ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
10 ސެޕްޓެމްބަރ 2024 - 09:46
ރާއްޖޭގެ އިގުތިސާދު ހަމަޔަކަށް ނޭޅުވިގެން އުޅެނީ ބޭކާރު ހަރަދުތައް ގިނަވެ، އިސްރާފު ބޮޑުވެގެން ކަމަށް ވިދާޅުވެ ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ރޭ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ސިލްސިލާކޮށް ގެނެސްދެމުންދާ "ހަވަރު ބެރު ޕެނަލް ޑިސްކަޝަން"ގައި މާރިޔާ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ޓޫރިޒަމްގެ ދާއިރާ އިން ލިބޭ ޓެކްސް ނުވަތަ ޓީޖީއެސްޓީ 8 ޕަސެންޓުން 16 ޕަސެންޓަށް ބަދަލުކުރީ އެ ވެރިކަމުގެ ފަހު އަހަރުގައި ކަމަށެވެ. އެހެންވެ، އޭގެ ހަގީގީ މަންފާ ލިބޭނީ މިހާރުގެ ސަރުކާރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ބޮޑުކުރި ޓެކްސްއާ އެކު ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ ވެސް މިހާރު ވަރަށް ބޮޑުތަނުން އިތުރުވި ނަމަވެސް، މި ސަރުކާރަށް މެނޭޖު ނުކުރެވިގެން އުޅޭ ކަމަށް މާރިޔާ ވިދާޅުވި އެވެ.
އެމްޑީޕީގެ ވެރިކަން އޮތްއިރު އައި އަދަދަށް ވުރެ މާ ގިނައިން މިހާރު ޓޫރިސްޓުން ވެސް ރާއްޖެ އަންނައިރު، މި ސަރުކާރަށް އާމްދަނީ މެނޭޖު ނުކުރެވޭ ސަބަބާ މެދު މާރިޔާ ސުވާލު އުފެއްދެވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތައް އެއްކޮށް އަދި ވަކިކޮށް ހަދާއިރު، އެއީ ވެސް ވަރަށް ބޮޑު ހަރަދެއް ހިނގާނެ ކަންތައްތައް ކަމަށެވެ. ނަމަވެސް، އެ ހުރިހާ ކަމެއް ވެސް މި ސަރުކާރުން މި ކުރަނީ "މާލީ ގޮތުން ވަރަށް ދައްޗޭ" ބުނަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ޖެހިގެން އަޅުގަނޑުމެންނާ އަވަށްޓެރި ގައުމުތައް ހުއްޓާ، ދެން ތުރުކީންނޭ ކާޑު ގަންނާނީ. އާސަންދަ ދެން ދާނީ ބެންކޮކަށާއި ދުބާއީއަށޭ... ކީއްކުރަންތޯ ބެންކޮކަށާއި ދުބާއީއަށް ދާންވީ. ޔޫއެސް އަށާއި ޖަރުމަނަށާ ނޫންތޯ ދާންވީ،" މާރިޔާ ވިދާޅުވި އެވެ.
"އަނެއްކާ ކުވޭތު މީހުން ދެ މިލިއަން ޑޮލަރަށް ގަތް ޑްރޯނެއް އަޅުގަނޑުމެން [މި ސަރުކާރުން] ގަންނަނީ މޮޅުވާން ވެގެން ފަސް މިލިއަން ޑޮލަރަށް. މިގޮތަށް ކަންތައް ކުރައްވާފައި ނިމޭއިރު އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ބަޣާވާތެއް ކުރާ ކަމަށް."
