މިރޭ 6:00 އިން ފެށިގެން އާޓިފިޝަލް ބީޗް ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެންނަ ބަދަލު ދައްކައިދޭ ޗާޓެއް. -- ޕޮލިސް
14 ނޮވެމްބަރ 2025 - 14:11
ސަރުކާރު ހިންގާ ޕީއެންސީން މާލޭގައި މިރޭ ހާއްސަ ޖަލްސާއެއް ބާއްވާ އާޓިފިޝަލް ބީޗް ސަރަހައްދުގެ ގިނަ މަގުތަކެއް އިރު އޮއްސި 6:00 އިން ފެށިގެން ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެންނާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ޓްރެފިކަށް ގެންނަ ބަދަލު ހާމަކޮށް ފުލުހުން އާންމުކޮށްފައިވާ ޕޯސްޓުގައި ހިމަނާފައިވާ ޗާޓުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ކޮޅުން، ރާޅުގަނޑާ ހިސާބުން ފެށިގެން ކާނިވާ ސަރަހައްދަށް މަގު ބަންދުވާނެ އެވެ. އަދި ބަންދުކޮށްފައިވާ ސަރަހައްދާ ގުޅިފައިވާ ފަސް ގޯޅިއެއް ވެސް ބަންދުކުރާނެ އެވެ.
މީގެ އިތުރުން، ޖަލްސާ އޮންނަ އާޓިފިޝަލް ބީޗް ކުރިމަތން، ހެންވޭރު ދަނޑާ ހިސާބަށް މަގު އެއްކޮށް ބަންދުކުރާއިރު، ދަނޑުން ފެށިގެން ޖަނަވަރީ މަގާ ހަމަޔަށް، ހަތަރުފުރޮޅުލީ އުޅަނދުތަކަށް ބަންދުކުރާނެ އެވެ. އަދި ހެންވޭރު ދަނޑުގެ ދިގަށް، ދެކޮޅަށް ދުއްވާ ގޮތަށް އޮތް މަގު ވެސް ހަތަރުފުރޮޅުލީ އުޅަދުތަކަށް ބަންދުކުރުމަށް ފަހު އެ މަގުން މިރޭ ދުއްވޭނީ ކާނިވަލާ ވީ ކޮޅުން މަޖީދީމަގާވީ ކޮޅަށް އެކަންޏެވެ.
ފުލުހުން ބުނީ މިރޭ 6:00 އިން ފެށިގެން އިވެންޓް ނިމެންދެން މަގުތައް ބަންދުކޮށްފައި ބާއްވާނެ ކަމަށެވެ.
މިރޭ ޖަލްސާއަށް ރާއްޖޭގެ ހުރިހާ ހިސާބަކުން ގިނަ އަދަދެއްގެ ބަޔަކު މާލެއަށް ޖަމާވެފައި ވާއިރު އަދިވެސް މީހުން އަންނަމުންދާ ކަމަށް ޕީއެންސީން ވަނީ ބުނެފަ އެވެ.
ކަނޑުމަގުންނާއި ޗާޓަރު ފްލައިޓްތަކުގައި ވެސް މީހުން ޖަމާވަމުން ދާއިރު މިއީ ސަރުކާރު ހިންގާ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއްވުމަށް ވާނެ ކަމަށް އެ ޕާޓީގެ ބައެއް ސަޕޯޓަރުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މުހައްމަދު
14 November 2025
އަހަރެންނަކީ ޕީއެންސީގެ އާދައިގެ މެމްބަރެެއް! ރައީސް ޑރ. މުޢިޒު އަށް ގިނަ ދިވެހީން ތާއީދު ކުރޭ! ދެން ކޮބައިތޯ މުޅި ދިވެހި ރާއްޖެއިން މީހުން ގެނެސްގެން ބޮޑެތި އެއްވުމެއް ބޭއްވުމުގެ ބޭނުމަކީ! އެހައިމެ އުނދަގޫ އަދި ޙަރަދުވެސް ބޮޑު ކަމެއް ކުރުމުން ލިބޭ ފައިދާ އަކީ ކޮބައިތޯ! އެހެންމީހުންނަށް އުނދަގޫވާ ކަންތަކުން ދުރުވުން މާރަނގަޅު ނޫންތޯ! މާލޭގެ މަގުތަކުން ޒަރޫރީ ކަންކަމަށްވެސް ނިކުމެ އުޅެން އުނދގޫވޭ ނޫންތޯ!
