ހިންދީ އަދި މަރާޓީ ފިލްމާއި ޑްރާމާތަކުގައި މަޖާ ރޯލުތައް ކުޅުނު އިންޑިއާގެ އެކްޓަރު އަތުލް ޕަރްޗުރޭ.
15 އޮކްޓޯބަރ 2024 - 09:39
ހިންދީ އަދި މަރާޓީ ފިލްމާއި ޑްރާމާތަކުގައި މަޖާ ރޯލުތައް ކުޅުނު އިންޑިއާގެ އެކްޓަރު އަތުލް ޕަރްޗުރޭ އިއްޔެ މަރުވެއްޖެ އެވެ.
އުމުރުން 57 އަހަރުގެ އަތުލް މަރުވި ސަބަބެއް އޭނާގެ އާއިލާއިން އަދި ނުބުނެ އެވެ. އެކަމަކު، މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާ ވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ.
އޭރު އަތުލް ބުނި ގޮތުގައި، އޭނާގެ ފުރަމޭއިން ވަނީ ފަސް ސެންޓިމީޓަރުގެ ޓިއުމަރެއް ފެނިފަ އެވެ.
އޭނާގެ ޗިސްމޭއަށް ނުބައި ފަރުވާއެއް ދީގެން ވަރަށް ބޮޑަށް ހާލު ގޯސްވި ކަމަށް ވެސް އޭރު ބުންޏެވެ.
އަތުލް މަރުވި އިރު އޭނާގެ އަންބަކާއި ކުއްޖަކު ދުނިޔޭގައި އެބަ ތިއްބެވެ.
އަތުލް ވަނީ ޝާހްރުކް ހާންއާ އެކު "ބިއްލޫ" އާއި ސަލްމާން ހާންއާ އެކު "ޕާޓްނަރު" އަދި އަޖޭ ދޭވްގަންއާ އެކު "އޯލް ދަ ބެސްޓް" ފިލްމުގައި މަސައްކަތްކޮށްފަ އެވެ.
އޭނާ ވަނީ އިންޑިއާގެ އެންމެ މަޝްހޫރު ސްޓޭންޑް-އަޕް ކޮމެޑީ ޓޯކް ޝޯ "ދަ ކަޕިލް ޝަރްމާ ޝޯ"ގައި ވެސް މަސައްކަތްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy