ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް މަސައްކަތްކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދޭން އުޅުނު ކަމަށް ބެލެވޭ މީހާ ފިލައި އޮތް ތަނުގެ ކައިރީގައި އެފްބީއައިގެ މެންބަރުން ހެކި އެއްކުރަނީ. -- ފޮޓޯ: އޭއެފްޕީ

16 ސެޕްޓެމްބަރ 2024 - 06:16

1 comments

އެމެރިކާގެ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވާހަރާކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އަތުލައިގެންފި އެވެ.

ޓްރަމްޕްގެ ގޮލްފް ކޯސް ކައިރީގައި ހުރި ގަސްތަކެއްގެ ތެރޭގައި އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން އޮވެ ޓްރަމްޕަށް ހަމަލާދޭން މަސައްކަތްކުރި މީހާ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް ފާހަގަވެ ހަމަލާ ދިނުމާ އެކު އެ މީހާ ވަނީ ކާރެއްގައި ފިލައިގެން ގޮސްފައި ކަމަށާއި އެކަމަކު އާންމުންގެ އެހީއާ އެކު އެ ކާރު ދެނެގަނެ މީހަ ހައްޔަރުކޮށްފައިވާ ކަމަށް އެފްބީއައި އިން ވަނީ ބުނެފަ އެވެ.

ރަސްމީ އިދާރާތަކާއި ޓްރަމްޕްގެ ކެމްޕެއިނުން ވެސް ބުނި ގޮތުގައި މި ހާދިސާގައި ޓްރަމްޕަަށް އެއްވެސް އަނިޔާއެއް ނުވެ ހުންނެވީ ސަލާމަތުންނެވެ.

ސީކްރެޓް ސާވިސް އިން ބުނީ ގަސްތަކުގެ ތެރޭ ފިލާ އޮތް މީހާއަށް އަމާޒުކޮށް ސީކްރެޓް ސާވިސްގެ އެޖެންޓެއް ނުވަތަ އެޖެންޓުންތަކެއް ހަމަލާދިން ކަމަށާއި އެ މީހާ ފިލައިގެން ދިއުމުން އެތަން ފާސްކުރި އިރު އޭނާ ގެންގުޅުނު ބަޑި އާއި ދުރުމިއެއް އަދި ގޯޕްރޯ ކެމެރާއެއް ފެނިފައިވާ ކަމަށެވެ.

"މިހާރު މި އިދާރާގެ ބެލުމުގެ ދަށުގައި، ޝައްކު ކުރެވޭ މީހަކު އެބަހުރި،" ޕާމް ބީޗް ކަންޓީ ޝެރިފް ރިކް ބްރެޑްޝޯ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ބްރެޑްޝޯ ވިދާޅުވީ ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާ ފެނުނީ ޓްރަމްޕް ދިރިއުޅުއްވާ ގެ ކަމަށްވާ މާ-އަ-ލާގޯ އާ މާ ދުރު ނޫން ހިސާބެއްގައި ހުންނަ ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި ހުންނަ އޭނާގެ ގޮލްފް ކޯހުގައި ގޮލްފް ކުޅުއްވަމުން ދަނިކޮށް އެތަނުގައި ހުރި ގަސްތަކެއްގެ ތެރެއިން ކަމަށެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ހަމަލާ ދޭން އުޅުނު ކަމަށް ބެލެވޭ މީހާ ފިލައި އޮތް ތަނުން ފެނުނު ބައެއް ހެކިތަކުގެ ފޮޓޯ ނޫސްވެރިންނަށް ދައްކާލަނީ. -- ފޮޓޯ: އޭއެފްޕީ

"ޓްރަމްޕް ހުންނެވި ތަނުގައި ބަދަލުކުރި ބަޑީގެ ހަމަލާތަކަށް ފަހު ހުންނެވީ ސަލާމަތުން،" ޓްރަމްޕުގެ ކެމްޕެއިން ސްޕޯކްސްޕާސަން ސްޓީވެން ޗެންގް ވިދާޅުވި އެވެ.

ވާދަވެރި ކެންޑިޑޭޓް ނައިބު ރައީސް ކަމަލާ ހެރިސް ވަނީ ޓްރަމްޕް ސަލާމަތްވުމަކީ ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އޭނާގެ ފަންޑް ރެއިޒިން ވެބްސައިޓްގައި ވެސް ހަމަލާގެ ފަހުން ލިޔުއްވާފައިވެ އެވެ.

"ބިރުގަންނާނެ ކަމެއް ނެތް. އަޅުގަނޑު މި ހުރިހާ ގަދަވެ ސަލާމަތުން. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ ...،" ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ސީކްރެޓް ސާވިސް އިން ބުނީ ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާ ޓްރަމްޕަށް ނުވަތަ ސީކްރެޓް ސާވިސްގެ އެޖެންޓުންނަށް އަމާޒުކޮށް ބަޑި ޖެހިކަން އަދި ކަށަވަރު ނުކުރެވޭ ކަމަށެވެ. އެކަމަކު ސަލާމަތީ ކަންތައް ބެލެހެއްޓި އެޖެންޓުން ބަޑި ޖެހި ކަމަށް ބުންޏެވެ.

މިއީ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ޓްރަމްޕް އަވަހާރަކޮށްލަން ދިން ދެ ވަނަ ހަމަލާ އެވެ. ފުރަތަމަ ހަމަލާ ދިނީ މިދިޔަ ޖުލައި މަހު ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަން ހުންނަވަނިކޮށް، ކައިރީގައި ހުރި އިމާރާތެއްގެ ފުރާޅުމަތީ އޮވެ ޒުވާނަކު ބަޑި ޖަހައިގެންނެވެ. އެ ހަމަލާގައި ޓްރަމްޕް ހަނި ގޮތަކުން ސަލާމަތްވީ ބޮލަށް އަމާޒުކުރި އުންޑަ އަމާޒުން ކައްސާލައި ކަންފަތުގެ ފޫޅުގަނޑު ކައިރީ ޖެހިފައި ދިއުމުންނެވެ. އެ ހަަމަލާ ދިން މީހާ ވަނީ ހަމަ އެ ވަގުތު ބަޑިޖަހައި މަރާލައިފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުރަނގިދެލޯ

17 September 2024

ތީ ޖޯބައިޑެން އިޒްރާއިލް ޒައެނިސްޓުން ލައްވާ ކުރުވާކަމެއް ޓްރަމްޕް ހޮވިއްޖެނަމަ އެހެންގައުމުތަކަށް އަސްކަރީގޮތުން އެހީވުން ނިމުމަކަށް ގެންނާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454