ކްރިމިނަލް ކޯޓް. ފޮޓޯ: ފަޔާޒް މޫސާ | މިހާރު
16 ސެޕްޓެމްބަރ 2024 - 11:05
ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހުންނަށް ހަމަލާދިނުމުގެ ރިކޯޑު އޮންނަ މީހަކު މާލެއިން އަނެއްކާ ވެސް އިއްޔެ ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، ތ. ތިމަރަފުށީގެ 30 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކުރީ މުދަލަށް ގެއްލުން ދިނުމާއި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައިގަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.
އެނގިފައިވާ ގޮތުގައި އެ އަންހެން މީހާގެ އުފަން ރަށުގައި ވެސް ތޫނު އެއްޗެހިން މީހުންނަށް ހަމަލާދީގެން ދޭތެރެ ދޭތެރެއިން ހައްޔަރުކުރެ އެވެ. އޭގެ އިތުރުން މަސްތުވާތަކެތި ބޭނުންކުރުމާއި ގްރޫޕު ހަދައިގެން ގިނަ ބަޔަކާ އެކު ޖިންސީ ގުޅުން ހިންގާކަމުގެ ތުހުމަތުތަކާ އެކު ވެސް އަންހެން މީހާއަށް އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާތީ ތިމަރަފުށީގައި އާއްމުން ކަންބޮޑުވުން ފާޅުކުރެ އެވެ.
ބަންދު އަމުރުގައިވާ ގޮތުން އަންހެން މީހާ އެ ހާދިސާ ހިނގި ތަނަށް ދިޔައީ އޭނާގެ ފޯނު ހޯދަން ކަމަށާއި އެއްވެސް މާރާމާރީއެއް ނުހިންގާ ކަމަށް ވަނީ ބުނެފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ފުލުހުން ބައެއް ހެކިތައް ކޯޓަށް ހުށަހަޅާފައިވެ އެވެ.
ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ކޯޓުގައި ބުނެފައިވަނީ އަންހެން މީހާގެ އަތުން ކަޓަރެއް ފެނުނު ކަމަށާއި އަނިޔާ ލިބިފައިވާ މީހާއަށް ހަމަލާދީފައިވަނީ ކަޓަރުން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ތަނުގެ މުދަލަށް ވެސް ގެއްލުން ދީފައިވާ ކަމަށް ބުންޏެވެ.
އެ އަންހެން މީހާއަކީ އެ ބާވަތުގެ ބަންދު ރެކޯޑު އޮންނަ މީހެއް ކަމަށް އަމުރުގައި ވެސް ބުނެފައިވެ އެވެ.
މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ވެސް މި މީހާ ކުރިން ހައްޔަރުކޮށްފައިވެ އެވެ. އެފަހަރު ސައިކޮލޮޖިސްޓަކު ހެދި އެސެސްމަންޓުން ދައްކާ ގޮތުގައި އެ މީހާ އަށް އެޑްމިޓުކޮށްގެން މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހެ އެވެ.
އެކަމަކު، ޑްރަގް ފަރުވާއަށް ކޯޓުން އަމުރުނުކުރާ ކަމަށް ބުނެ، އޭނާ ގެންދަން ޑްރަގް އެޖެންސީން ވަނީ ދެކޮޅު ހަދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަ
16 September 2024
މާދަންވާނެ ދޫކޮށްލަން. ތިޔަހެން ކުއްވެރިންގެ ހައްގަކަށް ނޭރެވޭނެ
ސާލިމް ސުލައިމާނީ
16 September 2024
ކިހާ ދެރަ ކަން ކަން . މުޖުތަމައު އަށް ނުރައްކާ އެކަމު އަބަދު ދޫވެފަ. މިވާ ގޮތެއް ސާފު ވާން އެބަ ޖެހޭ ނު ؟ ކޮބާތަ ހިއުމަން ރައިޓްސް ކޮމިޝަން. ކޮބާތަ އިންތިޚާބު ތަކަށް ފާޅުވާމީހުން. ކޮންމެސް ކަމެއް ކޮއްލަ ބަލަ މިކަން ކަން ރަނގަޅުވޭތޯ ؟
އެޑްމުންޑޯ
16 September 2024
ދިވެހިބަހުން ލިޔަން ނޫސްވެރިން ދަސްކޮށްބަލަ ،" މީހާ" މިއީ ފިރިހެނުންނަށް ނިސްބަތްކުރާ ބަހެއް ، ވީމާ ، ރަގަޅުގޮތަކީ " ތޫނު ހަތިޔާރުން ހަމަލަދޭ އަންހެންމީހާ އަނެއްކާވެސް ހައްޔަރު ކޮއްފި.
