މޯލްޑިވިއަންގެ ބޯޓެއް: ބޭސިކް ޕައިލެޓް ޓްރެއިނިން ނުވަތަ ކެޑޭޓް ޕައިލެޓުން ތަމްރީނުކުރަނީ ގައުމީ އެއާލައިނާއި ޓީއެމްއޭ އިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު
09 ސެޕްޓެމްބަރ 2024 - 11:09
ސަރުކާރުގެ ލޯނު ސްްކީމުގެ ދަށުން ޕައިލެޓުކަން ކިޔަވަން ފުރުސަތު ލިބުނު ބައެއް ދަރިވަރުން، ޕައިލެޓުންނަށް ވަޒީފާގެ ދަތިކަން ބޮޑުވެފައިވާތީ ކޯސް ބަދަލުކުރަން ފަށައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ނަދާ މުހައްމަދު "މިހާރު" އަށް ވިދާޅުވީ ލޯނު ހަމަޖެހުމަށް ފަހު، މިހާތަނަށް ކިޔަވަން ނުފުރާ ތިބި ބައެއް ދަރިވަރުން އެހެން ކޯސްތަކަށް ބަދަލުކޮށްދޭން އެދެމުން އަންނަ ކަމަށެވެ.
"ވަރަށް މަދުން ނަމަވެސް ބައެއް ދަރިވަރުން ދަނީ ކޯސް ބަދަލުކޮށްދޭން އެދެމުން،" އޭނާ ވިދާޅުވި އެވެ.
ނަދާ ވިދާޅުވި ގޮތުގައި ސަރުކާރުގެ ހަރަދުގައި ޕައިލެޓްކަން ކިޔަވަން މި އަހަރު 10 ފުރުސަތު ދީފައިވާއިރު، މިހާތަނަށް އެ ދަރިވަރުން ކޯސް ބަދަލެއް ނުކުރެ އެވެ. އެކަމަކު ކޯސް ބަދަލުކުރަން ބޭނުން ނަމަ އެ ފުރުސަތު އޮންނާނެކަން މިނިސްޓްރީން އިއުލާން ކުރާނެ ކަމަށް ނަދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕައިލެޓްކަން ކިޔަވަން ލޯނު ހަމަޖެހިފައިވާ ދަރިވަރުންގެ ތެރޭގައި ހަމައެކަނި އޯލެވެލް ހަދާފައިވާ ކުދިން ވެސް ހިމެނެ އެވެ. އެހެންވެ ޑިގްރީ ކޯހަކަށް ބަދަލުވުމުގެ ފުރުސަތެއް ނޯވެ އެވެ.
އެކަމަކު އެ ދަރިވަރުންނަށް ވެސް ފުރުސަތު ދެވޭނެ އެހެން ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރާއްޖެ އަށް ބޭނުންވާ ވަރަށްވުރެ ގިނައިން ޕައިލެޓުން ތަމްރީނުކޮށްފައި ވާއިރު އެ މީހުންނަށް ވަޒީފާ ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު އަހަރު ވަނީ ސަރުކާރުން ދޫކުރާ ލޯނުގެ ހަރަދުގައި ޕައިލެޓްކަން ކިޔަވަން 500 އެއްހާ ދަރިވަރުންނަށް ފުރުސަތު ދީފަ އެވެ. އެއް ދާއިރާއަކުން ކިޔަވަން މީގެ ކުރިން އެހާ ގިނަ ފުރުސަތެއް ނުދެ އެވެ.
ސަރުކާރު ބަދަލުވުމަށް ފަހު މި ސަރުކާރުގެ ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެއް ދާއިރާއަކުން މިހާ ގިނަ ބަޔަކަށް ފުރުސަތު ދީފި ނަމަ، ވަޒީފާ ނުލިބި ގައުމީ މައްސަލައަކަށް ވެދާނެ އެވެ.
