ރައީސް ޑރ. މުހައްމަދު މުއިއްޒު، އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ފަތްކޮޅު އިސްމާއިލް ހަބީބަށް އަރުވަނީ.-- ފޮޓޯ: ރައީސް އޮފީސް
08 ސެޕްޓެމްބަރ 2024 - 16:19
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ހަބީބް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި ހަބީބް ވަނީ އެޗްއާރުސީއެމްގެ މެންބަރު ކަމުގެ ހުވާކުރައްވާފައި ކަމަށެވެ. ހަބީބަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އިސްމާއިލް ހަބީބް އެޗްއާރުސީއެމްގެ މެމްބަރު ކަމުގެ ހުވާކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ހަބީބް ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް އީސީގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
ހަބީބް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ގައުމީ ޔުނިވާސިޓީން މާސްޓަ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލްކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަލުސޮރު
10 September 2024
ކޮބާ ސަރުކާރުން ހަރަދުކޮށްގެން އެކި ދާއިރާއިން މީހުން ތަމްރީނުކޮށް ޒުވާނުންނަށް ހިލޭ ޑިގްރީ ކިޔަވާ ދިނުމުގެ ބޭނުމެއް އަބަދުވެސް ހަބީބު މީނާ މީ ބޮޑުން އަންގާ ގޮތަށް ކަން ކުރަން މާރަގަޅުމީހަކީތާ
ޑރ ވާންޗޯ
09 September 2024
ކިހިނެއްހެދީމަތަ ސަރުކާރުތަކުގެ ރާޑަރުގަ ސްޓަކްވެފަ ބަލަދުއަރާފަ އަބަދުވެސް ބޮޑެތިވަޒީފާތައް ދިއްކޮށްގެން މަގޭފަހަތުން ސަރުކާރުދުވާނީ؟.
އިތުގާމް ސިއްދީގް
09 September 2024
މި ކޮމިޝަން ހިިންގަން މިވަރުގެ މީހެއް ހަމަ ނުހުންނާނެ!
އާބިދު ސައީދު
09 September 2024
މަރުުހަބާ ސަރ. ޔަގީން ދެން ޕޮސިޓިވް ޗޭންޖެސް ފެންނާނެ
ފޫހި
09 September 2024
އެއްވެސް މަސައްކަތެއް ނުކުރާ ބޭނުމެއްނެތް ކޮމިޝަނަކަށް ބޭނުމެއްނެތް މީހަކު ލުމުން އިސްރާފް ވުން ފިޔަވާ އިތުރު ކަމެއްނުވާނެ. މިއީ ހަމަ މިފަދަ މަގާމުތަކަށް ބަލަދު އަރާފަ ހުރި މީހެއް
މުނާއިޝް
09 September 2024
ހަބީބް އަކީ ކޮންމެ މަގާމެއްގަ ހުއްޓަސް އޭނަގެ ޒިންމާ ފުރިހަމަޔަ އަދާކުރާ މީހެއް، ވަރަށް ކައިރިން ދަންނަ މީހަކަވާތީ މި ބުނީ
ސުފްޔާން
09 September 2024
ހަބީބް އަކީ ބަރާބަރު މީހެެއް. މިކަހަލަ އިހުލާސްތެރިން މަދުވާނެ. ރަނގަޅު ޗޮއިސްއެއް
އަހަންމާ.
09 September 2024
މިއީ ދައުލަތަށް ބަލަދު އަރާފަ ތިބޭ ބަޔެއްތަ؟ މިގޮތަށް މިމީހުން އެއްކޮމިޝަނުން އަނެއް ކަމިޝަނަށް ބަދަލު ވުމުގެ ސަބަބުން، ކިޔަވައިގެން ތިބި ގިނަޒުވާނުން މިވަނީ ބާކީ ވެފަ، ޕީ.އެޗް.ޑީ ހަދައިގެން މަގު ކުނިކަހާ މީހެއްގެ ވަޒީފާ ވެސް ނުލިބިގެން ޒުވާނުން މިއުޅެން ޖެހެނީ، ވަރަށް ދެރަ.
ރާއްޖެ
09 September 2024
މި ނޫން ބަޔަކު މި ގައުމުގަ ނެތް؟
ލަކްޝްމީ
08 September 2024
އަމިއްލަ ސިކުނޑި ބޭނުންކޮށް ކިޔެވިއެއްޗެއް ކުރި ތަޖުރިބާއެއް މިގައުމުގަ މުހިއްމެއް ނޫން. ބޭނުންވަނީ ކަމެއް ނުކޮށް ބޮޑު މަގާމެއް. ހިތައްއަރާ ކީއްވެބާއޭ ހަބީބު ކަހަލަ މީހުން އައިޖީއެމްއެޗްގެ އޮޕަރޭޝަން ކުރާ މީހެއްގެ މަގާމް ވެރިންކައިރީގަ ސަލާންޖަހައިގެން ކުރިނީސް ކޮށްގެން ނުހޯދަނީ؟
ހިނި40
09 September 2024
ލަކްޝްމީ އަށް އަމިއްލަ ސިކުނޑި ބޭނުން ނުކުރެވުން ހެން ހީވަނީ. އަމިއްލަ ސިކުނޑި ބޭނުން ކުރި މީހާ އެހެރީ މަޤާމު ދީފައި. ލަކްޝްމީ މެންވެސް ދެން ޝަކުވާ ނުކޮށް އައިޖީއެމްއެޗް ދޫކޮށްފައި ކޮންމެވެސް ފަސޭހަ ސިޔާސީ މަޤާމަކާ އުޅޭ