ގެއްލިފައިވާ ތަސްލީމް: އޭނާ ހޯދުމަށް އިންޓަޕޯލްގެ ރީނދޫ ނޯޓިސް ވަނީ ނެރެފައި
06 އޮކްޓޯބަރ 2024 - 12:06
ކ. ހުވަފެންފުށި ކައިރީގައި އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް މުހައްމަދު ހޯދުމަށް އިންޓަޕޮލްއިން ރީނދޫ ނޯޓިސް ނެރެފި އެވެ.
އެންގޭޖްމަންޓް ޕާޓީއަކާއި އުފަން ދުވަސް ފާހަގަކުރަން ތަސްލީމާއި އިތުރު 25 މީހުންގެ ގްރޫޕެއް ފިނޮޅަކަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސެނިކޮށެވެ. އޭނާ ގެއްލިގެން ރިޕޯޓުކުރީ ޖެހިގެން އައި ދުވަހުގެ މެންދުރު 1:30 ހާއިރެވެ.
އޭނާ ހޯދުމަށް އެމްއެންޑީއެފުން ވަނީ އެ ފިނޮޅު ވަށައިގެން 5،000 އަކަފޫޓުގެ ސަރަހައްދެއް ބެލުމުގެ އިތުރުން ފިނޮޅު ކައިރިން ކަނޑުގެ އަޑިން 3،000 އަކަފޫޓުގެ ސަރަހައްދެއް ވެސް ބަލައިފަ އެވެ. އެކަމަކު އެމްއެންޑީއެފުން ކުރިން ބުނެފައިވާ ގޮތުގައި އޭނާ ގެއްލުނީ މޫދަށް ކަމެއް ކަށަވަރެއް ނުވެ އެވެ.
އެހެންވެ، އޭނާ ހޯދުމުގެ އޮޕަރޭޝަން ލީޑުކުރަނީ ފުލުހުން ކަމަށް އޭރު އެމްްއެންޑީއެފުން ބުނެފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދުމަށް އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރެފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އަދި އިންޓަޕޮލް މެދުވެރިކޮށް އާންމުކުރާ ނޯޓިސްތަކަކީ އިންޓަޕޮލް މެމްބަރު ހުރިހާ ގައުމަކުން ވެސް ފެންނަ ގޮތަށް އާންމުކުރާ ނޯޓިސްތަކެއް ކަމަށާއި އެކަމަކު އެފަދަ ކޮންމެ ނޯޓިސްއަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި އާންމުކުރާ ނޯޓިސްތަކެއް ނޫން ކަމަށް ފުލުހުން ބުންޏެވެ.
ރީނދޫ ނޯޓިސްއަކީ މީހަކު ގެއްލުމުން އެ މީހަކާ ބެހޭ މައުލޫމާތެއް ލިބިއްޖެނަމަ ހިއްސާކުރަން އެދި ނެރޭ ބައިނަލްއަގްވާމީ ނޯޓިސް އެކެވެ. އެއީ މީހަކު ވަގަށް ނެގުމުން ނުވަތަ ވީނުވީއެއް ނޭނގި ގެއްލުމުން އެ މީހަކު ހޯދުމުގައި އެހީތެރި ކަމަށް އެދި ނެރޭ ނޯޓިސްއެކެވެ. މީގެކުރިން ދިވެއްސަކާ ބެހޭގޮތުން އިންޓަޕޯލްއިން ރީނދޫ ނޯޓިސްއެއް ނެރެފައިވަނީ ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލާގައި އޭނާ ހޯދުމަށެވެ.
ތަސްލީމް ގެއްލުނު މައްސަލާގައި ސީރިއަސް ގިނަ ކަންތައްތަކެއް ހުރުމުން އެ މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖިނާއީ މައްސަަލައެއްގެ ގޮތުގަ އެވެ.
ފުލުހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެ ދަތުރުގައި ތަސްލީމު ބައިވެރިވީ ދަތުރު ރޭވި މީހުންގެ ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ މަސައްކަތް ކުރުމަށް ކަމަށެވެ. އެމީހުންނާ އެކު ފިނޮޅަށް ދިޔަ ކަމަށާއި އެ ރޭ 12:00 އާ ހަމައަށް ދަތުރުގެ ބައިވެރިންނާ އެކު އޭނާ އުޅުނު ކަމަށް ތަހުގީގަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުންޏެވެ.
