ސްރީދޭވީގެ ހަނދާނުގައި ބެހެއްޓި މޮނިއުމެންޓް ކައިރީގައި އޭނާގެ އާއިލާއިން މަޑުކޮށްލައިގެން.
13 އޮކްޓޯބަރ 2024 - 06:01
ބޮލީވުޑްގެ އެކްޓްރެސް ސްރީދޭވީގެ ހަނދާނުގައި އިންޑިއާގެ މުމްބާއީގެ މަގެއްގައި މޮނިއުމެންޓެއް ބަހައްޓައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، މި މޮނިއުމެންޓް ބެހެއްޓީ މުމްބާއީގައި ސްރީދޭވީ ދިރިއުޅުނު ގެއާ ކައިރީގައި އޮންނަ މަގެއްގައި ހުންނަ ރައުންޑްއެބައުޓެއްގަ އެވެ. މި މޮނިއުމެންޓް ބެހެއްޓުން ފާހަގަކުރުމަށް ސްރީދޭވީގެ އާއިލާއާ އެކު އިއްޔެ ހަފުލާއެއް ވެސް ބޭއްވި އެވެ.
އެ މޮނިއުމެންޓަށް ވަނީ "ސްރީދޭވީ ކަޕޫރް ޗޯކް"ގެ ނަން ދީފަ އެވެ.
އެ ހަފުލާގައި ސްރީދޭވީގެ ފިރިމީހާ ބޯނޭ ކަޕޫރާއި އޭނާގެ ކުއްޖެއް ކަމަށްވާ ހުޝީ ކަޕޫރް ބައިވެރިވި އެވެ. އޭނާ ދޮށީ ދަރިފުޅު ޖާންވީ ކަޕޫރް އެ ހަފުލާއަށް ނުދެ އެވެ. އަދި ސްރީދޭވީގެ ވަރަށް ގާތް ރައްޓެއްސެއް ކަމަށްވާ އަދި ބޮލީވުޑްގެ އެކްޓްރެސް ޝަބާނާ އަޒްމީ ވެސް އެ ހަފުލާއަށް ދިޔަ އެވެ.
ސްރީދޭވީ މަރުވީ މީގެ ހަ އަހަރު ކުރިން ފެބްރުއަރީ 24، 2018 ގަ އެވެ. އޭނާ މަރުވީ ދުބާއީގައި އޭނާ ހުރި ހޮޓެލްގެ ބާތުޓަބުގެ ތެރެއަށް ގެނބިގެންނެވެ.
ސްރީދޭވީ އަކީ އިންޑިއާގެ އެކި ބަސްތަކުގެ ފިލްމުތައް ކުޅުނު ގިނަ ބައެއްގެ ލޯބި ހޯދި ފަންނާނެކެވެ. އޭނާ ބޯނޭއާ ކައިވެނިކުރީ 1996 ގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮ މަށަށް
13 October 2024
ދެން މަށަށް ކީއްތަ؟
ޗަކޮއެ
13 October 2024
އެކަމެއް ނޭނގޭ. މި ހަބަރު ކިޔާފަ މިއައް ކޮމެންޓްވެސް ކޮއްފިވިއްޔާ.