ޚަބަރު / ޑރ. އިސްމާއިލް ޝަފީއު (އެޑިއުކޭޝަން މިނިސްޓަރު)

ޓީޗިން ހަދަން ބޭނުންވެ، އޭ ލެވެލް ކިޔަވާ ދަރިވަރުންނަށް 1،500 ރުފިޔާގެ އެލަވަންސެއް ދެނީ

އަރަބިއްޔާ ސްކޫލު ދަރިވަރުންތަކެއް ކްލާހެއްގައި ކިޔަވަނީ: ދިވެހި ޓީޗަރުން އިތުރުކުރަން ގައުމީ މަޝްރޫއެއް ފަށަން ވަނީ ނިންމާފައި.-- ފޮޓޯ | މިހާރު

މުސްތަގުބަލުގައި ކިޔަވައިދިނުމުގެ ރޮނގުން ކުރިއަށް ދާން، އޭލެވެލް ފަށާ ދަރިވަރުންނަށް ކޮންމެ މަހަކު 1،500 ރުފިޔާގެ އެލަވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ދިވެހި ޓީޗަރުންގެ އަދަދު މަދުވުމަކީ ތައުލީމީ ދާއިރާގެ ކަންބޮޑުވުމެކެވެ. އެކަން ހައްލުކުރަން ދިވެހި ޓީޗަރުން ގިނަކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަން މި ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޝަފީއު "މިހާރު" އަށް މިއަދު ވިދާޅުވީ އަންނަ ސެޕްޓެމްބަރުގައި އޭ ލެވެލް ފަށާ ދަރިވަރުންގެ ތެރެއިން ޓީޗިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް 1،500ރ.ގެ އެލަވެންސެއް ދޭން ނިންމާފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޓީޗަރުން ބިނާކުރުމުގެ ގައުމީ ޕްރޮގްރާމް މި މަހުގެ ފަހު ހަފުތާގައި އިފްތިތާހު ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަށް މިހާރު ބޭނުންވާ ޓީޗަރުންގެ އަދަދު ދެނެގަނެވިފައިވާ ކަން ވެސް މިނިސްޓްރު ފާހަގަ ކުރެއްވި އެވެ.

"އެ ޕްރޮގްރާމްގެ ތެރެއިން އުފައްދާ ޓީޗަރުންނަކީ، ދިވެހިންގެ ރާއްޖެ ތަސައްވަރާއި ރާއްޖެ ބައްޓަންކުރުމާއި ތުއްތުކުދިންނަށް ދޭން ބޭނުންވާ ލޯތްބާއި އަޅާލާލުމާއި ރީތި ސިފަތަކާއި ފިލާވަޅުތައް ނަގައިދިނުމުގެ ހުނަރު ލިބިފައިވާ ބަޔަކަށް ހަދައިދިނުން. އެއީ ތައުލީމީ ސިޔާސަތުގެ ވަރަށް ބޮޑު ކޮމްޕޯނެންޓެއް." މިނިސްޓަރު މީގެ ކުރިން ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

ތައުލީމީ ދާއިރާއަށް ވަންނަ ދިވެހިންގެ އަދަދު މަދުވާ އެއް ސަބަބަކީ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބުން ކަމަށް ބުނެ، ކުރީގެ ސަރުކާރުން މެއި، 2022 ގައި ޓީޗަރުންނާއި ޕްރިންސިޕަލުންގެ މުސާރަ ބޮޑުކުރި އެވެ. ނަމަވެސް، އޭގެ ފަހުން ވެސް، ޓީޗިންނަށް ވަންނަ ދަރިވަރުންގެ އަދަދަށް މާ ބޮޑު ބަދަލުތަކެއް ނާންނަ ކަމަށް ކޮލެޖު/ޔުނިވާސިޓީތަކުން ވަނީ ބުނެފަ އެވެ.

42 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 26%
icon wow icon wow 4%
icon inlove icon inlove 52%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރާސީނު

04 August 2024

އެލަވަންސް ނަގައިގެން ކިޔަވާފަ ޕޮލިހަށް ވަދޭ. މަގާމާއި މުސާރަ މަތިވެފައި، އާއިލާގެ ބޭސްފަރުވާ (ހުރިހާ ކަމެއް) ސަރުކާރުން ކޮށްދޭނެ. އަދި ބޮޑުތަނުން މަސައްކަތް ލުއިވާނެ.

The name is already taken The name is available. Register?

ހމމމ

04 August 2024

ތީކީ ގޯސް ގޮތެއް ނޫން. އެކަމަކު ތިއެލަވަންސް ނަގާފަ ޓީޗިންގ ނުކިޔަވާ ކިތްއް ކުދިން ތިބޭނެކަން ކިހިނެއް އެނގެނީ؟ ރަނގަޅު ގޮތަކީ ޓީޗިން ކޯސް ހަދާ ކުދިންނަށް އެލަވަންސް ދޭން. އޭރުން ޔަޤީނުންވެސް ޓީޗިން ހަދާކަން އެނގޭނެ

The name is already taken The name is available. Register?

