ވަކީލު ޖޯ ޓެކޮޕިނާ (ކ) އާއި ޓްރަމްޕް: އިނގިރޭސި ކްލަބް ޓްރާންމިއާ ރޯވާސް ޓެކޮޕިނާ ވަނީ ހުށަހަޅާފަ
23 ސެޕްޓެމްބަރ 2024 - 15:38
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލު ޖޯ ޓެކޮޕިނާ އިސް ނަގައިގެން، އިނގިރޭސި ކްލަބް، ޓްރާންމިއާ ރޯވާސް ގަންނަން ހުށަހަޅައިފި އެވެ.
އިނގިރޭސި ލީގު 2 ނުވަތަ ތިންވަނަ ޑިވިޝަނުގައި އޮތް ކްލަބް ގަންނަން އުމުރުން 58 އަހަރުގެ ޓެކޮޕިނާ ވަނީ އެ ކްލަބް ގަތުމަށް، އޭނާ އިސްވެ ކޮންސޯޓިއަމެއް އުފައްދައިފަ އެވެ. އެ ކްލަބްގެ ވެރިންނާ އެކު ހަ މަސް ވަންދެން އެ ކޮންސޯޓިއަމުން ގިނަ މަޝްވަރާތަކެއް ކުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ޓްރާންމިއާގެ އޯނަރަކީ، އިނގިރޭސި އެފްއޭގެ ކުރީގެ ޗީފް އެގްޒެކެޓިވް މާކް ޕަލިއޮސް އެވެ. އޭނާ އާއި އެ ކްލަބްގެ ބޯޑު މެންބަރުންނާ އެކު ޓެކޮޕިނާގެ ކޮންސޯޓިއަމުން ކުރި މަޝްވަރާތައް ކާމިޔާބު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ދެ ފަރާތުން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވެސް އިނގިރޭސި ފުޓްބޯޅަ ލީގުގެ އިދާރާ އަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
"މިހާރު މަޑުކޮށްގެން އެ ތިބީ އީއެފްއެލްގެ ރެގިއުލޭޓަރީ ބޯޑްގެ އެޕްރޫވަލް ލިބެންދެން،" ދި އެތުލެޓިކް ނޫހުން ބުންޏެވެ.
މަޝްހޫރު މީހުންގެ ލޯ ގާނޫނީ ވަކީލުކަން ކޮށްފައި ވުމުން އެމެރިކާގައި ޓެކޮޕިނާ އަށް ބޮޑު މަގުބޫލުކަމެއް ލިބިފައި އޮވެ އެވެ. ކުރީގެ ލަވަކިޔުންތެރިޔާ މައިކަލް ޖެކްސަން ނިއޔޯކް ޔަންކީސްގެ ތަރި އެލެކްސް ރޮޑްރިގޭޒް އަދި ރެޕް ލަވަކިޔުންތެރިޔާ އޭއެސްއޭޕީ ރޮކީގެ ވަކީލުކަން ޓެކޮޕިނާ ވަނީކޮށްފަ އެވެ. އެމެރިކާގެ ޓީވީތަކުގައި ގާނޫނީ މައްސަލަތަކުގެ އެނަލިސްޓެއްގެ ގޮތުގައި ވެސް ގިނަ ޕްރޮގްރާމަތަކުގައި އޭނާ ބައިވެރި ވެފައި ވެ އެވެ.
ޓްރަމްޕްގެ ވަކީލެއްގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހހާ ހަމައަށް އޭނާ މަސައްކަތް ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy