ވިޔަފާރި

ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހަރުކަށި ފިޔަވަޅުތަކެއް އަޅަން އަންގައިފި

ޕީސީބީ ހިންގަމުންދާ އިމާރާތް: ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.

ފީސީބީން ނެރުނު ސާކިއުލާއެއްގައިވަނީ ސަރުކާރުން ހަރަދު ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވެސް ހަރަދުތައް ކުޑަ ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އޭގެ ތެރޭގައި ދަތުރުތަކުގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ކުރާ ހޭދަވެސް ކުޑަ ކުރުމަށް އަންގާފައިވެ އެވެ.

ފީސީބީގެ ސާކިއުލާގައިވަނީ މިހާލަތުގައި ކުންފުނިތަކުން ރާއްޖެއިން ބޭރަށާއި އަތޮޅު ތެރެއަށް ކުރަން ޖެހޭނީ ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް އެކަނި ކަމަށެވެ. އަދި ބޭރަށް ކުރާ ދަތުރުތައް މަދުކޮށް ބޭރުގެ ސަޕްލަޔަރުންނާއި ކަސްޓަމަރުންނާ ބައްދަލުކުރުމަށް އޮންލައިންކޮށް ބޭއްވުމަށް ވެސް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ކޮންމެހެން ކުރާ ރަސްމީ ދަތުރުތަކުގެ ދިގުމިން ހަ ގަޑިއިރަށް ވުރެ އިތުރުވާ ނަމަ ފަސްޓް ކްލާހުގައި ދަތުރު ނުކުރުމަށާއި ސްޕޮންސާ ލިބިގެން ކުރާ ދަތުރުތަކުގައި ވެސް ކުންފުނިތަކުން ކުރާ ހޭދަ ކުޑަކުރަން އެ ސާކިއުލާގައި އަންގާފައިވެ އެވެ. ފެރީ ހިދުމަތް ލިބެން ހުރި ނަމަ ފެރީން ދަތުރު ކުރުމަށާއި ކުންފުނިތަކަށް ސީދާ ފައިދާވާ މަހާސިންތާތަކާއި ފެއާ ފަދަ ބައްދަލުވުންތައް ނޫން ގޮތަކަށް ބައިވެރިނުވުމަށް ވެސް ފީސީބީގެ އެންގުމުގައިވެ އެވެ.

މުވައްޒަފުންގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ކޮންމެހެން ބޭނުންވާ މުވައްޒަފުން ނޫނީ ނުނެގުމަށާއި ފީސީބީގެ ހުއްދަ ނެތި އެއްވެސް މުވައްޒަފެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށް ވެސް ވަނީ އަންގައިފަ އެވެ. އަދި މުވައްޒަފުން އިތުރު ގަޑީގައި މަސައްކަތް ނުކުރުމަށާއި ޑޮލަރުން މުސާރަ އާއި އިނާޔަތްތައް ދިނުން ހުއްޓާލުމާއި ތަމްރީނުތައް ހިންގުމަށް ވެސް އެ ކުންފުންޏެއްގެ ގާބިލް މުވައްޒަފުންގެ ބޭނުން ކުރުމަށް ވެސް ފީސީބީއިން ބުންޏެވެ.

ސާޖިއުލާގައިވާ ގޮތުން ކަރަންޓު ބިލްތައް ކުޑަވާނެ ގޮތަކަށް ކަންކަން ރޭވުމާއި ކަރުދާހާއި ސްޓްރޭޝަނަރީގެ ހަރަދު ކުޑަ ކުރުމަށްޓަކައި ވީހާވެސް ބޮޑަށް ޑިޖިޓަލްކޮށް ކުންފުނީގެ ކަންކަން ރޭވުމަށް ވެސް މަސައްކަތް ކުރަން ޖެހޭނެ އެވެ. އަދި ކުންފުނީގެ އަހަރީ ޕްރޮކިއުމެންޓާ އެއްގޮތަށް ޕްރޮކިއުމެންޓް ހަރަދުތައް ކުރުމަށާއި ސީއެސްއާރާއި ސްޕޮންސަޝިޕަށް ކުރާ ހޭދަ ވެސް ކުޑަ ކުރުމަށް ވަނީ އެ ސާކިއުލާގައި ސަރުކާރުގެ ކުންފުނިތަކަށް ވަނީ އަންގައިފަ އެވެ.

ސަރުކާރުން އަންނަނީ ހަރަދުތައް ކުރުމަށް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެހެންވެ، ކުންފުނިތަކާ ގުޅޭ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުން އަންނަނީ ބައެއް ކުންފުނިތައް އެއްކޮށްލުމާއި އަދި އެހެން ބައެއް ކުންފުނިތައް ބޮޑެތި ކުންފުނިތަކުގެ ސަބްސިޑަރީއެއްގެ ގޮތުގައި ހިންގުމަށް ނިންމާފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

33 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެކެ

05 September 2024

ތިވީ ގޮތުން އަޅުގަނޑުމެންވެސް ހަރަދު ކުޑަ ކުރާނަން.

The name is already taken The name is available. Register?

ޝޮކްތެރަޕީ

04 September 2024

ސަރުކާރުގެ މުހިމްމު ކުންފުނިތައް އަދިވެސް އެތިބީ ކުއްޔަ. ސަރުކާރުގެ އަމިލްލަ ބިން އޮވެ އަމިލްލަ މީހުންގެ އިމާރާތުގަ ބޮޑުކުލީގަ.

