10 ސެޕްޓެމްބަރ 2024 - 15:12
ނަފުސާނީ އަދި ޖިސްމާނީ ގޮތުން ވެސް އޭނާ ފިޓް ކަމަށާއި މިސާލު ނަގަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއާއިން ކަމަށް، އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ސްކޮޓްލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައި ރޮނާލްޑޯ ވަނީ އޭނާގެ ކެރިއާގެ 101 ވަނަ ލަނޑު ޖަހައިފަ އެވެ.
ޔޫއެފާ ނޭޝަން ލީގުގައި މިރޭ، ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗުން ކޭން އަށް، އިނގިރޭސި ގައުމީ ޓީމަށް 100 މެޗު ހަމަ ކުރާނެ އެވެ. އެ އަދަދަށް، އެ ޓީމުގައި މިހާތަނަށް ވާސިލުވެވިފައި ވަނީ 10 ކުޅުންތެރިންނަށެވެ. އެންމެ ފަހުން އެ މަގާމަށް ވާސިލުވީ 2014 ގައި 100 ވަނަ މެޗު ހަމަ ކުރި ވޭން ރޫނީ އެވެ.
ކޭން އަކީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. ބެޔާން މިޔުނިކްގެ ފޯވާޑް ވަނީ ގައުމީ ޓީމަށް 66 ލަނޑު ޖަހައިފަ އެވެ.
އުމުރުން 31 އަހަރުގެ ކޭން ބުނީ 30 މައްޗަށް ދިއުމުން، ރޮނާލްޑޯ އެ އެ އުމުރުގައި ދެމެހެއްޓި ފޯމް ދަމަހައްޓަން މިސާލު ނަގަން ޖެހޭ ކަމަށެވެ.
"އަހަރެން ފިޓްކަމަށް އިހްސާސް ކުރެވޭ. ޖިސްމާނީ އަދި ނަފުސާނީ ގޮތުން ވެސް އަހަރެން މި ހުރީ އެންމެ އުހުގައި. މިހާހިސާބުގައި ހުރެ އެހެން ކުޅުންތެރިންގެ މަސައްކަތް މި ބަލަނީ ރޮނާލްޑޯ ކަހަލަ، އިއްޔެ [އާދިއްތަ ދުވަހު] އޭނާގެ 101 ވަނަ ލަނޑުޖެހިތަން. އުމުރުން 38 ނޫނީ 39 ގައި އޭނާ އެ ދައްކާ ކުޅުމުން އަހަރެން ހިތްވަރު ހޯދަން. ދިގު މުއްދަތަކަށް ކުޅުމުގެ އުއްމީދުގައި،" ކޭން ބުންޏެވެ.
އޭނާ ބުނީ އެހާ ދިގުމުއްދަތެއް އެއްފެންވަރެއްގައި ކުޅެވިފައި ވަނީ ފުޓްބޯޅައިގެ ތާރީހުގައި އުފެއްދި އެންމެ މޮޅެތި ކުޅުންތެރިންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަމަނީ
10 September 2024
101ވަނަ ލަނޑޭ؟؟؟ ސާބަސް ހަބީބޫ
ލޮލްް
10 September 2024
އެއްޗެއް ނުކިޔޭ، ހަބީބު ތަންކޮޅެއް ނާވަސްވެފޭ އެހެރީ.
ސުޒް
10 September 2024
މަސައްކަތުން ކުރި އެރި ކުޅުންތެރިއެއް ރޮނާލްޑޯ އަކީ
ދެކުނު ބަޢާވާތް
10 September 2024
ދޮންކަލޯ ޗަހެންވެގެން ތަށްޓެއްގައި އަތް ނުލެވި ކެރިއަރ ޗަނިމެނީ