އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ހައި ސްކޫލެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއަށްފަހު، އެ ސްކޫލްގެ ބޭރުގައި ފުލުހުން ހަރަކާތްތެރިވަނީ. --ފޮޓޯ: އޭއެފްޕީ
06 ސެޕްޓެމްބަރ 2024 - 14:51
އެމެރިކާގެ ޖޯޖިއާ ސްޓޭޓްގެ ސްކޫލެއްގެ ތެރޭގައި ބަޑިޖަހައި ހަތަރު މީހަކު މަރާލި ކުއްޖާގެ ބައްޕަ ވެސް ހައްޔަރުކޮށްފި އެވެ.
ޖޯޖިއާގެ އަޕަލަޗީ ހައި ސްކޫލްގައި 14 އަހަރުގެ ކުއްޖާ، ސްކޫލް ތެރެއަށް ވަދެ ބަޑިޖަހައި ހަތަރު މީހަކު މަރާލީ މިދިޔަ ބުދަ ދުވަހު އެވެ. އެ ހާދިސާގައި މަރުވީ 14 އަހަރުގެ ދެ ދަރިވަރުންނާއި ދެ ޓީޗަރެކެވެ. އޭގެ އިތުރުން، އެ ހާދިސާގައި ނުވަ މީހަކު ޒަހަމްވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ބަޑިޖެހި 14 އަހަރުގެ ކުއްޖާ ހައްޔަރުކޮށް، ގަސްތުގައި މީހަކު މަރާލުމުގެ ދައުވާކޮށްފައިވާ އިރު، އެ ކުއްޖާގެ ބައްޕަ ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. ކުއްޖާގެ މައްޗަށް ވެސް ދައުވާކުރުމުގައި އަމަލުކުރާނީ ބޮޑު މީހަކާ މެދު އަމަލުކުރާ ގޮތަށެވެ.
އުމުރުން 54 އަހަރުގެ ކޮލިން ގްރޭއަށް މީހަކު މަރާލުމުގައި ބައިވެރިވުން ފަދަ ގިނަ ދައުވާތަކެއް ކުރުމުގެ ފުރުސަތު ބޮޑެވެ. ކަމާބެހޭ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި، ގްރޭ ވަނީ އެނގި ހުރެ، އޭނާގެ ދަރިފުޅަށް "ހަދިޔާ" އަކަށް ބަޑިއެއް ދީފަ އެވެ.
އެމެރިކާގައި އާންމުން ބަޑި ގެންގުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާ އިރު، ސްކޫލްތަކުގައި ބަޑިޖެހުމުގެ ހާދިސާތައް ވަނީ އިތުރުވެފަ އެވެ. މިފަދަ ހާދިސާތަކުގައި ބެލެނިވެރިންގެ އިހުމާލު ބޮޑުކަމަށް ބުނެ، ދައުވާ ކުރަން މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިދުބެ
06 September 2024
14 އަހަރުގެ ކުއްޖަކަށް ޖިނާއީ ތަހުގީގެއް އެހެން ގައުމެއްގައި ހިންގައިކަން އެމެރިކާނުންނަށް އެނގިއްޖެ ނަމަ އެކަމުގެ ތެރެއަށް ވަދެ އޭތި މީތި ކިޔާނެތެވެ.
ވިސްނޭތަ
06 September 2024
ދުނިޔޭގައި ލެއްވިހާ ކަމެއް ހައްގަކަށް ހަދައިގެން އުޅޭއިރު ސިކުނޑި އޮތީ ކޮންތާކުބާވައޭ ހީވޭ. އަނެއްކޮޅުން މިމީހުންވީމާ 14 އަހަރުގެ ކުއްޖާއަކީވެސް ދައުވާކުރުމުގައި ބޮޑުމީހެއް. ރާއްޖެފަދަ، މި މީހުން ޖަހާހާ ބެރަކަށް ނަށާ މީހުންނަށް އެއީ މައުސޫމް ބޭބީއެއް. އަނެއްކާ، އެމެެރިކާގެ "މަތިވެރި" ނަސްލު ވީމާ ނުވޭ ޓެރަރިޒަމަކަށްވެސް. މިވަރުންވެސް ނުވޭ ބަޔަކަށް އެއްޗެއް ވިސްނޭކަށް؟!
ޢަލީ ހަލީލު
06 September 2024
މުސްލިމުން ނޫންތަ މިސްކިތް ގޮއްވަނީ
ކައިލީ (އެމެރިކާ ދަފްތަރު)
06 September 2024
އެމެރިކާ މާ ރަނގަޅު. “ކުއްޖާއަށް ވެސް އަމަލު ކުރާނީ ބޮޑު މީހެއްގެ އުސޫލުން”.. ނަމެއްގަ ތިބި އިސްލާމީ ގައުމުތަކަށް ވާ ކަމެއް ހަރާމް