އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ހަދިޔާކުރުމުން އެ ތަކެއްޗާ ރާއްޖެއިން ހަވާލުވާން ބޭއްވި ރަސްމިއްޔާތެއްގައި.-- ފޮޓޯ: ހެލްތް މިނިސްޓްރި
12 ސެޕްޓެމްބަރ 2024 - 19:04
ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް (މަންކީ ޕޮކްސް) ޓެސްޓް ކިޓުތަކެއް ހަދިޔާކޮށްފި އެވެ.
އެފްރިކާ ސަރަހައްދުން ފެނުނު ގައިން ގަޔަށް އަރާ އެ ބަލީގެ ހާލަތު އޮތީ މުޅި ދުނިޔެއަށް ނުރައްކާވާ ހިސާބުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ކަމަށްވާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ.
އެ ބަލި އޭޝިއާގެ ބައެއް ގައުމުތަކުން ވެސް މިހާރު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާން ހިމެނެ އެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ އެ ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ޓެސްޓް ކިޓުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓާކޮށް، ރާއްޖެއިން ވާންޖެހޭ ތައްޔާރީތައް ވަނީ ނިމިފަ އެވެ.
އެގޮތުން ރާއްޖެއަށް އެ ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ކޮންޓްރޯލް ކުރުމާއި ބައްޔަށް ޓެސްޓްކޮށް ފަރުވާދިނުމަށް ވާންޖެހޭ ތައްޔާރީތައް ވެސް މިނިފައިވާ ކަމަށް އެ އޭޖެންސީން ބުންނެވެ. ނަމަވެސް ރާއްޖެއިން މިހާތަަނަށް އެ ބަލި ޖެހިފައިވާ މީހަކު ފެނިފައެއް ނުވެ އެވެ.
WHO donated mpox test kits to the Ministry of Health, boosting our preparedness and response efforts against Mpox. Together, we're fortifying our efforts to combat the disease!
— Ministry of Health (@MoHmv) September 12, 2024
We extend our gratitude to WHO for their ongoing support.@WHOMaldives @WHOSEARO @HPA_MV #Mpox pic.twitter.com/zEeLcO7WG7
ކުރިން މަންކީޕޮކްސްގެ ނަން ދީފައިވާ މި ބަލީގެ ވައިރަސް އިންސާނުންނަށް ވާސިލް ވަނީ ބަލި ޖެހިފައިވާ ޖަނަވާރުގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އޭނާގެ ފަރާތުން އެހެން މީހުންނަށް މި ވައިރަސް އާންމުކޮށް ފޯރަނީ އެ މީހަކާ ގައިގޯޅިކޮށް އުޅުމުންނެވެ.
އިންސާނުންގެ ހަށިގަނޑުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ 1970 ވަނަ އަހަރު ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއިންނެވެ. މި ބަލި ޖެހުމުން ހުން އައިސް އައުމާއި ރިއްސުމާ އެކު، ދޮސްލާފައި ހުންނަ ބިހިތަކެއް ގައިގައި ނަގަ އެވެ.
މި ވައިރަހުގެ ދެ ބާވަތެއް ފާހަގަވެފައި ވެ އެވެ. އެއީ މެދުތެރޭ އެފްރިކާގެ ކޮންގޯ ސަރަހައްދުގައި އާންމުވެފައިވާ ކްލޭޑް 1 އާއި ހުޅަނގު އެފްރިކާ ސަރަހައްދުގައި އާންމު ކްލޭޑް 2 އެވެ. މީގެ ތެރެއިން ނުރައްކާތެރިކަން ބޮޑީ ކްލޭޑް 1 ގަ އެވެ.
މެއި، 2022 ގައި ދުނިޔޭގެ އެކި ހިސާބުތަކުން މި ބަލި ފެނުނެވެ. އޭރު މި ބަލި ގިނައިން ޖެހެމުން ދިޔައީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންނަށެވެ. އެ މީހުންނަށް ޖެހުނީ ކްލޭޑް 2ބީ ސަބްކްލޭޑް އެވެ. އެފަހަރު މިއީ ދުނިޔެއަށް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި ޑަބްލިޔުއެޗްއޯ އިން ކަނޑައެޅި އެވެ.
ޖުލައި، 2022 އިން ފެށިގެން މެއި، 2023 އަށް އެ ހާލަތު ދެމެހެއްޓުމަށްފަހު އެ ބަލީގެ ކޭސްތައް މަދުވި ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކޮންގޯއިން 11،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 445 މީހަކު މަރުވެފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން މިދިޔަ މަހު ބުނެފައިވެ އެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 14،000 އަށް ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެ، 524 މީހުން މަރުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ަސޭޑް
13 September 2024
ކަންތައްގަނޑު ފެށުނީދޯ؟! ކަލޭމެން ތިއެއްޗެއްސާ ފާޑުފާޑުގެ ވެކްސިންތައް އާންމުންގެ މައްޗައް މަޖުބޫރުނުކޮށް މަޑުންތިބޭ. މަކުނުބަލި ޖެހެނީ އެއްޖިންސު.ން ގުޅުން ހިންގާ މީހުންތެރޭ. ޢެފަދަ ހަޑިހުތުރު އަމަލުތައް ހިންގާ މީހުނަށް އަދަބުދީބަލަ
ބަކަމޫންސް
13 September 2024
ވެކްސިން ޖަހަންބޭނުން ނުވިއްޔާ ނުޖެހީމާ ނިމުނީއެއްނު.
ޑރ ވާންޗޯ
13 September 2024
މަންކީޕޮކްސް އެމްޕޮކްސް އަށް ބަދަލުކޮށްލިގޮތަށް، ޗިކަންޕޮކްސް ވެސް ސީޕޮކްސްއަށް ބަދަލުކޮށްލަންވީނޫންތޯ؟.