި ބުނީ، މިދިޔަ މަހު މަރުގެ ހުކުމް ތަންފީޒުކުރި މީހުންގެ ތެރެއިން 41 މީހަކު މަރާލާފައިވަނީ މަސްތުވާތަކެއްޗާ ގުޅޭ ހުކުމްތަކުގައި ކަމަށާއި އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ މުޅިން ހިލާފު ކަމެއް ކަމަށެވެ.
ޝަރީއަތްތަކުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފައްދައި، މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ މީހުންގެ ތެރޭގައި މައުސޫމް މީހުން ވެސް ހިމެނޭ ކަމަށް ބެލެވޭ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.
އެހެންކަމުން، މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ތަޖުރިބާކާރުންގެ އެ ޓީމުން ވަނީ އިރާނަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
04 September 2024
މަރަން ހުކުން ކުރާތަނުން އަސްލު މުޖިރުމު ފެނި މާރާލެވުނުމީހަ ކުށެއް ނެއްކަން އެގިއްޖެއާ އިސުލާމީ ސަރިއަތުގަ ކަންކުރަނީ ކިހެންތޯ؟ މިސްޓޭކެކޭ ބުނުމުން ފުދޭނެނެބާ!
އަހުމަދު އަތީގު
04 September 2024
ސަލީމު, ޝަރިޔާގަ ގޯސް ނަހަދާނެ
ޝަރީއާ
05 September 2024
ޝަރިއާގަ ކޮން ތަނެއްގަތޯ އޮންނަނީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހުން މަރާލަން ޖެހޭ ކަމަށް؟ ރާއްޖޭގަ އެގޮތަށް އަމަލު ކުރަން ފަށައިފިއްޔާ ދެބައި ކުޅަ އެއްބައި ދިވެހިން ޖެހޭނެ މަރާލަން.
ބާރު
03 September 2024
ކޮން ތަޖުރިބާކާރުންނެތްތަ! އެމީހުން ނަށް ނުފެންނަނީތަ ފަލަސްތީންގެ ގަޒާއަށް އިޒްރޭލުން ހަދަމުން ދާ ގޮތް. ތިކަހަލަ ލޯކަނު ތަޖުރިބާކާރުން ފާޅުކުރާ ކަންބޮޑުވުން ތަކަށް ބަލާނެ ކަމެއް ނެތް. އިރާން ، އިރާންގެ ޤާނޫނުގައި އޮތް އެއްޗަކާއި އެކު ކުރިއަށް ދިޔައިމަ ހުންނާނީ ރަނގަޅަށް.
އަހުމަދު އަތީގު
03 September 2024
ﷲ އަކްބަރު ﷲ އަކްބަރު
އަސަރު68
03 September 2024
އެގާރަ މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ ތަޖުރިބާކާރުންގެ ޓީމަކުން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ މަހު އެކަނި 81 މީހަކަށް މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށެވެ. ގާނޫނުތަކާ ޚިލާފުވެ 400 މީހުންގެ މެރީމާ ތިމީހުންގެ ކޮންތާކަށް ވާންވަނީ. ކޮންތަޖުރިބާޓީމެއް. ކޮން ތަޖުރިބާއެއް ކުރެވިގެން ތިޔައުޅެނީ. 400 މީހުންނާ 40000 ހާސް މީހުންނާ އަޅާކިޔާލަބަލަ. ކޮންކޮޅެއްތޯ ގިނައީ. އެކަންތައް ނުފެންނަ ލޯތަކަކަށް ދެން ކޯންޗެއްތޯ ފެންނާނީ. ލަދުން ބޯހަލާކު.
އަފްރާސިޔާބު
03 September 2024
އދ. ހުޅަނގުން އެހެން ގައުމުތަކާއި ރައްޔިތުން ކޮންޓްރޯލް ކުރަން ހަދާފައިވާ ތަނެއް. އެހެންވީމާ އެމީހުން ދައްކާ ދުފުއްދެގޮތް ވާހަކަ ތަކަށް އަތްޖަހާނީވެސް އެމީހުން ތެރެއިންވާ މީހުން. ހިއުމަން ރައިޓްސް ވޮޗަކީވެސް ބޮޑު ޔަހޫދީ ޖޯޖު ސޯރޯސް ފަންޑް ކުރާ ބައެއް.
ހިޔާލީ
03 September 2024
ރާއްޖޭގައި ތަންފީޒު ކުރަންޖެހިފަ ތިބި މީހުން އީރާނާއި ވާހަކަ ދައްކައިގެން ބޮލަކަށް ކޮންމެ ވެސް ވަރެއްދޭގޮތަށް އިރާނަށް ފޮނުވައިގެން ތަންފީޒު ކުރުން ކިހިނެއް ވާނެބާ ި
ޔެސް
03 September 2024
ރަނގަޅު ހިޔާލެއް ތިޔައީ
ނުޒުހަތު
03 September 2024
އދ.ގެ ތަޖުރިބާކާރުންގެ ޓީމުން އެމެރިކާގައި މަރާލާ މީހުންގެ ތަފާސްހިސާބު ހިއްސާކޮށްދިނުން އެދެމެވެ.
ނުޒުރަތު
03 September 2024
އެމެރިކާގަ ސިޔާސީމައްސަލަ ރަކުގަ މީހުންނުމަރައެވެ.
އަފްރާސިޔާބު
03 September 2024
ނުޒުހަތުގެ ހާދަ މައުލޫމާތެއް ނެތޭ. ބަލަ އެމީހުން ކޮންމެސް ކުށެއްގެ ތުހުމަތު އެމީހެއްގެ ބޮލުގައި އަޅުވާފައޭ މަރާ ލަނީ. ފަލަސްތީނުގައި އެމެރިކާއިން ކުރަނީ ކޮންކަމެއްބާ؟ އެތާގެ ރައްޔިތުންނަކީ ކޮންކުށެއް ކުރިބައެއް. ތިޔަ ކަހަލަ ޒާތުގެ ކޮންޓް ކުރާއިރު އެމެރިކާއިން އިރާގުގައި ކުރީ ކޮންކަމެއް. އަފްޣާނިސްތާނުގައި ކުރީ ކޮންކަމެއް.
ކުރޭ
03 September 2024
ރާއްޖޭގައިވެސް މަރުގެ ހުކުމް ކުރޭ، އެކަމަކު ތަންފީޒެއް ނުކުރޭ، ތަންފީޒު ނުކުރާ ހުކުންތަކެއް ކުރުމުގެ ބޭނުމެއް ނެތް.