މިވަގުތު ވެސް ޕައިލެޓްކަން ކިޔަވައިގެން އައިސް ތިބި 70 އެއްހާ ދަރިވަރުން ތިބީ ވަޒީފާ ނުލިބި އެވެ. އެ ދަރިވަރުން ތަފާތު އެކި ދާއިރާތަކުން ވަޒީފާ އަދާކުރަމުން އަންނައިރު މި ދަރިވަރުންނަށް ޕައިލެޓަކަށް ވާން ފުރުސަތު ލިބޭނެ އިރެއް ވެސް ނޭނގެ އެވެ. އަދި މިވަގުތު ވެސް ރާއްޖެއިން ބޭރުގައި 300 އެއްހާ ދަރިވަރުން ޕައިލެޓްކަން ކިޔަވަމުން އެބަދެ އެވެ.
އެެހެންވެ މިނިސްޓަރު އަމީން ވަނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ އެކު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށާއި ލޯނު ސްކީމްގައި ކިޔަވަން ނުގޮސް ތިބި ދަރިވަރުން އަދި ބެލެނިވެރިންނަށް މިކަން އޮޅުންފިލުވައިދީ ކޯސް ބަދަލުކުރަން ބޭނުންވާ ނަމަ އެ ފުރުސަތު ފަހިކޮށްދިނުމަށް މަޝްވަރާކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭބބ
09 September 2024
ނިކަން މިހާރު ނޫހުން އޮޅުންފިލުވާލަބަ މިފަހަރު ލޯނަށް ޝަރުތުހަމަވީ ކުދިންނަށް ހަޔާއެޑިއުކޭޝަނުން ފޮުނުވި ލޯނު އެގުރިމަންޓް ފޯމް ފުރާފަ ފޮނުވި އެއްވެސް ކުއްޖަކަށް ޖަވާބެއް ދިންތޯ.
ބަދަ
09 September 2024
ބޮޑާ ހާކާނެ ކަމެއްނެތް. އެބަޔަކު ބޭނުންވި ގޮތަށް ސަރުކާރުން ތިއޮތީ ލޯން ހަމަޖައްސާ ކިޔެވުމުގެ ފުރުސަތު ހޯދަދީފަ. ޕައިލެޓަކަށް ވާން ދިޔައިރު މިގައުމުގަ އެވަރަށް ދުއްވާނެ ފުލައިޓް ނެތްކަންވެސް އިގޭނެ. އެހެން ނޫނަސް ޕައިލެޓުންނަކީ އިންޓަނޭޝަނަލް ބައެއް، ވަޒީފާ އަދާކުރެވެންޖެހޭނެ ކޮންމެ ގައުމެއްގަވެސް.
ދިޔަރެސް
09 September 2024
އެކުދިންގެ ނިންމުން ރަނގަޅުކަމަށް ޤަބޫލުކުރެވޭ. ރާއްޖެއަށް މިވަގުތަށްވެސް އިންތިހާއަށް ޑިމާންޑް އޮތް ދާއިރާތައް އެބަހުރި. އެހެންކަމުން އެ ދާއިރާތަކަށް ކުދިން ބަދަލުވުމަކީ ހެޔޮ ބަދަލެއްކަމަށް ޤަބޫލުކުރެވޭ
ސެންބެ
09 September 2024
މިސާލަކަށް ކޮން ދާއިރާއެއް؟
ބެއްޔާގެ ދަރި
09 September 2024
ޕައިލެޓުންނަށް ވަޒީފާ ނުލިބޭ ވާހަކަ ދައްކާ އިރު ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގައި ވެސް ބޭރުގެ އެތައް ޕައިލެޓުންނެއް އެބަ އުޅޭ. ޕައިލެޓުންގެ ވަޒީފާ އަށް ބިދޭސީން ނުގެނެވޭ ގޮތަށް ހަދަމާ. އެކަށީގެންވާ ވަރަށް ދިވެހިން ލިބޭ ވަޒީފާތަކަށް މިހާރު ވެސް ބިދޭސީން ނުގެނެވޭ އިރު އެ ލިސްޓަށް ޕައިލެޓުން ނުލާންވީ ކީއްވެ؟
ހިތަދޫ ހުސެން
09 September 2024
ދިވެހި ސަރުކާރު ހަރަދުގަ ބޭރު ގައުމުގެ ޖޮބް މާކެޓް ފިލް ކޮއްދިނީ ސޯލިހް. ބޭރުގަ ވަޒީފާ އަދާ ކުރާ ދެިވެހިން ރާއްޖޭގަ ޑޮލަރު ރައްކާ ނުކުރާނެ، އެތަނެއްގަ އުޅެ އެ ގައުމަކަށް ބަދަލުވުން ގާތީވެސް. ސޯލިހް އެޅި ވަރަށް ޅަ އެއްޗެއް މީ.