The name is already taken The name is available. Register?

ބަފާަބެ

04 September 2024

ބައިލައްކަ ރުފިޔާގެ 5 އެމްޑީން ހޯދަށް އެނެއްކާވެސް އެމްއެމްއޭއިން އިއުލާަކޮށްފި. މަޖިލިސް ރައީސް ގެ ކޮޅަށް ޑިރެކްޓަރެއް އަށްޔަށްކޮށްފި. މިއަދު ގެ ސުރީހަތަށް. މި ދަށްކާވާހަކަ ދިމާވޭތަ.

The name is already taken The name is available. Register?

އަހުމަދު1212

04 September 2024

މީއުފުދުމުގައި ވެސް ގޯސް ސަރުކާރެއް

The name is already taken The name is available. Register?

ހައްވި

04 September 2024

ރައީސް މީހާބުނި އެއްވެސް ރަށްއިތަކަށް ދަތިވާގޮތަކަށް ކަންކަން ބަށްޓަށް ނުކުރާނަމޭ. މިކަން ވެސް ބަދަލު ވާނެ ކަމަށް އުއްމީދު ކުރަށް ރައީސަން އެގޭ ހިސާބުން

The name is already taken The name is available. Register?

ނޭނގުނޭ

04 September 2024

ތިޔަ ބުނަނީ މިކަހަލަ ކަންތައްތައް ކުރަނީ ރައީސްއަށް ސިއްރުންނޭ ތަ؟

The name is already taken The name is available. Register?

މަހާސިންތާ

04 September 2024

ހުރިހާ ކަމަކުންވެސް ރައްޔަތު ނިކަމެތި ޢާއްމުމީހާތަ ކަރަށް މަޅިމެހެންވީ؟ ބަލަ އިއްޔެއެއް ނޫންތަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއަކަށްވެސް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމްދީނީ ގައިމު އެއީ ޢާއްމު 4 މުވައްޒަފެއްގެ މުސާރަ ކޮންމެހެން އެބުނާ ގެޔަކަށް އެވަރަށް މުވައްޒަފުންބޭނުންވޭތަ؟ ނުވަންޏާ އިސްތިއުފާދީފަ ތިބޭ ކަންކުރެވޭ މީހަކާ ވެރިކަން ޙަވާލުކުރީމަ އެނުިމުނީ .. ކިހާ ބޮޑު އަނިޔާއެއް ތިޔަދެނީ އުއްމީދުތަކެއްދީ އަހަރަމެންގެ ވޯޓްހޯދައިގެން

The name is already taken The name is available. Register?

އޗޑސ ބޯއީ

04 September 2024

ކުންފުނި ތަކުގެ އަހަރީ ބޯނަސް ވެސް މިސަރުކާރުން ހިފަހަށްޓާފަ. ހެޔޮވާނެތޯ. އެނުދީ އެނެއްކާވެސް މި ބުނަނި ފުރަމޯސަނާ އިނާޔަތް. އަދި އިތުރު ގަޑިވެސް ކަނޑާށޭ. މިވަރަށް ދެށް މުއަށްޒަފުންނަށް އިހުމާލު ވެވޭނި.

The name is already taken The name is available. Register?

ޗޯޓޭ

04 September 2024

ފެހި ސިގުނަލު ލިބުނި ލިބުނި ހެން މިވަނީ ގޯހެއްނު. ތި ދަށްކާވާހަކައިގެ އެއްވެސް އޮށްޓަރެއް ނެތެއްނު..

The name is already taken The name is available. Register?

ޒުލޭހަާ

04 September 2024

އާއްމް ރަށްެއިތުމީހާ ޖީބަށް ލޯލާރިއެއް އެއްވެސް މިސަރުކާރު އާއިފަހުން އިތުރު ނުވެ އުޅެނިކޮށް ލިބެމުން އާއި އިނާޔަތް ވެސް ކަޑާށޯ. ހެޔޮވާނެތަ. ބާޒާރުގަ ތަކެތީގެ އަގު އެހާ ބޮނޑް. ކުލި އެހާ ބޮނޑް. ކިހިނެއް އަހަރަމެން ދެކޮަލު ޖަންސާނި..

The name is already taken The name is available. Register?

އިރޭ

04 September 2024

މަޖިލިސް މެންބަރުން މުސާރަކުޑަ ކުރާވާހަކަ ދެށްކީމަ އެބޭފުން ދެށްކިވާހަކަ އަހަރަމެންނަށް އިގެޔޭ. އާދައިފެ މުއަށްޒަފުންނަށް ލިބޭ ފުރޮމޯސަނާ އިޔާޔަތް ކަޑަށް ވީމަ މީގެން މެންބަރަކުވެސް ހައްފް ވެސް ބުނެނުލާ.

The name is already taken The name is available. Register?

ރަށްއިތުމީހާ

04 September 2024

މަޖިލިސް މެންބަރުންނާއި މިނިސްޓަރ ލެވަލު ބޭފުޅުންގެ މުސާރައިން ފަސެންޓެއް ވެސް ކަނޑާނުލާ. ނިކަމެތި ރަށްއިތުމީހާގެ އިނާޔަތް ކޮޅާ އޯވަޓައިމް ކަޑާލަނި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454