ދަތުރުގެ ބައިވެރިން ނަގާފައިވާ ފޮޓޯތަކުން ވެސް، ޓެންޓު ޖަހާފައި އޮތް ސަރަަހައްދުގައި އެ ރޭ 12:00 ގެ ފަހުން ވެސް ތަސްލީމް ނިދާފައި އޮތްތަން ފެންނަ ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ދަތުރުދިޔަ ކަމަށް ބުނާ ތަނަކީ ހިއްކާފައި އޮތް އަދި ރުއްގަހެއް ނެތް ތަނެކެވެ. އެއީ މާލެއާ 14 މޭލުގައި އޮތް ތަނެކެވެ.
އޭނާ އެންމެ ފަހުން ފެނުނީ ގެއްލިގެން ރިޕޯޓު ކުރި ދުވަހުގެ ހެނދުނު 7:45 އާއި 9:00 އާ ދެމެދުގަ އެވެ. އެދުވަހު މާލެ ދާން ބޭނުންވާ ކަމަށް ތަސްލީމް ބުނުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާ ދެމެދު މާލެއަށް ފުރި ލޯންޗެއްގައި އޭނާ ފޮނުވާލަން ވެގެން ބެލިއިރު އޭނާ ނުފެނުނު ކަމަށާއި އަދި އެހެން ލޯންޗެއްގައި މާލެ ދިޔަތޯ ބަލަން ދަތުރުގެ ބައިވެރިން އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކުރި ކަމަށް ވެސް ފުލުހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭ
06 October 2024
ތަސްލީމް މޫދަށް އެރެންވެގެން ފޯނު އެތާ އުޅުން އަންހެން ކުއްޖެއް އަތަށް ދިންކަމަށް ކުރިން ކޮންމެވެސް ނޫހެއްގަ އޮތް، އޭނަ ހިފަހައްޓާ ބަންދު ކޮށް ރަގަޅަށް ތަހުގީގު ކުރަންޖެހޭ، އަދި އެދުހު އާ ފިންސް ލިބިގެން މޫދަށް އެރުނު މީހާވެސް ބަންދުކޮށް ރަގަޅަށް ތަހުގީގު ކުރަންޖެޭ. ފޯނު ދީފަ ގޮސް އަމިއްލައަށް ނުގެއްލޭނެދޯ. ތި ދަތުރު ތިޔަމީހުންގެ ތެރެއިން ބަޔަކު ހިންގާފައިވާ ޖަރީމާއެއްތީ ހަމަ.
ދިންމާނު
06 October 2024
ތީގަ ޖިންނި ޝައިތޯނުންގެ ހިއްސާއެއްވޭތޯ ބަލަން ދާންޖެހެނީ ފަންޑިތަވެރިއެއްގެ ގާތަށް.
ސަލީމު އިދުރީސް
06 October 2024
އެތައް ބަޔަކާ އެކު ދަތުރުގޮސް ގަސްނެއް ފިނޮޅަކައް މީހަކު ގެއްލުނީމަ ހޯދައް މިއުޅެނީ އިންޓަޕޯލު މެދުވެރިކޮއް! ބޮޑު ޖޯކެއް! ކުރިން ފުހުން އެޅީކާކީކުޅައިގެ ޔުނީފޯމު އެޔުނީފޯމުގެ ކުލަފަހުން ބަދަލުކުރީ އިނގިރޭސި ފުލުހުން އަޅާ ނޫކުލަޔައް1 ޔުނީފޯމުގެ ކުލަޔަކުންނޫން ގާބިލުވަނީ ބަލާ އިންޑިޔާފުލުހުން މިހާރުވެސް އަޅަނީ ކާކީކުލާގެ ޔުނީފޯމު އެކަމަކު އިންޑިޔާ ފުލުހުންގެ ހަވާލުދާރަކައް ހުންނަމީހަ ކުރާ މަސައްކަތްވެސް ރާއްޖޭފުލުހުނައް ނުކުރެވޭކަން ތީގެން އެނގެނީ