އެޑްމުންޑޫ
16 September 2024
އަމިއްލައަށް ހެދި ގަވާއިދެއްތަ؟ "މީހާ" އަކީ އަންހެން އަދި ފިރިހެނުންނަށްވެސް ނިސްބަތްކުރެވޭ އާންމު ބަހެއް. ރަދީފުގައި "މީހާ" މިބަހުގެ މާނަކޮށްފައި އޮތީ "އިންސާނާ (އާދަމުގެ ދަރިއެއް)"، މިގޮތަށް. ދެން ތިބުނާ ގޮތުން އަންހެނުން އިންސާނުންނަށް ނުވަނީ؟ ނޫނީ "އަންހެންމީހާ" ކިޔާގޮތަށް "ފިރިހެންމީހާ" ކިޔާފަ ފިރިހެނުންނަށް ނިސްބަތް ނުކުރެވެނީ؟ އެގޮތަށް "ފިރިހެންމީހާ" ކިޔައިފިއްޔާ މާނައަކީ "ފިރިހެންފިރިހެންމީހާ"؟
އެޑްމުންޑޫ
16 September 2024
އިތުރު މިސާލެއް ބޭނުންނަމަ، "އެޑްމުންޑޯ މީހަކާ އިންނަވަރު ވެފައޭ ތިހުރީ" ބުނީމަ އޭގެ މާނައަކީ ފިރިހެނަކާ ކައިވެނިކުރަންވީއޭތަ؟
ވަޒީފާގެ
16 September 2024
ތިމީހާއަށް ޖަލުން ވަޒީފާދީފަ ބަހައްޓަންވީ. އޭރުން އެމީހާއަށް ލާރިވެސް ލިބޭނެ އަދި މުޖުތަމަުވެސް ސަލާމަތް ކުރެވޭނެ. ނޫނީ ފުލުހުންގެ ޓްރެއިނިން ސެންޓަރުން ވަޒީފާ ހަމަޖައްސަންވީ
ސައްޖަ
16 September 2024
ހާދަ ނަސޭހަތެއް ދިނީމޭ..ބަލާބަލަ އެކަމު އުޅޭވައްތަރު.
ޑެބީ
16 September 2024
ގައުމު ރަނގަޅުވާނީ ކިހިނެއް. ފުލުހުން ލަދެއްވެސް ނުގަނޭތަ ތޫނު އެެއްޗެހި ބޭނުން ކޮށްގެން ހަމަލާ ދިނުމުގެ ރެކޯޑު އޮންނަ މީހެކޭ ބުނާކަށް. މިހަކަލަ މީހުން ރަށުތެރެއަށް ދޫވެގެން ނުވާނެ. ކޮބާތަ އިހުސާނު؟
ތުނޑުހަސަނު
16 September 2024
ފުލުހުން ވެސް ލަދުގަންނާނެ. އެކަމަކު ފުލުހުންނަަށް ހައްޔަރުގައި ބެހެއްޓޭނީ ހައްޔަރުގައި ބަހައްޓަން އޮންނަ އަމުރަކަަށް.
އިސްމާލި
16 September 2024
"މާލޭގައި ފިހާރައެއްގެ ސޭޓެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައެއްގައި ވެސް މި މީހާ ކުރިން ހައްޔަރުކޮށްފައިވެ އެވެ. އެފަހަރު ސައިކޮލޮޖިސްޓަކު ހެދި އެސެސްމަންޓުން ދައްކާ ގޮތުގައި އެ މީހާ އަށް އެޑްމިޓުކޮށްގެން މަސްތުވާތަކެތީގެ ފަރުވާ ދޭންޖެހެ އެވެ. އެކަމަކު، ޑްރަގް ފަރުވާއަށް ކޯޓުން އަމުރުނުކުރާ ކަމަށް ބުނެ، އޭނާ ގެންދަން ޑްރަގް އެޖެންސީން ވަނީ ދެކޮޅު ހަދައިފަ އެވެ." އަވަރ ޖުޑިޝަލް ސިސްޓަމް އިން އަ ނަޓްޝެލް. :)
ރާވެރިބެ
16 September 2024
މިހެންވީމަ މީހުން ބުނަނީ ޖިނާއީ އަދުލުގެ ނިޒާމު އޮތީ ބޮއްސުންލާފައޭ. ތިވަރުގެ މީހަކު އިރު އިރުކޮޅާ ބަންދުކޮށްފަ ދޫކުރަނީ ކީއްވެ ޔޯ؟ ހެކިނެތީ؟ ނަފްސާނީ ވަނީ؟ މީހަކު މެރީމަ ވެސް މިހާރު ނުވޭ މާބޮޑު ކަމަކަށް. އަބަދު މަރުގެ ހާދިސާތަށް ހިގާތީ އެވެސް ހެޑްލައިނަށް އަރާފަދަނީ. އަނެއް ހަފްތާގަ އާ ވާހަކަތަކެއް. ގައުމު ހަމަ މަގަށް އަޅުވަން އެބަޖެހޭ.
އަނިޔާ
16 September 2024
އަވަހަށްދޫކޮއްލާ. އޭނާއަކީ ރައްކާތެރި ކޮށްފައިވާ ފަރާރެއް
ލސދަ
16 September 2024
ކޮބާ ފޮޓޯ ނުޖެހީ ކިހިނެއްވެބާ
އިސްމާލި
16 September 2024
ރަނގަޅު ވާހަކައެއް. ފޮޓޯ ޖެހިނަމަ ދޯ މި ވަރުނެ ނުރައްކާތެރި މީހަކަށް ބަލާލައިގެން އުޅެންވެސް އެނގެނީ. މަގުމަތިން އައިސް ސަލާން ޖަހައި ފައިސާ ދޭން ވޮލެޓު ނަގާ ތަނުން ހަމަލާ ވެސް ދީފާނެ. އަނެއްކާ މަށަށް ޔަގީން އެއީ ފިރިހެނެއް ނަމަ ފޮޓޯ ޖެހީސް.