މާލޭ ސީއެޗްއެސްއީ އިމާރާތް ހުޅުވައި ކިޔަވައިދޭން ފަށާއި ދަރިވަރުން ސްކޫލަށް ވަންނަނީ-- ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
17 ސެޕްޓެމްބަރ 2024 - 11:46
އޭ ލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ކުދިން ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އޭ ލެވެލް ކިޔަވައިދޭ ސްކޫލުތަކަށް ދާން ނިންމާފައިވާ ކަމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރަން ދިވެހި ޓީޗަރުން ގިނަކުރުމުގެ ގައުމީ މަޝްރޫއެއް ފަށާނެ ކަން މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.
އޭގެ އިތުރުން އޭ ލެވެލް ކިޔަވާ ކުދިންގެ ތެރެއިން ޓީޗިން ހަދަން ބޭނުންވާ ދަރިވަރުންނަށް މަހަކު 1،500 ރުފިޔާގެ އެލަވަންސެއް ދޭން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޝަފީއު "މިހާރު" އަށް ވިދާޅުވީ މި މަހު އޭ ލެވެލް ފެށި ދަރިވަރުންގެ ތެރެއިން ކިޔަވާ ނިމުމުން، ޓީޗިންގެ ރޮނގުން ކުރިއަށް ދާން ޝައުގުވެރިކަން ހުރި ދަރިވަރުންގެ ނަން ނޯޓް ކުރަމުން އަންނަ ކަމަށެވެ.
ޝައުގުވެރިވާ ގިނަ ކުދިންނަށް ފުރުސަތު ދޭން، މިނިސްޓްރީން ސްކޫލްތަކަށް ޒިޔާރަތްކުރަން ވެސް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބޭނުންވާ ދަރިވަރުންގެ އަދަދު އެއްކޮށް އެނގުނީމަ އެލަވެންސް ދޭން ފަށާނީ. އަދި ކުރަމުން މިދަނީ އިންޓްރެސްޓް ހުރި ކުދިން ހޯދުމުގެ މަސައްކަތް،" ޝަފީއު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ މަހު "މިހާރު" އަށް ހިއްސާކުރި ޓީޗަރުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި އެންމެ ގިނަ ޓީޗަރުން ބޭނުންވަނީ ޕްރައިމަރީ ގްރޭޑްތަކަށެވެ. އެއީ ޖުމްލަ 253 ޓީޗަރުންނެވެ.
ޓީޗަރުން އެންމެ ގިނައިން ބޭނުންވަނީ އިނގިރޭސި އާއި ހިސާބު މާއްދާ އަށެވެ. އިނގިރޭސިއަށް 208 ޓީޗަރުން ބޭނުންވާއިރު ހިސާބަށް 175 ޓީޗަރުން ބޭނުންވެ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން، މިހާރު ތިބި ޓީޗަރުންގެ އިތުރަށް، ރާއްޖެއަށް ދިވެހި ޓީޗަރުންގެ ގޮތުގައި ޖުމްލަ 113 ޓީޗަރުން ބޭނުންވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަންމާން
19 September 2024
ޓީޗިން ދާއިރާ ބޮއްސުން ލާފަމިވަނީ ސްކޫލްތަކަށް ލާފަ ތިބި ވެރިން ނޫނީ ޕްރިންސިޕަލުންގެ ނާގާބިލް ކަމުން. ބައެއް ޕްރިންސިޕަލުން ސްކޫލަކީ އެބޭފުޅުންގެ އަމިއްލަ ގެ ކަމުގަ ހަދައިގެން އުޅޭ. ޢަދި ޓީޗަރުންނަށް ނަފްސާނީ ގެއްލުން އެކިގޮތްގޮތުން ދޭ. ޥެރިންނަށް ޓީޗަރުން މޯރޓިވޭޓް ކޮރުވަން ތަމްރީން ބެނުންވޭ. ޢަދި ކޮންމެ ފަސްއަހަރަކުން ޕްރިންސިޕަލުންވެސް ބަދަލުވާންޖެހޭ.
