ފުލުހުންގެ ޗެކްޕޮއިންޓެއްގައި މީހަކު މަޑުކޮށްގެން ޗެކް ކުރަނީ: ޓްރެފިކް ނިޝާނާ ހިލާފަށް ދުއްވުމުގެ ސަބަބުން 15 ދުވަހަށް ޓޯކުރި ސައިކަލެއްގެ މިލްކުވެރިކަން ސާބިތުކޮށްދީ، އެ އަލުން ހޯދަން ކޯޓު މަރުހަލާގައި ތިން އަހަރު ހޭދަކުރަން މީހަކަށް ޖެހުނު - ފޮޓޯ: މިހާރު
05 ސެޕްޓެމްބަރ 2024 - 11:59
ޓްރެފިކް ނިޝާނާ ހިލާފަށް ދުއްވުމުގެ ސަބަބުން 15 ދުވަހަށް ޓޯކުރި ސައިކަލެއްގެ މިލްކުވެރިކަން ސާބިތުކޮށް އެ ހޯދަން ކޯޓު މަރުހަލާގައި ތިން އަހަރު ހޭދަކުރަން މީހަކަށް ޖެހިއްޖެ އެވެ.
މި މައްސަލާގައި ދައުވާކުރި މީހާ އަކީ 2005 ވަނަ އަހަރު އިންސްޓޯލްމަންޓަށް ސައިކަލެއް ގަތް މީހެކެވެ. އޭނާގެ ސައިކަލް ފުލުހުން 2021 ވަނަ އަހަރު ޓޯކުރިއިރު، ސައިކަލުގެ އިންޖީނު ނަންބަރު ސާފެއް ނޫނެވެ. އެހެންވެ، ސައިކަލް ބަލައި ދިއުމުން ފުލުހުން އެންގީ ކޯޓަށް ގޮސްގެން މިލްކުވެރިކަން ސާބިތުކުރުމުން ނޫނީ ސައިކަލް ހަވާލު ނުކުރެވޭނެ ކަމަށެވެ.
ދައުވާކުރި މީހާގެ ސައިކަލް ހުއްޓުވީ ޓްރެފިކް ނިޝާނާ ދެކޮޅަށް ދުއްވަމުންދަނިކޮށެވެ. އެ ސައިކަލް ދުއްވަން އޭރު އިނީ ލައިސެންސް ނެތް ބަންގްލަދޭޝް މީހެކެވެ. އެހެންވެ، ސައިކަލް 15 ދުވަހަށް ޓޯކުރަން ފުލުހުން ނިންމި އެވެ.
ފުލުހުން ބުނި ގޮތުގައި:
● ސައިކަލްގެ އިންޖީނު ނަންބަރު ނުފެންނަ ގޮތަށް ނަންބަރު ހުރީ ކަހާލާފައިކަން ތަހުލީލު ރިޕޯޓުން އެނގޭ ކަމަށާއި އެކަން ކޮށްފައިވަނީ އެއްޗަކުން ގާނައިގެން ކަމަށް.
● އެހެންވެ މުދަލުގެ ވެރިފަރާތަކީ ދައުވާކުރާ ފަރާތްކަމަށް ގަބޫލު ނުކުރެވޭ ކަން
● އެއްވެސް ހެއްކެއް ގަރީނާއެއް ނެތި ސައިކަލްގެ ވެރިފަރާތް ކަނޑައަޅާ ނަމަ، އެކަމުގެ ސަބަބުން، ނުހައްގު ގޮތަކުން ހޯދާފައިވާ މުދަލެއް ހައްގު ނޫން ފަރާތަކަށް ލިބުމުގެ އިހްތިމާލު އޮތްކަން
● ސައިކަލަކީ ދައުވާކުރާ ފަރާތުގެ ސައިކަލެއްކަން ސާބިތުކޮށްދިނުމުން މެނުވީ ސައިކަލް ހަވާލު ނުކުރެވޭނެ ކަން.