ނިލިސް
14 November 2025
އިންސާފާއި ހަމަ ގެއްލެނީދޯ
ތެފައާސާ.
14 November 2025
އަނެއް ޕާޓީއިން މަޖީދީމަގުގައި މުޒާހަރާކޮށްފިއްޔާ އާންމު ރައްޔިތުންނަށް އުނދަގޫވެދާނެތީ މަޖީދީމަގަށް އެރިޔަނުދޭން މަގު ބަންދުކޮށް ޝީލްޑާއި ބެރިކޭޑު ޖަހައި އަޑުގަދަކުރާ ގެނެސް ޕެޕާރސްޕްރޭ ޖެހީ މިދިޔަމަހު. މި ޕާޓީމީހުންނާއި ޖެހުނީމާ މުޒާހަރާކުރާމީހުންނަށް އުނދަގޫވެދާނެތީ އާންމުންނަށް މަޖީދީމަގު ބަންދު. ކިހާ ސަޅި؟
ނާޑުވާ
14 November 2025
ކޮބާ ކޯސްޓްގާރޑް. ކަނޑުގެ ސަލާމަތީ ކަންކަން ނުބަލާތޯ?
ރިޒުވާންމ
14 November 2025
ތާއީދަކީ، ޖަލްސާއަކުން އެހެން ބަޔަކަށް ދައްކަންވާ ކަމެއް ނޫން. ތާއީދަކީ ކުރާ ކޮންމެ ކަމެއް ހެޔޮ ނިޔަތުގައި އެންމެންނަށްވެސް ވީހާވެސް ހަމަހަމަ ކަމާއި އިންޞާފުވެެރި ކަމާއެކު ކަންކަން ކޮށްދީގެން ރައްޔިތުންގެ ފަރާތުން ލިބޭ ލޯތްބެއް ކަމަށް ދެކެން.
އަހަރެން
14 November 2025
އޭރެއްގައި އޮންނަ ސަރުކާރެއްގެ ޖަލްސާތަކަށް މީހުންއަންނާނެ، މިދިޔަ ސަރުކާރުގައިވެސް މީހުންމަދުތަ؟ އެކަމަކު ފަހުތަޅާލުމުގައި ވޯޓުންވީބަލި!ވެރިކަމަކީ އެކަހަލަ އެއްޗެއް! ދެވަނަ ދައުރަކަށް ނުހޮވޭނެކަން ކަށަވަރު އިންޝާﷲ! ދެކޮޅުޓިކެޓާ ހުރުމާއި ކެއުން ދިނީމާ ކޮންމެ ބަޔަކުވެސް ދާނެ!
ދަތޯ
14 November 2025
އާއްމުކަމަކަށްނުހަދާތި.
އަނީމް
14 November 2025
މީ ޕީއެންސީ މީހުންގެ އެކަނި ގައުމެކޭ އިހުސާސްވޭ...
ޢަރުތަ
15 November 2025
އޮތްގޮތެއް ކަށަވަރު ކުރާނީ 2028ގަ، އިންތިޒާރު ކޮށްލައްވާ.
ދޯ ހުއްތޭ
14 November 2025
ބޭކާރު ކަމެއް؟
ޢަރުތަ
14 November 2025
"ޕީއެންސީ އެއްވުން އޮންނާތީ ގިނަ މަގުތަކެއް ބަންދުކުރަނީ". ވަރަށް ތާހިރު ވެއްޖެނު، ތާއީދު އޮތްކަން ފެންނާނީ ތިކަހަލަ ގޮތަކަށް ދަނޑިމާރު އަޅައިގެން، ތާއީދު އޮތް ވަރު ފެންނާނެ 2028 ގެ އިންތިޚާބުގަ، އިންތިޒާރު ކޮށްލައްވާ.