މުނިފޫހިފިލުވުން

ފިލްމު ޕްރޮމޯޝަނަކަށް ކުރި ސަމާސާ ވިހަވެ މަނިކު ކުރުދޮށިން ދީފި!

އެކްޓަރު މުހައްމަދު މަނިކާއި ފިލްމު "ބިބީ"ގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯއެއްގައި އެކްޓަރު އަހްމަދު ސައީދު އަދި އެކްޓްރެސް ޝީލާ ނަޖީބް.

09 ސެޕްޓެމްބަރ 2024 - 22:06

44 comments

ދިވެހި ފިލްމެއްގެ ޕްރޮމޯޝަނަށް ކުރި ސަމާސާ ވިހަވެ، އެކްޓަރު މުހައްމަދު މަނިކު އެ ފިލްމު ގެނެސްދޭ ޕްރޮޑަކްޝަން ހައުސަށް ކުރުދޮށިން މިރޭ ދީފި އެވެ.

މަނިކު އޭނާގެ ފޭސްބުކްގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ވަނީ ސޯޝަލް މީޑިއާގައި މިހާރު ދައުރުވާ، ޑާކްރެއިންގެ ފިލްމު "ބިބީ" ގެ ޕްރޮމޯޝަނަކަށް އެ ފިލްމުގައި އުޅޭ އެކްޓަރު އަހްމަދު ސައީދު ދީފައިވާ އިންޓަވިއުއަކާ މެދުގައި އޭނާގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

އެ އިންޓަވިއުގައި ސައީދު ސަމާސާ ކުރަމުން ބުނެފައި ވަނީ މަނިކުގެ އަންހެނުން އަދި އެކްޓްރެސް ޝީލާ ނަޖީބާ އެކު، އޭނާ މި ފަހުން ދެތިން ފިލްމެއް ކުޅުމުން މަނިކު އެކަމާ ހިތްހަމަނުޖެހިފައި ހުރި ކަމަށެވެ. އެކަމާ ހެދި މަނިކު މިހާރު އޭނާއާ ވާހަކަ ނުދައްކާ ކަމަށް ވެސް ސައީދު ބުންޏެވެ.

"އެކަމާ އެއްޗެއް ބުނެލަން ބޭނުން، މަނިކުއޭ އެއްވެސް ގޮތަކަށް ޝައްކު ނުކުރާށޭ. އަހަރެމެން ހަމަ ޖަސްޓް އެކްޓޭ ކުރަނީ. މަނިކު އިތުބާރު ކުރަން ވާނެއޭ އަހަރުންމެންނަށް ދޯ،" ސައީދު ބުންޏެވެ.

"ބިބީ" ގައި ސައީދާއި ޝީލާ ކުޅެނީ ލޯބިވެރިންގެ ރޯލެވެ.

ސައީދުގެ މި ވާހަކަތަކާ ގުޅިގެން ވަރަށް ގިނަ މީހުން ގުޅައި، އެއީ ތެދު ވާހަކައެއްތޯ އެހި ކަމަށް ވެސް މަނިކު ބުންޏެވެ.

"ޕަބްލިކަށް މީހަކު އަރާ އެގޮތަށް ވާހަކަ ދެއްކީމަ މީހުން ހީކުރާނެ ދޯ، އެއީ ތެދު ވާހަކައެކޭ. އެކަމަކު، އެއީ އެއްވެސް ހާލެއްގައި ތެދެއް ނޫން، ހަގީގަތެއް އޮތް ވާހަކައެއް ނޫން،" މަނިކު ބުންޏެވެ.

މަނިކު ބުނީ ސޯޝަލް މީޑިއާގައި އެ އިންޓަވިއު އަށް މީހުން ކޮށްފައި ހުރި ކޮމެންޓުތަކުގެ ސަބަބުންނާ އަދި އޭނާގެ ގާތް މީހުން ވެސް ގުޅައި އެ ވާހަކަ އަހާތީ ވަރަށް ބޮޑަށް ދެރަވެފައި ހުރި ކަމަށެވެ.

"އެއީ ފިލްމެއްގެ ޕްރޮމޯޝަނަށް ވެސް މީހުން ކުރަން ނުވާ ކަހަލަ ކަންތައްތައް. ޑާކްރެއިނުން އެ ކަންތައް އެ ގޮތަށް ކުރީތީ ވަރަށް ދެރަވެއްޖެ،" މަނިކު ބުންޏެވެ.

"ހަގީގަތަކީ އަހަރެމެންގެ ދިރިއުޅުމުގައި ނޯންނާނެ އެއްވެސް ކުންޏެއް، އެހެންވެ 21 އަހަރު އިނދެގެން އެއްކޮށް މި އުޅެވުނީ މިއަދާ ހަމައަށް."

ހުސައިން މުނައްވަރު ޑައިރެކްޓް ކޮށްގެން ގެނެސްދިން ފިލްމު "ކަމަނާ" ގެ ރެޑްކާޕެޓުގައި އެކްޓަރު މުހައްމަދު މަނިކާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޝީލާ ނަޖީބް.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ޝީލާ އާއި މަނިކުއަކީ ދިވެހި ސިނަމާގެ އެންމެ ފޭވަރިޓް އެއް ޖޯޑެވެ.

ސައީދު އިނދެގެން އުޅެނީ އެކްޓްރެސް ފާތިމަތު އާޒިފާ (އަޒޫ) އާ އެވެ.