ދައުވާކުރާ މީހާގެ ނަމުގައި ސައިކަލްގެ ރަޖިސްޓްރީއެއް އޮތްއިރު، އޭގައި ސައިކަލްގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު އެނގެން އޮތެވެ. އެ ރަޖިސްޓްރީގެ ސައްހަކަމާ މެދު ފުލުހުން ސުވާލެއް ނުއުފައްދަ އެވެ.
މައްސަލާގައި ސިވިލް ކޯޓުން އިއްވި ހުކުމްގައި ބުނީ ސައިކަލްގެ ރަޖިސްޓްރީ އާއި އެ ސައިކަލް ވިއްކި ތަނުން ދޫކޮށްފައިވާ ލިޔުމުން އެ މުދަލަކީ ދައުވާކުރާ ފަރާތަށް މިލްކުވެފައިވާ މުދަލެއްކަން އެނގެން އޮންނަ ކަމަށެވެ. އަދި ސައިކަލްގެ މިލްކުވެރިކަމާ މެދު އެހެން ފަރާތަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައެއް ވެސް ނުވެ އެވެ.
ހުކުމްގައި ބުނީ ސައިކަލްގެ ވެރިފަރާތަކީ ދައުވާކުރާ މީހާ ނޫންކަން ފުލުހުންނަށް ސާބިތުކޮށްދެވިފައިނުވާ ކަމަށާއި ސައިކަލް ޓޯކުރިއިރު އެ ސައިކަލްގެ އަތުގެވެރިއަކީ ދައުވާކުރާ ފަރާތް ކަމަށެވެ. އެހެންވެ ކޯޓުން ވަނީ ސައިކަލްގެ މިލްކުވެރިކަން ދައުވާކުރާ މީހާއަށް ސާބިތުކޮށްދީފަ އެވެ.
މި މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅީ އޯގަސްޓް 22، 2021 ގަ އެވެ. މައްސަލަ ނިންމައި ހުކުމް ކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެހެންވެ، 15 ދުވަހަށް ޓޯކުރި ސައިކަލް ލިބޭވަރުވީ ތިން އަހަރަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާސްޓަރ ޖީނާނާތު ސިންގު
07 September 2024
ކޯޓުތަކުގެ ބަލަދުވެރިފަރާތް ކަމުގައި ބުނާ ކޯޓުގައި ނުނިމި 20 އަހަރުވެފައި ހުރި މައްސަލަތައް އެހުރީ. އެންޓި ކޮރަޕްޝަން ކޮމިޝަނަށް މިކަންބަލައި އޯޑިޓް އޮފީހުން މިމީހުންގެ މަސައްކަތްތައް އޮޑިޓްކޮށް ބެލުމުގެ ޙައްޤު ނޯންނަނީ ބާއޭ ހިތަށްއަރައި. ދައުލަތުން މަޤަަމްދީފައި ރައްޔިތުންގެ ފައިސާއިން މުސާރަ ދިނީމާ ބޮޑުކަމުހައި ތިބޭނަމަ އެތިއްބަވަނީ ރައްޔިތުންގެ ޙައްޤު ފޭރިހެން. ރައީސް މިއަށް އަތްބާނަން ޖެހޭނެ. ނުކުރަަނަމޭ ބުނާނަމަ ރައީސްއަކީ ޚިޔާނާތްތެރިއެެއް
އަރިގަތޯ
07 September 2024
ކޯޓުގައި މައްސަލަ.ނުނިމި ލަސްވީ ފަނޑިޔާރުގެ ސަބަބަކުން ކަމުގައިވާނަމަ ފަނޑިޔާރަކަސް އަދަބު ދެވެން ޖެހޭނެ. ދައުލަތުގެ އިހްމާލެއް ވާނަމަ ބަދަލުވެސް ދެވެންޖެހޭނެ. އިމާރާތުގެ ސަބަބުން މައްސަލަ ލަސްވާކަމަށް މީގެ ކުރިން ސަބަބު ދައްކަމުން އައިބަޔެއް. ފަނޑިޔާރުންނަކީ.