ސައިނީސް
09 September 2024
އެކުދިން އަލުން އެޕްލައި ކުރަން ޖެހޭނީ ، ތިހެން ކޯސް ބަދަލުކުރުން ތީ އިންސާފެއްނޫން
މާކުންބޭ
09 September 2024
އައިއޭއެސް އިން ބޮޑު މުސާރަ ދޭ މީހުންތަކުގެ މުސާރަ %50 އަށް ތިރިކޮށްފަ ގިނަ ޕައިލެޓުންނަށް ވަޒީފާ ދޭން ފެނޭ، އައި.އޭ.އެސް އަށް ވެސް މާ ރަނގަޅު ވާނެ މިހެން ހެދުމުން. ކީއްކުރަން ބައެއް މީހުނަށް 150000ރ ދެނީ؟؟ ތަޖުރިބާ ހުރި ފަރާތްތަކުން ބޭރުގެ އެއަރލައިންތަކަށް ގޮސް ބޮޑު މުސާރަ ހޯދިދާނެ. އޭރުން ޤައުމަށްވެސް ފައިދާ ވާނެ، ޑޮލަރ ޤައުމަށް ވަންނާނެ.
އަރީފ
09 September 2024
“ލޯނު ހަމަޖެހުމަށް ފަހު، މިހާތަނަށް ކިޔަވަން ނުފުރާ ތިބި ބައެއް ދަރިވަރުން އެހެން ކޯސްތަކަށް ބަދަލުކޮށްދޭން އެދެމުން އަންނަ ކަމަށެވެ.” އެއްވެސް ބަޔަކު ފުރައިފިބާ. އެއްމަސް މިވަނީ މިއަންނަ ހަފްތާ ތިޔަ މިނިސްޓްރީ އިން ކިޔާލަ ކިޔާލަ ތިބޭތާ.ކިޔެވުން ފެށިފަ ތިޔަލޯނު ހަމަ ނުޖެހިގެން ނުފުރި މިތިބީ. މިނިސްޓްރީ އަށް ގޮސް އާދޭސް ކުރީމަ ފިނިހަކަ ދުވެލީގަ ކަންތައް ވަނީ. ވަޢުދު ފުޅުވީ ލޯންދޭން. ލޯން ފައިސާ އަތަށް އަރާ ކުއްޖާ ކިޔަވަން ދިއުން މުހިއްމެއް ނޫން
މަނު
09 September 2024
ތިޔަބުނީ ރަނގަޅަށް ފޯނެން ނުނަގާ މެއިލް އަކަށް ރިޕްލައިވެސް ނުކުރޭ.
ސަމާސާއެއްބާ
09 September 2024
ދެން އެންމެ ޑިމާންޑު އޮތް ކަމަށް ލަފާ ކުރެވެނީ މާރކެޓިންގ އާއި ބިޒްނެސް އެޑްމިން ޖޮބުތައް. މިތަކެތި ހަދައިގެން މިޤައުމުގާ ނުލިބޭނެ މަޤާމެއް ނެތް. ޚާއްސަކޮށް ބޮޑެތި ކުންފުނިތަކާ މުއައްސަސާ ތަކުގެ ވެރިކަން. އެހެޔޮ ހެލްތު ސައިންސް ތަނެއް ވިޔަސް ނޫނީ ޓެކްނިކަލް ތަނެއްވިޔަސް. އަދި އެދާއިރާ ތަކުން އެއްވެސް އެއްޗެއް ނޭނގުނަސް އޯކޭ. ޚާއްސަކޮށް މާކެޓިންގގައި 'ސެލްފް ޕްރޮމޯޝަން' މޮޑިއުލްއެއް ކިޔަވާފަ ހުރިހެން ހީވޭ ގިނަ ބޭކަލުން.