ޚަބަރު / ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޖޭއެސްސީއާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ރިޒްނާ އިސްތިއުފާ ދެއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އައިޝަތު ރިޒްނާ ޖުޑީޝަރީގެ އިވެންޓެއްގައި ވާހަކަ ދައްކަވަނީ. -- ފައިލް ފޮޓޯ: މިހާރު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާ އެކު މަސައްކަތް ކުރެވޭނެ މާހައުލެއް ނެތް ކަމަށް ވިދާޅުވެ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރިޒްނާ އިސްތިއުފާ ދެއްވިކަން ޑީޖޭއޭގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. ރިޒްނާ އިސްތިއުފާ ދެއްވިއިރު، އޭނާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

އެނގިފައިވާ ގޮތުގައި، ޑީޖޭއޭ ހިންގުމުގެ ގާނޫނީ އޮނިގަނޑާއި ސިޔާސަތުތަކާއި އުސޫލުތަކުގެ ތެރެއިން ޖޭއެސްސީއާ އެކު މަސައްކަތް ކުރެވޭނެ މާހަލެއް ނެތް ކަމަށް ރިޒްނާގެ އިސްތިއުފާ ދެއްވިކަން އަންގަވައި ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

އެ ކޮމިޝަނުން ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ ގުޅޭ ގޮތުން ޕޮލިސީ ލެވެލްގައި އީޖާބީ ތަސައްވުރެއް ހާމަކޮށްފައި ނެތް ކަމަށާއި އަދި އެއްވެސް ލަފައެއް އިރުޝާދެއް ވެސް ނުދޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ޖޭއެސްސީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމެޓީން ނިންމަންޖެހޭ ކަންކަމުގައި ވެސް އެއްވެސް ނިންމުމެއް ނިންމާފައިނުވާކަން ފާހަގަކުރައްވާފައިވެ އެވެ.

"މިކަން ހައްލުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ އެކަށީގެންވާ ނަތީޖާއެއް ލިބިފައިނުވާތީ، ޖުޑީޝަރީގެ އިދާރީ ހިންގުމާގުޅޭ މުހިންމު ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ހުރަސްއެޅިފައެވެ." ރިޒްނާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ރިޒްނާއާ ގުޅޭ ގޮތުން އެ ޖޭއެސްސީން ބަލަމުންދަނީ ފަނޑިޔާރުންގެ ހެލްތު އިންޝުއަރެންސާ ގުޅޭ މައްސަލައަކާއި މުވައްޒަފުން ނެގުމުގައި އަމަލުކޮށްފައިވާ ގޮތުގެ މައްސަލަތަކެކެވެ.

ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައި ހުންނެވި ރިޒްނާ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އައްޔަން ކުރީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭނާ މީގެ ކުރިން ވަނީ މަދަނީ ކޯޓުގެ ރެޖިސްޓްރާކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.

21 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 28%
icon angry icon angry 28%
icon wow icon wow 6%
icon inlove icon inlove 22%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަތްދައްތަ

07 September 2024

ޖުޑީޝަރީގަ ފެމިނިޒަމް ގަދަކުރާނަމޯ. ގަދަވެއްޖެއްނު.

The name is already taken The name is available. Register?

ޢެދުވަސް

06 September 2024

ރިޒްނާ ހިންގާފަ ހުރި ޖަރީމާތައް ބަލަންޖެހޭ. މުޅި ޖުޑީޝަރީ ހަލާކުކޮށްލާފަ ފިލަނީ

The name is already taken The name is available. Register?

ހަލީމްބާއި

06 September 2024

މި ހިސާބުން މި ވާހަކަ ނިމުނީ. ވައްސަލާމް

The name is already taken The name is available. Register?

12313

06 September 2024

ވަގުތުން ވިކްޓިމްއަކަށް ބަދަލުވީ

The name is already taken The name is available. Register?

ޢަލީހސ

06 September 2024

ފަޑިޔާރުންނަށް ކޮންމެހެން ހެލްތް އިންސްރެންސް ދޭކަށް ނުޖެހޭ. ޢާބާދީގަ 200 ވެސް ހަމަނުވާ ރަށްރަށަށް ފަޑިޔާރުން ލާފަ ތިބޭ އިރު އެމީހުންނަށްވެސް 43000 މުސާރަ ދޭ. މާލޭގަ ޑިރެކްޓަރ ލެވެލްގަ އުޅެ މީހުނަށް މިއުޅެނީ 20000 ވެސް ނުޖެހިގެން

The name is already taken The name is available. Register?

