އިޒްރޭލުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައި ވާތީ އެ މަގާމަށް ދެން އައްޔަންކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ހާޝިމް ސަފީއްދީން: އިޒްރޭލުގެ ހަމަލާތަކަކަށް ފަހު އޭނާއަށް ވީގޮތެއް އަދި ނޭނގޭ. -- ފޮޓޯ: އޭއެފްޕީ
06 އޮކްޓޯބަރ 2024 - 09:20
އިޒްރޭލުން ލުބްނާންގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލާފައި ވާތީ އެ މަގާމަށް ދެން އައްޔަންކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ހާޝިމް ސަފިއްޔުއްދީން ވެސް އިޒްރޭލުން އެންމެ ފަހުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު "ގެއްލިއްޖެ" ކަމަށް އެ ޖަމާއަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ނަން ސިއްރުކޮށްދޭން އެދި އޭއެފްޕީއާ ވާހަކަ ދެއްކެވި ހިޒްބުﷲގެ އިސް އޮފިޝަލަކު މިހެން ވިދާޅުވުމާ އެކު ހިޒްބުﷲ އިން ބަޔާނެއް ނެރެ، ސަފިއްޔުއްދީނަށް ވީ ގޮތަކާ މެދު އެ ޖަމާއަތުން އަދި ވަކި ގޮތަކަށް ނުނިންމާ ކަމަށާއި އެކަމުގައި އެއްވެސް ބަޔަކާ މައުލޫމާތު ވެސް ހިއްސާކޮށްފައި ނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.
އެކަމަކު ސަފިއްޔުއްދީނަށް ވީ ގޮތަކާ މެދު އެ ބަޔާނުގައި ވެސް އެއްޗެއް ނުބުނެ އެވެ. އަދި ސަފީއްދީނާ ގުޅުން ކެނޑި، އޭނާ ގެއްލިފައިވާ ކަމަށް އޭއެފްޕީން ބުނި ވާހަކަ ދޮގެއް ވެސް ނުކުރެ އެވެ.
ހުކުރު ދުވަހު އޭއެފްޕީއާ ވާހަކަ ދެއްކެވި އިސް އޮފިޝަލަކު ވިދާޅުވީ ލުބްނާންގެ ދެކުނަށް އިޒްރޭލުން އެންމެ ފަހުން ދިން ވަރުގަދަ ހަމަލާތަކަށް ފަހު "ސަފިއްޔުއްދީންއާ ގުޅުން ކެނޑިފައި" ވާ ކަމަށެވެ.
"ހަމަލާ އަމާޒުކުރި ތަނުގައި އޭނާ ހުންނެވިކަމެއް ނުވަތަ އޭނާއާ އެކު ތިބީ ކޮން ބައެއްކަމެއް ވެސް ނޭނގެ،" އޮފިޝަލް ވިދާޅުވި އެވެ.
އެހެން އޮފިޝަލަކު ވެސް ހަމަ މިގޮތަށް އޭއެއެފްޕީއަށް ވަނީ މައުލޫމާތު ދީފަ އެވެ.
އިޒްރޭލުން ހަމަލާދިން، ހިޒްބުﷲގެ ބިންގަރާސް ހެޑްކުއާޓަރު ކައިރިއަށް ގޮސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ފަށާ ކޮންމެ ފަހަރަކު އިޒްރޭލުން ހަމަލާދޭ ކަމަށާއި އެހެންވެ އެތަނުގެ ހާލަތަކީ ކޮބައިކަމެއް އަދި މީހުން ސަލާމަތްވިކަން ނުވަތަ ނޫންކަން ވެސް ނޭނގޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަމަލާ ދިން އިރު ސަފިއްޔުއްދީންގެ އިތުރުން ހިޒްބުﷲގެ ޖާސޫސީ ވެރިޔާ ހައްޖު މުރުތަޟާ ވެސް އެ ތަނުގައި ހުންނެވި ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާތައް ދީފައި ވަނީ ބެއިރޫތުގައި ހުންނަ ހިޒްބުﷲގެ އިންޓެލިޖެންސް ހެޑްކުއާޓަރާ ގުޅުން ހުރި ތަންތަނަށް ކަމަށެވެ. -- އޭއެފްޕީ
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްސެ123
06 October 2024
ހިޒުބުގެ ބަތާނަވެސް މިވަނީ މޮސާޑު ފަނިކައި ހުސްކޮށްފަ، އަދި ހިޒްބުގެ ކޮމާންޑަރުން އަމިއްލަޔަށް މީޑިއާތަކަށް މި ލީކުކުރާ ފުން މަޢުލޫމާތުތަކުން ތިވެރިންގެ އިހްލާސްތެރިކަމާއި އެތެރޭގެ ހާލަތު ވަރަށް ބޮޑަށް އެބަ ސިފަވޭ، މިބައި މީހުންގެ ކިބައިން ފަލަސްތީނަށް ނަސްރު ލިބޭނޭ ކަމަށް އުންމީދު ނުކުރާތި، ކިރިޔާވެސް އުންމީދަކީ އަދި ހަމަ ހަމާސް
ސަފީޔު
06 October 2024
ސޯލްޖަރސް ނެވަ ޑައި. ދޭ ޖަސްޓް ފޭޑް އަވޭ..
އެއްބައި
06 October 2024
ސަރުކާރެއްގެ އަސްކަރީ ބާރު ބޮޑުވެދާނެ. ޢެހެންވެ މުސްލިމުން އެއްބައިވެ، ލުބުނާންގެ ވެރިކަން ހިޒްބުﷲއަށް ، ފަލަސްޔީނުގެ ވެރިކަން ހަމަަސްއަށް ދޭންވީ. ގައުމަށް އައްދާރުނުވަންވީ. ޚާފިރުންނަށް ޛާސޫސް ނުކުރަންވީ
އިނގިރޭސި ސޮރު
06 October 2024
ޞަފިއްޔުއްދީން، ސަފީއްދީން އެއް ނޫން
ހަމްދާ
06 October 2024
އެމްއެންޑީއެފް މީހުން ފޮނުވަން އެބެޖޭ މިހާރު
ހަސަންކަޅުސައި
06 October 2024
މޮޔަނުގޮވާ
ޢަލްޓިކޯ
06 October 2024
ޢަދުގެ ޓެކްނޮލޮޖީ ކުރި އަރާފަވާ މިންވަރުން ތިފަދަ ޖަމާއި ތަކަށް ހަގުރާމައިގެ މައިދާނުގަ ކުރިހޯދުމަކީ ވަރަށް ދުރުކަމެއް...އެހެނަސް ﷲ ގެ ނަސްރު އަންނާނެ ގޮތެއް ނޭގޭނެ ދުއާ އަކީ މުސްލިމުން ނަށް ނަސްރު ލިބުން.
އަލީ123
06 October 2024
އެމީހުންގެ ތެރޭގަ ތިބި ނުބާ ބަޔަކު މައުލޫމާތު ވިއްކާތީ މިހެންވަނީ.