23 ސެޕްޓެމްބަރ 2024 - 14:16
ލިޒްބަން (ސެޕްޓެމްބަރު 23) – ޕޯޗުގަލްގެ ޕްރިމޭރާ ލީގުގައި މި ހަފުތާގައި ޖެހި ކޮންމެ ގޯލަކަށް 200 ގަސް އިންދަން ނިންމައިފި އެވެ.
ޕޯޗުގަލްގެ ޖަންގަލި ސަރަހައްދުގައި މި ފަހުން އަލިފާން ރޯވުމުން ބޮޑެތި ގެއްލުންތަކެއް ވި އެވެ، ހަތް މީހަކު މަރުވި އެވެ. އޭގެ ތެރޭގައި އަލިފާން ނިއްވަން އުޅުނު ތިން އޮފިސަރުން ވެސް ހިމެނެ އެވެ.
ލިބުނު ގެއްލުމުގައި ބައިވެރިވުމުގެ ގޮތުން ޕޯޗުގަލްގެ ލީގުން ނިންމީ ލީގުގެ ހަ ވަބަ ހަފުތާގެ މެޗުގައި ޖަހާ ކޮންމެ ގޯލަކަށް 200 ގަސް އިންދުމަށެވެ. ހަވަނަ ހަފުތާގައި މިހާތަނަށް ކުޅުނު އަށް މެޗުގައި 21 ލަނޑު ޖެހި އެވެ. ހަވަނަ ހަފުތާގެ އެންމެ ފަހު މެޗުގައި މިރޭ ނުކުންނާނީ ބެންފީކާ އާއި ބޯވިސްޓާ އެވެ.
އެ ލީގުގެ ކްލަބްތަކުން ވަނީ ޖަންގަލި ސަރަހައްދާ ކައިރީގައި އުޅުނު މީހުންނަށް އިންސާނީ އެހީ ފޯރުކޮށް ދީފަ އެވެ.
ގަދަ ހޫނުގެ ސަބަބުން މި މަހު 15 ގައި ރޯވާން ފެށި އަލިފާނުގައި 119،000 ހެކްޓަރުގެ ސަރަހައްދެއް ވަނީ އަނދާފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަގަޑާ
23 September 2024
އަހަރުމެން ރާއްޖޭގައި ގަހެއްނުން އިންދަނީ. ލީގު އޮންނަ ދުވަހެއްވެސް ނޭގޭތީއާއި މިދުވަސްވަރު ފުޓްބޯޅަ ނުކުޅޭތީ ފީފާއިން ފޮނުވާ ކޮންމެ ޑޮލާރ ޓްރާންސް ފާއަކަށް އަހަރުމެން ބަލަނީ ޕެންޓް ހައުސްއެއް ގަނެވޭތޯ. އެކަން ބަރާބަރަށް ކުރިއަށް ގޮއްސި.