އިންގްލިޝް ލޯ އޮފީސް
06 September 2024
ތި ސިވިލް ކޯޓުގަވެސް ދެތިން މީހަކު އުޅެނީ ގަޔާވެގެން ތި މަސައްކަތް ރައްޔިތުންނަށް އަވަސްމަގުން ކޮށްދޭ
ވަކީލު މުހައްމާ
05 September 2024
ކޯޓަށް މައްސަލަ ހުށަހެޅުމުން ގިނަ އަހަރު އެބަނަގާ. ސިވިލް ކޯޓުގައި 5 އަހަރުވީ މައްސަލަތައްވެސް އަދި ނުނިމި އެބަހުރި. ހައިކޯޓާއި ސުޕްރީމް ކޯޓުގައއި އެއަށްވުރެ ގިނަ އަހަރުވީ މައްސަލަތައް ވެސް ނުނިންމަ
ލޯޔަރ ވައްޑެ
05 September 2024
3 އަހަރަކީ ހާފިޒާ ބަލާ މައްސަލައެއްގަ ލަސްވުމެއްކަމަށް ނުބެލެވޭ
ކަރަންކާ
05 September 2024
ތި ޤާޟީ އެކަަންޏެއްނޫން. އަހަރެންގެ މައްސަލަ ބަލާ ޤާޟީ އަތުގައި މައްސަލަ އޮންނަތާ 4 އަހަރުވެއްޖެ. ލަސްވެގެން ސިޓީ ފޮނުވިޔަސް ޖަވާބެއް ނުލިބެ.
ހާފި
06 September 2024
މައްސަލަ ތާވަލު ނުކޮށް ގިނަ ދުވަސް ކޮށްފަ، ޝަކުވާ ކުރުމުން އެކަން އޮށްބާލަން އަޑުއެެހުން ޝެޑިއުލް ކޮށްފަ ފަހު ވަގުތު ކެންސަލް ކުރުމަކީ ވެސް އާންމު ކަމެއް
ވައްޑެ
06 September 2024
ސިވިލް ކޯޓުގެ ވެބަސައިޓް ބަލާލީމާ ހާފިޒާ ޤާޒީ މައްސަލަ ނިންމާފަ ހުރި ވަރު އެހެން މީހުންނަށްވުރެ މަދެއް ނޫން. އެ ޤާޒީ އަކީ މައްސަލަތައް އެންމެ ރަގަޅަށް ދިރާސާކޮށް ނިންމާ އެންމެ ސިވިލް ކޯޓުތައި އެންމެ ތަޖްރިބާހުރި އެއް ޤާޒީ. ތި މައްސަލައެއްވެސް ލަސްވެފައިވާ ސަބަބު ބަލާލީމާ އެގޭނީ.
ވައްޑެގެއެކުވެރިޔާ
06 September 2024
ވައްޑެ ނަމުގަ ކޮމެންޓް ކޮށްފަ އެއޮތީ ހާފިޒާ ނޫނީ އޭނަގެ ރައްޓެއްސަކާ ވައްތަރީ. އަހަރެންގެ މައްސަލައެއް އޭނަ ބައްކޮށްގެން އިނދެފަ އެންމެ ފަހުން ތަނާޒަލުވީ ވަގުތީ އަމުރުވެސް ނުނެރެ. މައްސަަލަ އެހެން ގާޒީއަކު ބަލާ އަހަންނާ އެއްކޮޅަށް ނިމުނުއިރު އޭނަ ވަގުތީ އަމުރު ނުދިނީމަ ފަރުވާ ނުލިބުނީ
raajje
05 September 2024
