ބޮލީވުޑްގެ ސުޕަސްޓާރު ޝާހްރުކް ހާންގެ ދަރިން ކަމަށްވާ އަރްޔަން ހާން އާއި ސުހާނާ ހާން.-- ފޮޓޯ: އޭއެފްޕީ
07 ސެޕްޓެމްބަރ 2024 - 07:04
ސުޕަސްޓާރު ޝާހްރުކް ހާންގެ ދޮށީ ދަރިފުޅު އަރްޔަން ހާން ބޮލީވުޑަށް ތައާރަފުކުރަން ބޮލީވުޑްގެ ޑައިރެކްޓަރުންނާއި ޕްރޮޑިއުސަރުންގެ ހުށަހެޅުންތައް ޝާހުއަށް ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަރްޔަން އެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފުކުރަން ކަރަން ޖޯހަރާއި އަދިތުޔަ ޗޯޕްރާ އާއި ފަރާ ހާން އަދި ރާކޭޝް އޯމްޕްރަކާޝް މެހެރާ ކަހަލަ ބޮޑެތި ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ވަނީ ޝާހުއަށް ޕްރޮޕޯސަލްތައް ފޮނުވައިފަ އެވެ.
ޝާހު ކުރިން ބުނި ގޮތުގައި، އަރްޔަން އެކްޓުކުރަން ޝައުގުވެރި ނުވެ އެވެ. އޭނާ ބޭނުންވަނީ ޑައިރެކްޝަންގެ މަސައްކަތް ކުރާށެވެ.
ނަމަވެސް، ޕްރޮޑިއުސަރުންނާ ހަވާލާދީ ބައެއް ނޫސްތަކުން ބުނީ އަރްޔަން އަކީ އެކްޓުކުރުމުގެ ހުނަރު ހުރި މީހެއް ކަމަށާއި އޭނާ އެކްޓުކުރަން ފަށައި ނަމަ، ޝާހުހާ މަގުބޫލު އެކްޓަރަކަށް އޭނާ ވާނެ ކަމަށެވެ.
އަރްޔަން އަންނަނީ އޭނާ ޑައިރެކްޓުކުރާ ފުރަތަމަ ވެބް ސީރީޒް "ސްޓާޑޯމް"ގެ މަސައްކަތް ކުރަމުންނެވެ. ޝާހު ޕްރޮޑިއުސްކުރާ އެ ވެބް ސީރީޒްގައި ދައްކާނީ ބޮލީވުޑްގެ ސްޓާރުން ދިރިއުޅުމުގެ ކަންކަމެވެ. އެ ސީރީޒްގެ ކުރިން އަރްޔަން ވަނީ ބައެއް އިޝްތިހާރުތައް ވެސް ޑައިރެކްޓުކޮށްފަ އެވެ.
ޝާހުގެ ދޮށީ އަންހެން ދަރިފުޅު ސުހާނާ ހާން ވަނީ ނެޓްފްލިކްސް ފިލްމު "ދި އާޗީސް" އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވެފަ އެވެ. ސުހާނާ މިހާރު އަންނަނީ ޝާހުއާ އެކުގައި ވެސް ފިލްމެއް ކުޅެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2024
08 September 2024
މޫނު ބަލާބިޔަ އަބަދުވަސް ރުޅިއާއްސަ..... ބޮއިހަލަކި
މަނާކް
08 September 2024
އާރްޔަން ކިހިނެއް ފިލްމް ކުޅޭނީ. އޭނާއަކީ ބައްޕަ އާއި ކޮއްކޮ ހެން ސޯޝަލް މީހެއް ނޫން. އަބަދު ވެސް ފެންނާނީ ކުނި މޫނު ހަދައިގެން ހުންނަތަން.