ށކސޮސިސިކސ

04 August 2024

އަހަރެން ދެކޭ ގޮތުގައި މިކަން ހައްލުވާނީ މިކަމާއި ގުޅޭ ލަވަޔާއި ޅެމާއި ރައިވަރު ހަދައިގެން….

The name is already taken The name is available. Register?

ހަސަނޭނެ

03 August 2024

ތީތީ ވޯކެއް ނުކުރާނެ. މި ކޮމެންޓް ފްރޭމްކޮށްފަ ބޭންދިޔަސް އެންމެ ރަނގަޅު. ސްޓޫޑަންޓް ލޯންގަ ކިޔަވާފަ، ކިތެއްމީހުން ލާރިނުދީ ރޯމާ ދުވާލު، ސަރުކާރުގެ އޮފީސްތަކުގަ ތިބީ. ފުރަތަމަ މިކަން ހައްލުކޮށްދީބަލަ. ހާދަ ލާރިޔެކޭ ނުދައްކާ އެ ތިބީ.

The name is already taken The name is available. Register?

އާދިލް ރިޒާާ

02 August 2024

ފުރިހަމައަށް ތާއީދުކުރަން. ބޭރު ޓީޗަރުންނަށްވުރެ އަމިއްލަ ފަސްގަނޑުގަ ދިވެހި ލޭ ހިނގާ ދަރިން ކިޔަވައިދިނީމާ އެތައް ގުނަޔަކަށް ދަރިވަރުންނަށްވެސް ފައިދާވާނެ. އެއީ ޝައްކެއް އޮތްކަމެއްނޫންް

The name is already taken The name is available. Register?

ދުންކަރާސް،،

02 August 2024

ޓީޗަރުންކަން ކިޔަވާނެ ދަރިން ވިހާނެ މާބަޑު މީހުންނަށް ދޭނެ އެލަވަންސެއް ތައާރަފް ކުރަން މަށަށް ފެންނަނީ.

The name is already taken The name is available. Register?

ކަމަލާ

02 August 2024

ތިއެލަވަންސް ނަގައިގެން އޭލެވެލް ކިޔަވާ ނިންމާފަ ޓީޗިންގ ނެހެދިޔަސް އަދި ފެއިލްވިޔަސް މިނިސްޓްރީއަށް ކުރެވޭނެ ކަމެއް ނޯންނާނެ. ރަނގަޅުގޮތަކީ ޓީޗަރުންގެ މުސާރަ ބޮޑުކުރުން.

The name is already taken The name is available. Register?

ކެމިލޯ

03 August 2024

މިހާރުވެސް އިތުރުގަޑިޔާނުލާ -21500

The name is already taken The name is available. Register?

ކެމިލޯ ދޮގު

05 August 2024

ނޭންގެނީ ނަމަ ރަގަޅަށް މައުލޫމާތު ހޯދާ. ޑިގްރީ ޓީޗަރަކަށް އެވްރެޖްކޮށް ޖެހެނީ 17500 ރުފިޔާ( ފުލްކޮށް ކިޔަވާދެވޭ މަހެއްނަމަ- 19000 ރުފިޔާ)

The name is already taken The name is available. Register?

ސޫއްޓެ

02 August 2024

ޓީޗިން އެލަވަންސް ފަދަ އެއްޗެއްސަކީ ކުރިއަށް އޮތްތަނުގަ ތައުލީމީ ދާއިރާގެ ފަރާތްތައް ތަރުބިއްޔަތު ކުރުމާއި ތައުލީމުގެ ޖުމްލަ ފެންވަރު ރަނގަޅު ކުރުމަށް ދެވޭ ވަރަށް ރަނގަޅު އެއްޗެއް

The name is already taken The name is available. Register?

ލަޔާން ސަލީމް

02 August 2024

މި ނިޒާމުން ބޯކޮށް ޓީޗަރުން ފެނިގެން ދާނެ ކުރިޔަތް އޮތްތާ މި ގައުމުން.. ވަރަށް ސަޅި އެއްޗެއް މީ ދޭން

The name is already taken The name is available. Register?

ލުބްލާ2024

02 August 2024

މީކާކުގެ މޮޅު އައިޑިއާއެއްބާ؟ ކިޔަވަން އެލަވަންސް. ނަމާދުކުރަން އެލަވަންސް. ދުވާލަކު ދެ ފަހަރު ފެންވަރަން އެލަވަންސް. މިގައުމު މިއޮއް ހަލާކުވަނީ. ނަންވާނީ ޔާމީނު. އެކަމަކު އެންމެނަށް ފައިސާ ފައިސާ ފައިސާ. ކޮންތާކުން ހޯދާ ފައިސާއެއްތަމީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454