ފުލުހުންގެ ސުޑޭންޑު ރަނގަޅުކަމަށްދެކެން، ކޯޓުގެނިންމުންވެސް ފުރިހަމަ، ނަމަވެސް ކޮޅެއްގައިނުޖެހި މިހާދުވަސްވީމާ މުޅިންކަޑަ، ދުއްވަންގެންގުޅޭސައިކަލު ދުއްވުންބަންދުކޮށް މިހާދުވަހުބެހެއްޓުމުން ލިބުނުގެއްލުމުގެ ބަދަލުހޯދަންއުޅެފިނަމަ ރަނގަޅުއަދަދެއްލިބެނޭ! ސައިކަލުގެވެސް މިހާރުބޭނުމެއްނުހިފޭނެކަމަށް ބެލެވެނީ، އެހެންހުރެހުންނާނީ ދަބަރަށްވެފަ ބެޓަރިހަލާކުވެފަ ޓޯކުރުމަށްފަހު ހުރިކޮންޑިޝަނުގައި ވަކިމުއްދަތަކަށް ފުލުހުން ތަކެތި ބަލަހައްޓާނަމަސަޅިވާނެ،
ޢެޑްމުންޑޯ
05 September 2024
ލައިސެންސް ނެތް ބަންގްލަދޭސް މީހަކު ދުއްވުނާއި އިންޖީނުގެ ނަންބަރ ނުފެންނަގޮތަށް ކަހާލައިފައިހުރުމުން ، ތިކަމުގެ ފުލުހުންގެ މައްސަލައެއްނެތް ، ހުރިހާވެސް މައްސަލައަކީ ކޯޓް ، ކޯޓުން 3 އަހަރުން މައްސަލަ ނިންމުމުން ހުރިހާގެއްލުމެއް ލިބުނީ ވެރިފަރާތައް ، ކޯޓްތަށް ހަރުދަނާވެ މައްސަލަތައް އަވަސްވެގެންނޫނި މިގަެުމުގެ ހާލަތެއް ރަގަޅެއްނުކުރެވޭނެ ، ދެން ތިސައކަލުގެ ވެރިފަރާތްވެސް އެހާގޯސް ، ލިއުންކިޔާލީމާ އެކަން ވަރަށްރަގަޅަށް އެގިގެންދޭ
ޗީފް މެޖިސްޓްރޭޓް
05 September 2024
ތީ މެޖިސްޓްރޭޓަކު 3 އަހަރުން ނިންމި ނިންމުމެއްނަމަ ޖޭއެސްސީން ފިޔަވަޅު އަޅާނެ
ސަމަދު ބެ
05 September 2024
ތިޔަ ސައިކަލް އޮންނާނީ ބަންގާޅީ އަކައް ވެރިމީހާ ވިއްކާލައިފަ. ބަންގާޅީ ފީ ނުދައްކާ ގެންގުލެން ވެގެން ނަމްބަރު ތައް ކަހާލި. ބަންގާޅީ ޑީޕޯރޓް ކުރީމަ ސައިކަލް އަނެއްކާވެސް ވިއްކާލަން ބޭނުންވާތީ ތިޔަ ހޯދަން އުޅުނި
ކުޑަވަކީލު
05 September 2024
ނޫސްވެރިންނަށް ލަސްވާތަން ތިފެންނަނީ ދައުލަތާ ގުޅޭ މައްސަލައެއް ވީމަ. އާދައިގެ ތަރިކައިގެ ހިބައިގެ މައްސަލަތައްވެސް އަހަރު ދެއަހަރު ތިންއަހަރު އެބަނަގާ. ލަސްވާތީ ކޯޓުގަ ޝަކުވާ ކުރިޔަސް އަވަހެއްނުވޭ. އެކަމު ހަމަ އެކަހަލަ މައްސަލަތައް ނުނިންމާ ހުންނަ ގާޒީން ބައެއްކަހަލަ މައްސަލަތައް ނިކަން އަވަހަށް ނިންމާލާ. މިއީ ޕާފޯމަންސް މައްސަލައެއް. ޖޭއެސްސީން ބަލަންވީ މިކަންކަން. ރިޝްވަތާ ކޮރަޕްޝަން އެކަންޏެއްނޫން މައްސަލައަކީ، ނާގާބިލުކަމަކީވެސް މައްސަލައެއް