މާރިޔާ ވިދާޅުވީ ރާއްޖޭގެ އެއްވެސް ތަނެއްގައި މިހާރު އެއްވެސް މަޝްރޫއެއް ކުރިއަށް ނުދާ ކަމަށެވެ. ނަމަވެސް، އެމްޑީޕީގެ ސަރުކާރުގައި ކޮވިޑްގެ ދަތި ދުވަސްވަރު ވެސް ޕްރޮޖެކްޓުތައް ހުއްޓާނުލައި ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިގުތިސާދު ހަމަޔަކަށް އަޅުވަން ހުރިހާ ގައުމަކުން ފެހި ސިގްނަލް ލިބިފައި އޮތް ކަމަށް ސަރުކާރުން ބުންޏަސް، އަދިވެސް އޭގެ ނަތީޖާއެއް ނުފެންނަ ކަމަށް މާރިޔާ އިޝާރާތްކުރެއްވި އެވެ.
[ސަރުކާރުން ހެދި ދޮގުތަކުގެ ސަބަބުން] މި ތިބީ 10 މަސްދުވަސްގެ ތެރޭގައި، ކީކޭތޯ ދަންނަވާނީ، ހަމަ ހާލުގައި ޖެހިފައި: މާރިޔާ
"[ސަރުކާރުން ހެދި ދޮގުތަކުގެ ސަބަބުން] މި ތިބީ 10 މަސްދުވަސްގެ ތެރޭގައި، ކީކޭތޯ ދަންނަވާނީ، ހަމަ ހާލުގައި ޖެހިފައި،" މާރިޔާ ވިދާޅުވި އެވެ.
ރޭގެ ޕެނަލްގައި ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ދަށަށް ނުދާ ކަމަށެވެ.
އިގުތިސާދު ދަށަށް ނުދާ ސަބަބުތަކެއް ކަމަށް ޝަރީފް ފާހަގަކުރެއްވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވުމާއި ޑޮލަރުން ލިބޭ އާމްދަނީ އިތުރުވުމާއި ސަރުކާރުން ބުނާ ގޮތުގައި ރިކަރަންޓު ހަރަދު ވެސް ކުޑަކޮށްފައިވުން އަދި އެމްޑީޕީގެ ސަރުކާރުގައި ފެށި ޕީއެސްއައިޕީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓާލާފައިވުމެވެ. އެ ޕްރޮޖެކްޓުތަކަށް ކުރި ހަރަދު ވެސް މި ސަރުކާރަށް ސަލާމަތްކުރެވޭނެ އެވެ.
ސްޓެލްކޯގެ ކުރީގެ އެމްޑީ އަހްމަދު ޝަރީފު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފޮޓޯއެއް ނަންގަވަނީ.
ޝަރީފް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ދިއުމުން މަހަކު 50 މިލިއަން ޑޮލަރު ތެލަށް ހަރަދުކުރަން ޖެހުނު ކަމަށެވެ. އެކަމަކު، މިހާރު ތެލުގެ އަގު އޭރަށް ވުރެ ދަށްވެ، މަހަކު ހަރަދުކުރަން ޖެހެނީ 30 މިލިއަން ޑޮލަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި އެންމެ ދަތިވި ދުވަސްވަރު ނުވަތަ ކޮވިޑްގެ އާލަމީ ވަބާ އާއި ރަޝިއާ-ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އައި ލޮޅުންތަކާ އެކު ވެސް ގައުމުގެ އިގުތިސާދީ ހާލަތު މި ދަރަޖައަށް ނުވެއްޓެ އެވެ.
"ހަގީގަތަކީ މިކަން މެނޭޖުކުރަން ނޭނގުން... މެނޭޖުކުރަން ނޭނގުން ނުވަތަ ކައިރީގައި ތިބި މީހުން ރައީސްގެ ބޮލަށް ހުރިހާ ކަމެއް ހިންދާލަނީ، ލަގާއެއް ދެނީ،" ޝަރީފް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަށީދު
12 September 2024
ތީ މިހާރު މީހުން ބަލައިގަންނަ މީހެއް ނޫން! ދެން ރަގަނޅުވާނީ ރައީސް މައުމޫނު ހެން މަޑުމަޑުން ގޭގަ ހުންނެވީމަ.