އަލަށް ފީޗާ ފިލްމެއް ޑައިރެކްޓުކުރާ ޝަހުދާ މަހުމޫދު ގެނެސްދޭ މި ފިލްމުގެ ކާސްޓުގައި ދެން ހިމެނެނީ ޝަރަފް އަބްދުﷲ އާއި މަރިޔަމް މަޖުދާ (މަޖޫ) އަދި އަބްދުﷲ ޝާފިއު (ފުބޫ) އެވެ.

44 ކޮމެންޓް, 22 ރިއެކްޝަންސް

icon happy icon happy 55%
icon sad icon sad 23%
icon angry icon angry 14%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

raajje

11 September 2024

ސައީދު އަޅުގނަޑާއެކު ކެޑޭޓުގައުޅުނު، ޕަަރސަނަލީދަންނަން، މަނިކު އަޅުގަނޑާއެކު ސިފައިންގޭގައުޅުނު، ކޮންމެވެސްވަރަކަށް ދަންނަން، ސައީދު ޝީލާއާ މަނިކުއާ ބެހޭގޮތުން އެބުނީކީ އެއްގޮތަކަށްވެސް ބުނެގެންވާނެވާހަކައެއްނޫން، މިސާލަކަށް އެއީ އެކަންވާގޮތްނަމަވެސް އިންޓަވިއުގައި އެވާހަކަދެއްކުމަކީ ބޭއަދަބީ ޑިސްރެސްޕެކްޓުފުލްކަމެއްކަމުގައި އަޅުގަނޑުދެކެން، އެއްވެސްމަޖަލެއްނޫން، ޕުރޮފެޝަނަލްމީހުން ތިހަކަލަ ކުޅޭކުޅޭވާހަކަ އިންޓަވިއުގާނުދަށްކާނެ އިނގޭސައީދު

The name is already taken The name is available. Register?

ވަހީދުވެ

11 September 2024

ސައީދާއި މަނިކުގެ ލޮލަށް ބަލާލީމަ އެބަ އެނގޭ ރޭގަނޑު ނުނިދައި ފޯނުބަލާތާ ގިނަ ދުވަސް ވެއްޖެކަން. އެކަން ހުއްލާފައި އިސްލާހުވާން އުޅޭ ދެކުދިން ވެސް. ލޮލަށް ވެސް ސިކުނޑިއަށް ވެސް ވަރަށް ބޮޑަށް ގެއްލުން ހުރި ކަމެއް އެއީ.

The name is already taken The name is available. Register?

ދިގުދޮށި

11 September 2024

ތިއީވެސް ހަމަ ފިލްމެއްގެ ބައެއް ކަމަށް އަހަރުމެން ފިލްމު ނުބަލާ މީހުން ދެކެނީ. އެކްޓް ކުރާ ގަޑިއެއް އަސްލު ވާހަކަ ދައްކާ ގަޑިއެއް އޮޅުމެއްނުފިލާނެ އެކްޓަރުންގެ ކަންކަމާ ޖެހުނީމަ.

The name is already taken The name is available. Register?

ސައިނީސް

11 September 2024

ކަލޭމެން ބުނީމަ ދެން ހަމަ އެންމެ ފޭވަރިތައްވީ ދޯ!

The name is already taken The name is available. Register?

ކޫލް

10 September 2024

މަނިކު އެބުނީތެދެއް ކެތްވާނީވަކިވަރަކަށް. މީހާކިތަންމެ ސްޓާރ ހެދުނަސް އެމީހާގެ ހަޤީގަތް ބަދަލެއްނުވޭ އެހެންވީމަ ޑީސެންޓް މަޖާކުރަންވެސްނޭގެނީ. ފިލްމީ ދާއިރާއަށްހުތުރު މަޖާވާންދައްކާވާހައިން.

The name is already taken The name is available. Register?

ފަރީ

10 September 2024

ސީޒަން ބުނީ ދެން ޖެހޭނީ ބަދަލުދީގެން ތި މައްސަލަ ހައްލުކުރަންށޭ ، މިހުރިހާ ކަމެއްގެ އަޑީގަ ތިބީ ސީޒންއާއި އަޒޫ

The name is already taken The name is available. Register?

ޕުރޮމޯޓަރު

10 September 2024

ނޯޓީ 40 އަސްލަކަށްވީ މިބައިމީހުންގެ ތެރޭގައި.

The name is already taken The name is available. Register?

ޞސބސބސ

10 September 2024

ރާވައިގެން ޑުރާމާކުޅެނީ

The name is already taken The name is available. Register?

ސާބަސ

10 September 2024

ސާބަސް މިމީހުން މުސްކުޅިވެ ތާކުންތާކުނުޖެހޭ އުމުރަށް ދިޔައީމަވެސް ސައްކުކޮށް ތަޅާފޮޅަން ޖެހޭތަ

The name is already taken The name is available. Register?

ނަނާހުވަފެން

10 September 2024

މަނިކުއާ ސައީދުއާ ޝީލާ އަދި ޑާރކްރެއިން ގުޅިގެން ހިންގި ޑާރކް ޕްރޮމޯޝަނެއްތިއީ.. މިދޭތެރެއަކުން އާޝާ ދަރާރަޝީދާ ކައިވެނީގެގޮތުން ގުޅުނީކަމަށް ދައްކައިގެންވެސް ޕްރޮމޯޓުކުރި. ދިވެހި ފިލުމް އިންޑަސްޓުރީއިން އުފައްދާ ޕްރޮޑަކްޓުތައް މާރކެޓުކުރަން މިހާދަށުދަރަޖައަށް ވެއްޓެނީ އުފެއްދުންތަކުގެ ފެންވަރުދައްކަމުން ޕަބުލިކުގެ ސަމާލުކަން ހޯދުމަށް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454