ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުގެ ހިތާމާގައި އިރާނުގެ މަގުތަކަށް އެތައް ހާސް މީހުން ވަނީ އެއްވެ، އިޒްރޭލާ ދެކޮޅަށް އަޑުއުފުލާފައި. --ފޮޓޯ: އޭއެފްޕީ
29 ސެޕްޓެމްބަރ 2024 - 06:19
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާނުންގެ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲ އަށް އަމާޒުކޮށް އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް އެމެރިކާ އިން ދިފާއުކޮށްފި އެވެ.
އެ ހަމަލާތަކުގައި ރޭގެ ވަގުތެއްގައި ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުވެފައިވާ އިރު، އެއީ އޭނާގެ "ޝިކާރައަކަށް" ވެފައިވާ އެމެރިކާ އާއި އިޒްރޭލު އަދި ލުބުނާނުގެ އެތައް ހާސް ރައްޔިތުންނަށް ލިބުނު "ކޮންމެވެސް ވަރެއްގެ އިންސާފެއް" ގެ ގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ސިފަކުރައްވައިފަ އެވެ.
ނަސްރުﷲ އަވަހާރަކޮށްލީ ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން އިއްޔެ ރޭ ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ.
އެއާ ގުޅިގެން ބައިޑެން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހިޒްބުﷲ އާއި ހަމާސް އާއި ހޫތީން އަދި އިރާނުން ވާގިދޭ އެ ނޫން ވެސް ޓެރަރިސްޓު ޖަމާއަތްތަކުގެ ހަމަލާތަކުން ދިފާއުވުމުގެ ފުރިހަމަ ހައްގު އިޒްރޭލަށް ލިބޭ ކަމަށެވެ.
އެމެރިކާގެ ނައިބު ރައީސް އަދި އަންނަ މަހު ރައީސްކަމަށް ވާދަކުރައްވާ ކަމަލާ ހެރިސް ވެސް ވަނީ ނަސްރުﷲ އަކީ ޓެރަރިސްޓެއްގެ ގޮތުގައި ސިފަކުރައްވައިފަ އެވެ.
އެމެރިކާ އިން އިޒްރޭލުގެ ދިފާއުގައި ނުކުތީ، ރަޝިއާއާ އެކު، ޔޫރަޕްގެ ބޮޑެތި ގައުމުތައް ވެސް ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރި ކޮށްފައި ވަނިކޮށެވެ.
ނަސްރުﷲ އަވަހާރަކޮށްލުމުގެ ފުރިހަމަ ބަދަލު ހިފާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފަ އެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ހާލަތު އިތުރަށް ގޯސްވެ، ސަރަހައްދީ ވަރުގަދަ ހަނގުރާމައަކަށް ބަދަލުވުުމުގެ ބިރު ބޮޑުކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް ވަނީ ވިދާޅުވެފަ އެވެ.
ހިޒްބުﷲ އިން ބުނީ ނަސްރުﷲ އަވަހާރަކޮށްލި ނަމަވެސް ފަލަސްތީނުގެ ހައްގުގައި އެ ޖަމާއަތުން ކުރަމުންދާ މަސައްކަތަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމަށެވެ.
ނަސްރުﷲ އަވަހާރަކޮށްލިއިރު، ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ވެސް އީރާނުގައި ހުންނަވަނިކޮށް ދިން ބޮމުގެ ހަމަލާއެއްގައި މިދިޔަ ޖުލައި މަހު ވަނީ އަވަހާރަކޮށްލައިފަ އެވެ. އޭނާ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް އިޒްރޭލުން ރަސްމީކޮށް މިހާތަނަށް އެއްބަހެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހި ޔަހޫދީން
30 September 2024
ރާއްޖޭގަވެސް އޮނަރަބްލް ޔަހޫދިން ތިބިކަން ރަނގަޅަށް ޙާމަވާ ކޮމެންޓް އެބަފެނޭ.. ބަލަން ތިބޭ އަހަރެއް ފަހުން އިޒްރޭލް ކިޔާ ތަނެއް ނޯންނާނެ. ޢިންޝާﷲ
އިސްމާލި
29 September 2024
ހިޒްބުﷲ ފަދަ ޖަމާއަތް ތަކަކީ އިޒްރޭލު ކިރިޔާވެސް ހަންމަތަ ކުރެވިފައި އޮތް ސަބަބަކީ. އެ ޖަމާއަތްތައް ނެތިއްޖެ ނަމަ އަރަބި ގައުމުތައް ތަޅާ ސުންނާފަތިކޮށް ކަންބަޅިތަކެއް ހެން މުސްލިމުންތައް މަރައި ބިންތައް ހިފައި ގްރޭޓައް އިސްރާއީލް ގާއިމުކުރާނެ. އެކަމާ ދެކޮޅަށް އަރަބި "ލީޑަރުން" އެއްވެސް ކަމެއް ނުކުރާނެ. އެމީހުން ވަނީ ޔަހޫދީންގެ ފައިސާގައި ޖެހި ނަފްސު ވިއްކާލާފައި. ސައުދީ އަށް މާ މުހިއްމު ޝޯ ބޭއްވުމާއި ހިންދީ ފައްޅި ހުޅުވުން ވެސް.
އަހުމަދު އަތީގު
30 September 2024
މޮޔަ ނުވޭ، ދީނަށް ބަސް ނުބުނޭ, އަރަބިން ދެކެ ލޯބިވުމަކީ ދީނުގެބައެއް
ތުނޑުހަސަނު
29 September 2024
މެދުއިރުމަތީގެ މައްސަލައަކީ ޔަހޫދީންނާ ޢަރަބި/މުސްލިމުންނާ ދެމެދު އޮތް މައްސަލައެއް ނޫން. މެދުއިރުމަތީގެ މައްސަލައަކީ އެމެރިކާއާއި އިނގިރޭސީން ޢަރަބި/މުސްލިމުން އޮބިއަޅާފައި ބައިތިބަން އުފައްދައިގެން އުޅޭ މައްސަލައެއް. އެމެރިކާއާއި އިނގިރޭސީންގެ ޢަމަލުތަކުން މިކަން ކަށަވަރުވޭ. މެދުއިރުމަތީގެ ޢަރަބި/މުސްލިމުންނަށް އެއްގަލަކަށް ނޭރޭނެގޮތަށް ބައިބައިކުުރުވުމާއެކު އިޒްރޭލަށް ހަތިޔާރު ދީގެން މުސްލިމުން މަރާ ހުސްކުރަނީ. އެއީ ބަައިޑަންގެ އިންސާފު.
ޔަހުޔާ.
30 September 2024
މާތް ނަބިއްޔާ ޞޢވ ސުވަރުގެ ވަޑައިގަތުމާ ހަމައިން ފެށުނު އިސްލާމީ ފުތޫހާތު ކުރިއަށް ގެންދަންވީ. ކުރިސްޓިއަނުންގެ ހުރިހާ ބިމެއް މުސްލިމުން ފަތަހަކުރަންވީ. ކުރިސްޓިއަނުން މުސްލިމުންގެ އެއްވެސް ބިމަކަށް އަރައިގެން ނުވާނެ. އަރައިފިއްޔާ ބަލާނީ އެއީ އިސްތިއުމާރުކަމަށް. ނުވަތަ ފޭރުން ނުވަތަ ބަޣާވާތްކުރުން.