ރާއްޖެތެރޭ މުދައްރިސް
19 September 2024
އަންނަ ހަފްތާގައި ބަންދު ވަނީ. ފައުންޑޭޝަން އަދި ކީ ސްޓޭޖްގެ 1 ގެ ބެލެނިވެރިން އެންމެ ފާހަގަ ކުރާނީ ދޭ ހަދިޔާ. މުޅި ރަށުތެރޭގައި އޮންނާނީ އެއްވާހަކައެއް. ބޮޑު މުސާރަ ލިބޭ މީހުންނަށް ދޭން މި އެގުނީ ފަންސުރަކާ ޗޮކުލެޓަކާ އޭ. އެޑިޔުކޭޝަނަށް ކެރޭނެބާ މިކަން ހުއްޓުވަން. މިކަން ކުރުން ވާޖިބު. މަސް ނިމޭނީ. އެތަށް ޓީޗަރުންނެއް ދަރަންޏަށް ގާތް މީހެއްގެ އަތުން ނަގައިގެން މިކަން އެބަކުރޭ. ކިޔާނެ އެއްޗެއްސަ ވިސްނާފަ ލަދުން.
ރާއްޖެތެރޭ މުދައްރިސް
19 September 2024
އެތައް ފަހަރެއްގެ މަތިން ސްކޫލް ވައިބާރ ގްރޫޕަށްލާނެ ފޯމެއް. އޭގަ އިންނާނެ ޓީޗިން ދާއިރާ އާ މެދު ދެކޭގޮތް ލިޔަން. ޝަކުވާތައް ވެސް ލިޔަން. އެހެންވީމާ މިއުޅެނީ ކޮންމެހެން ނޭގިގެނެއް ނޫން ހާލަތު. ހަމަ ނުބައިކަން ބޮޑީ. ހުކުރު އެކަނި މިދެނީ. އަދި ކޮބާ. މުޅި ރަށުގައި އޮތްހާ ހަރަކާތްތަކަށް ދާން ޖެހޭ. ނުގޮއްސިޔާ މީޓިން ބާއްވާފަ ކިޔާނެ ސްކޫލް ސްޓާފްސް އޭ އެންމެ މަދީ.
ޢައިޝާތް
18 September 2024
ޢޭލެވެލް ނިންމާ ކުދިން ގިނަފަހަރު މަތީތައުލީމަށް ދިއުމުގެ ކުރިން 1 ނޫނީ 2 އަހަރު ބްރޭކް ނަގާ. ޢެދުވަސްކޮޅުު އޭލެވެލް ނިންމާފަ ތިބޭ މޮޅު ކުދިން އެސިސްޓެންޓް ޓީޗަރސް ގޮތުގަ އެލެވެންސެއް ދީގެން އެކުދިން ކްލާސް ތަކަށް ވައްދައިފިއްޔާ ކޮންމެެވެސް ވަރެއްގެ ޝައުގެއް ޓީޗިންއަށް އުފެދިގެން ޓީޗިންގެ ދާއިރާ އަށް ވަންނާނެ ކަމަށް ވަރައްބޮޑަށް ގަބޫލުކުރެވޭ.
ލޮލ.
19 September 2024
އެކުދިން 12 އަހަރު ކުލާސްތަކެއްގައި އުޅެ ޓީޗަރުން އުޅޭގޮތް ފެނިފަ، އިތުރުން ކުލާސްތަކަށް ވަނަކަސް އެކަމެއްބަދަލެއްނުވާނެ!
ބަތްކައްކާ
18 September 2024
މިނިސްޓްރީ މީހުން ރާއްޖެތެތެރެއށް ދަތުރެއް ރާވާލީ. ވާނެގޮސް ޕިކްނިކުދާން މަސްދަތުރުދާން. ބޭކާރުކަމެއް
ޓީޗަރުންގެ ޢިލްތިމާސެއް
18 September 2024
ސްކޫލް ތަކުން އެކި ދުވަސްތައް ފާހަގަ ކުރަން ( ބެލެނިވެރިންގެ ދުވަސް، ކުޑަކުދިންގެ ދުވަސް، ކައުންސިލްގެ ، ފެނަކައިގެ، ހެލްތުސެންޓަރުގެ ... މިހެންގޮސް ކިޔާނެ ކަމެއްނެތް...) ޓީޗަރުންގެ އަތުން ރުފިޔާ ނެގުން ހުއްޓުވައި ދެއްވުމަށް މިނިސްޓަރ އަށް އާދޭހާއެކު ދަންނަވަން... ޕްލީސް!!! ޕްލީސް!!!ޕްލީސް!!!
ފޮޓޯއަކަށްޓަކައި....
17 September 2024
ޓީޗަރުން މިހާރު ވެފައި އޮންނަނީ ފޮޓޯގަނޑަކަށްޓަކައި ކަތިލެވޭ ކަންބަޅި ތަކަކަށް.. މުޅިދުނިޔޭގެ ހުރިހާ ތާކުން ފާހަގަކުރާ ހުރިހާ ދުވަހަކާއި ހުރިހާ ތާކުން ކުޅޭ ހުރިހާ ކުޅިވަރެއް ކުޅެންޖެހޭ... ބަޖެޓް ހުސްކުރަނީ ސެލެބްރޭޝަންސް ތަކުގެ ޑެކަރޭޝަންސް އަށް... ދުވަސް ފާހަގަ ކުރަނީ ޓީޗަރުންގެ މުސާރައިން... ކިޔަވައިދިނުމެއް ނެތް.. އެންމެ މަޤުބޫލު ޓީޗަރުންނަކީ އިތުރު ހަރަކާތްތަކުގަ ރެޔާ ދުވާލު ހޭދަކުރާ ޓީޗަރުން... ފޮޓޯ ކަލަފުލް ވީމާ ނިމުނީ.....ހިތާމަ ހުރި...
ސްކޫލް މެނޭޖްމަންޓު
17 September 2024
ސްކޫލްތައް މިހާރު ވެފައިވަނީ ފޮޓޯގަނޑަކަށް ޓަކައި ޓީޗަރުން ގުރުބާން ކުރާ ބަޔަކަށް.... މުޅި ބަޖެޓާއި ޓީޗަރުންގެ ހުރިހާ ވަގުތެއް ފޮޓޮއަކަށް ޓަކައި... ބަޖެޓް ކަލަފުލް ޑެކަރޭޝަނަށް، ދުވަސްތައް ފާހަގަ ކުރަނީ ޓީޗަރުންގެ މުސާރަ ކޮޅުން....ފޮޓޮއަކަށްޓަކާ މެނޭޖްމަންޓުން މިހިންގާ ޖަރީމާ ހުއްޓުވައިދެއްވާ... މިނިސްޓްރީން މިކަން ބައްލަވައި ދެއްވާ!!!
ބަތްކައްކާ
17 September 2024
ތިމިނިސްޓްރީތީ މުޅިތައުލީމީނިޒާމު ހަލާކުކުރިމީހުން ތިބިތަން. މުސާރަބޮޑުކުރީ އިންތިހާއަށް މަސައްކަތްކުރުވާފަ ލާރިނުދީވާނެ ގޮތަކަށް. ޓީޗަރ އެލޮކޭޝަންހަދަނީ ކްލާހަށްވަދެ ކިޔަވައިނުދޭ ރޯނުއެދުރުން. 3ގްރޭޑުގެ ހަތަރުކުލާހަށް ތައްޔާރުވާނެ ގޮތެއްނުވިސްނޭ. ގަދަކަމުން ސްކޫލްސާފުކުރަން ގެންދާނެ. ޕިކްނިކްގެންދާނެ. ގޭގެމަސައްކްތް ނުކުރެވޭ. ކުދިންނާއަޅާނުލެވޭ. ޢިނދެގެން އުޅޭމީހާއަށް ވަގުތުނުދެވޭ. ވަޒީފާގެ ކުރިއެރުމެއް ނުލިބޭނެ. ގުލާނުމަސައްކަތްކުރާ އަޅުން
ނިކަމެތި ޓީޗަރ
17 September 2024
ޓީޗަރުންގެ އޯޓީ ކަނޑާލައި ދުވަސްތައް ފާހަގަ ކުރަނީ ޓީޗަރުންނަށް ލިބޭ މުސާރައިން، މިނިސްޓްރީން ޓީޗަރުންގެ އަތުން މި ނަގާ ރުފިޔާ ތައް ޖެހުން ހުއްޓުވައި ދެއްވާ...!!! ޕްލީސް، ޕްލީސް، ޕްލީސް!!!