"ދަ ޕާފެކްޓް ކަޕުލް"ގެ މަންޒަރެއްގައި ބޮލީވުޑްގެ އެކްޓަރު އިޝާން ކައްތަރު.
07 ސެޕްޓެމްބަރ 2024 - 07:03
ބޮލީވުޑްގެ އެކްޓަރު އިޝާން ކައްތަރުގެ ފުރަތަަމަ ހޮލީވުޑް ސީރީޒް "ދަ ޕާފެކްޓް ކަޕުލް" ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފަށައިފި އެވެ.
މި ހަ އެޕިސޯޑުގެ ސީރީޒް ނެޓްފްލިކްސް އިން ސްޓްރީމްކުރަން ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އިޝާންއާ އެކު އެ ސީރީޒްގައި ހޮލީވުޑްގެ ވަރަށް ކުޅަދާނަ އެކްޓަރުގެ ކާސްޓެއް ހިމެނެ އެވެ. އޭގެ ތެރޭގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ނިކޯލް ކިޑްމަން، އީވް ހެއުސަން، މެގަން ފަހީ، ޑަކޯޓާ ފަނިންގް، ޖެކް ރެއިނާ އަދި މައިކަލް ބީޗް ހިމެނެ އެވެ.
އިޝާން ކުޅުނީ ސަޕޯޓިން ރޯލެކެވެ.
އެ ސީރީޒްގައި ކުރި މަސައްކަތާ ގުޅޭ ގޮތުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި އިޝާން ބުނީ ވަރަށް އެކުވެރި މާހައުލެއް އޮތުމުން އޭގައި މަސައްކަތްކުރަން ވަރަށް ފަސޭހަވި ކަމަށެވެ. އަދި ބޮލީވުޑްގައި ކުރާ މަސައްކަތާއި ވަރަށް ތަފާތު ތަޖުރިބާއެއް ކަމަށް ވެސް އޭނާ ބުންޏެވެ.
"ދަ ޕާފެކްޓް ކަޕުލް" ދައްކަނީ ވަރަށް ލޯބި އުޅޭ ކަޕުލްއެއްގެ ކައިވެންޏަށް ތައްޔާރުވަމުން ދަނިކޮށް އެ ކައިވެނި ހަފުލާ ބާއްވާ ވެނިއުގައި މަރާލާފައި އޮތް މީހަކު ފެނިގެން އެ މަރުގެ ހަގީގަތް ހޯދުމަށް ފުލުހުން ކުރާ މަސައްކަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
08 September 2024
"ދަ ޕާފެކްޓް ކަޕުލް" ގައި ދައްކަނީ ބޭރުފުށުން ވަރަށް ޕާފެކްޓްކަމަށް ދެއްކެން އުޅޭ ދެމަފިރިޔެއްގެ ނޮޓް ސޯ ޕާފެކްޓް ރިލޭޝަންޝިޕް. އޯލްސޯ ހައު އެވްރީތިންގ ކަމްސްޓް ލައިޓް، އެމީހުންގެ ދަރިންގެ ކައިވެނި އޮންނަ ދުވަހުގެ ކުރީރޭ އެމީހުންގެ ޕްރައިވެޓް ގޭގެ ސަރަހައްދުން މަރުވެފައި އޮއްވާ ފެންނަ އެމީހުންގެ ޑޯޓާރއިންލޯގެ ބެސްޓީގެ މަރުގެ ހަޤީގަތް ހޯދަން ފުލުހުން ކުރާމަސައްކަތުގެ ތެރެއިން...