އާދަނު33
11 September 2024
އެމްޑީޕީ ވެރިކަމުގައި ޤައުމު ހަރުދަނާކޮށް ހިނގީ ހާއްސަކޮށް ކޮޥިޑްތެރޭގައި
މަސްއޫދު ޝަރީފް
10 September 2024
ގައުމު ދަވާލާފަ ބަގުރޫޓް ކުރީ ތިމީހުން. ގައުމު ހަމަޔަކަށް އަޅުވާނީ ރައީސް މުއިއްްޒް
ހަސަން ނިހާމް
10 September 2024
މުޅި ގައުމު ދަރުވާލި ބަޔަކު ކޮންހާ ވާހަކައެއް މިދައްކަނީ.
އާދަނު33
11 September 2024
އެމްޑީޕީ ވެރިކަމުގައި ނެގި ދަރަންޏަކަށް މިސަރުކާރުން އެއްވެސް ފައިސާއެއް އަދިއެއް ދައްކާކަށްނުޖެހޭނެ. ނަމަވެސް އެއުޅެނީ މެނޭޖްކުރަން ނޭގިގެން ހަމަ ހޭކެނީ.. ލިބޭއެއްޗަކަށްވުރެން ޙަރަދު ބޮޑު މިސަރުކާރުގައި.
ޓްރާލަލާ
10 September 2024
ސޯ؟ ދެނޯ؟
ބަސީރު
10 September 2024
އެމްޑީޕީ އަސްލު ގައުމުގެ އިގްތިސާދު މިހާރު މިއޮތް ހާލަތުގެ ޒިންމާ ނަގަން ޖެހޭނެ. މުޅި ގައުމު ހަލާކު ކޮއްލީ ކަލޭމެން
ޔާސީން އަލީ
10 September 2024
އެމްޑީޕީ ވެރިކަމުގަ އިކޮނޮމިކް މިނިސްޓަރަށް ޖީޑީޕީ ނޭގޭ. ދެން ކޮން ފައިދާހުރި އެކޭ ކިޔާކަށް
ޖަމްބެ.
10 September 2024
މާރިޔާ އަކަށް އިގްތިސާދެއް ނޭނގޭނެ.
ލަމްއާން.
10 September 2024
މުޅި އިގްތިސާދު ފުނޑާލާފަ ލަދެއްވެސް ނުގަނޭ މިމީހުން އަނގަ ތަޅާކަށް
އަންދަލޫސިޔާ
10 September 2024
ޓެކްސް ބޮޑުކޮށް، އާމްދަނީ %33 އަށް އިތުރުވާގޮތަށް ހަދައިދިނީމާ ވެސް މި ސަރުކާރަށް އެނގުނީ ތަޅާ ބުރުއްސާ ހުސްކުރަން. ރިޒާވް އަލަށް މައްޗަށް އެދިޔައީ އިންޑިއާއިން 50 މިލިޔަން ޑޮލަރު ނަގައިގެން. ބާކީ 350 މިލިޔަން ޑޮލަރު ބަލާ ރައީސް އެދަނީ މަލްޝާ އާއި ނަންނަ ކަނޑާލާފަ!
ޓެކްސް
11 September 2024
ތިޔަނުނާ ޓެކްސް ބޮޑުކުރި އިރުވެސް ލޯނުދައްކަން ލޯނު ނަގަމުން ރުފިޔާ ޖަހަމުން ގެންދިޔައީ ވެރިކަން ނިމެންދެކައް އަދި މަސްވެރިންގެ ލާރިވެސް ބޮޑުކުރީ ފުރަތަމަ ބުރުން ބަލިވީމަ ކީއްވެ ތިނުބުނާ ޓެސް ބޮޑު ކުރިއިރު ބޮޑު ނުކުރީ އޭރު ގައިމުވެސް އެއް އަހަރު ވެއްޖެ އަދި ބޮޑުކުރި ރުފިޔާ ވެސް ނުދީ ދިޔައީ އަދި ސަރުކާރު ހުރިހާ ކުންފުނިތަކެއް ވެސް ދިޔައީ ދަރުވާލާފަ ހަމަ ޓެސް ބޮޑު ކުރީމަ ވީގޮތެއްތޯ