ބަޗްނާ

06 September 2024

ކޯޓަށް މީހުން ހާޒިރުކޮށްފަ، ހެދުން އަޅާގޮތަށް ފާޑުކިޔާފަ، ފަނޑިޔާރު ހެދިފަ ބެންޗަށް އަރާފަ، މިކަހަލަ ފާޑަކަށް ވަރަށް ފުއްޕާފަ އުޅުނު މީހެއް. އަލްޙަމްދުލިﷲ އިސްތިއުފާދޭން މަޖުބޫރުވީމަ،

The name is already taken The name is available. Register?

ޖަންގި

07 September 2024

ބަރާބަރު ވާހަކައެއް އިނގޭ ތޯ ބަޗްނާ! މަށަށްވެސް ތިމަންޒަރު ފެނުނު.

The name is already taken The name is available. Register?

ކަނބިލި

06 September 2024

އިބޫގެ ޕަޕެޓެއް. ރަށްތަށުގެ ގާޒީންނަށް އެމްޑީޕީގެ އެކްޓިވިސްޓުން ލާފައި އެބަތިބި. އާނ! އެމަހުލެއް ނެތް. އެމްޑީޕީގެ ސިޔާސީ އެޖެންޑާ ޝަރުއީ ދާއިރާގައި މިހާރަކު ކުރިއަކަށް ނުގެންދެވޭނެ

The name is already taken The name is available. Register?

އަހަންމަދޭ

06 September 2024

މާހައުލު ނެތުނީ ހިސާނާއި ރިއްފަތު ނެތުނީމަ. އޭރު މާހައުލު އޮތް. މާހައުލު އޮވެގެން ވީކަމެއް ހަރާން. ކޯޓުތަކަށް ވީ މޮޅެއްނެތް. ހުރިހާ މޮޅެއް އޮތީ ރިޒްނާ އަރިހުގަ ޑީޖޭއޭގަ ތިބި ކުދިންނަށް. ކޯޓުތައް ހަރުދަނާކުރަން ކުރި އެންމެ ކަމެއްނެތް. ސޮފްޓްވެއަރ ހަދާފަ ލޯންޗުކުރީ ދަޅަ ދައްކަން. ބޭނުމެއްނުކުރޭ. ސުޕީރިއާ ކޯޓުތަކަށް އެބަޖެހޭ އިދާރީ މިނިވަންކަން ދޭން. އެހެންނޫނީ ކުރިއެރުމެއް ނުލިބޭނެ. ދެން ޑިޖޭއޭއިން މުހައްމަދު ބޭރުވާންވީ

The name is already taken The name is available. Register?

ރޔޒ ރސޑ

06 September 2024

ސޮފްޓް ހަދާފަ ބޭނުން ނުކުރާ ވާހަކަ ތި ކިޔަނީ. ކޯޓުތަކުން އެ ބޭނުންނުކުރަންޏާ އެއީ ޑީޖޭއޭގެ މައްސަލައެއް ނޫނެއްނު. އެއީ ކޯޓުތަކުގެ މައްސަލައެއްނު.

The name is already taken The name is available. Register?

ރިޒާކަނޑާލި

05 September 2024

ރިޒާ ކަނޑާލިތަން ހިތައްއަރާފަވެސް ހުންނަން ބޭނުން nuvaane. ހިންގީ ހުސް ޖަރީމާ ހިސާނުއާ އިޒްކޮ އާ އެކީ

The name is already taken The name is available. Register?

ބައިވެރިޔާ

05 September 2024

ތިޔައިސްތިއުފާ މާބޮޑަށް ލަސްވެއްޖެ. ހިސާންގެ ޕަޕެޓެއްގެ ގޮތުގައި ނުކުރާކަމެއްނެތް. އެންމެ ހައިރާންވީ ސަރުކާރު ބަދަލުވީމަ ރައީސް ބަންދުކުރާ ދުވަސްތައްވެސް މުވައްޒަފުންނަށް ނުދީ، އެދުވަސްތަކުގަ ކޯޓުންއަންގާ ގަޑިއަކަށް ކޯޓަށް ނުނިކުމެވޭ މުވައްޒަފުނަށްވެސް ފިޔަވަޅުއަޅަން ބުނުން. މީ ހިސާންގެ ތަރިކަމުދާ ގަނޑެއްވިއްޔަ ދެމީހުން އަނބުރަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454