އިނގިރޭސި ލަވަކިޔުންތެރިޔާ ލިއަމް ޕޭން.
17 އޮކްޓޯބަރ 2024 - 08:39
ކުރީގެ މަޝްހޫރު ބޯއީ ބޭންޑް "ވަން ޑިރެކްޝަން"ގެ މެމްބަރެއް ކަމަށްވާ އިނގިރޭސި ލަވަކިޔުންތެރިޔާ ލިއަމް ޕޭން ބެލްކަންޏަކުން ވެއްޓިގެން މިއަދު މަރުވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ ލިއަމް މަރުވީ އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އަރިރެސްގައި ހުންނަ ހޮޓަލެއްގެ ތިންވަނަ ފުލޯއިން ވެއްޓިގެންނެވެ. އޭނާ މަރުވިކަން އާޖެންޓީނާގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
Liam Payne, one of the five members of One Direction, has died at the age of 31. The singer reportedly died after falling from a hotel in Argentina, according to Good Morning America and La Nacion.
— Variety (@Variety) October 16, 2024
Read more about his life and legacy here: https://t.co/0wgTKtWkxk pic.twitter.com/rO9L7B9hUL
އާޖެންޓީނާގެ ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލިއަމްގެ ހަށިގަނޑު ފެނުނީ ބުއެނޯސް އަރިރެސްގެ ޕަލެރްމޯ ސަރަހައްދުގައި ހުރި ހޮޓަލަކުން 911 އަށް ގުޅުމާ ގުޅިގެން ފުލުހުންގެ އިމަޖެންސީ ޓީމެއް އެތަނަށް ދިޔުމުން ކަމަށެވެ. އެއީ މަސްތުގެ ހާލަތުގައި ހުރި މީހެއްގެ އުނދަގޫ ބޮޑުވެގެން ލިބުނު ރިޕޯޓެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އެ ތަނަށް ދިޔުމުން، ހޮޓަލުގެ ތިރިން ބާރު އަޑެއް އިވިފައިވާ ކަމަށް އެތާ ތިބި ބައެއް މީހުން ބުނި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. ލިއަމްގެ ހަށިގަނޑު ފެނުނީ އޭގެ ކުޑައިރުކޮޅެއް ފަހުންނެވެ. އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.
ލިއަމްގެ ހަށިގަނޑުގައި ވަރަށް ބޮޑެތި ޒަހަމްތައް ހުރި ކަމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ނިންމާފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބީބީސީގައި ބުންޏެވެ.
ނަމަވެސް، އޭނާ ބެލްކަނީން ވެއްޓުނު ގޮތާ ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.
އޭނާ މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ވަނީ އެ ހޮޓަލްގައި ހުރެ ސްނެޕްޗެޓް ވީޑިއޯއެއް ވެސް ނަގައި ޕަބްލިކްގައި ޝެއާކޮށްފަ އެވެ.
Liam Payne, an hour before dying, posting on Snapchat. 💔 pic.twitter.com/iTHfzu7IMx
— DramaAlert (@DramaAlert) October 16, 2024
ލިއަމް މަޝްހޫރުވީ 2010 ވަނަ އަހަރު ރިއަލިޓީ ޝޯ އެކްސް ފެކްޓާއިން އުފަންވި ބޯއީ ބޭންޑް "ވަން ޑިރެކްޝަން" އިންނެވެ. އެ ބޭންޑުގައި ދެން ހިމެނެނީ ހޭރީ ސްޓައިލްސް، ލުއިސް ޓޮމްލިންސަން، ނައިލް ހޯރަން އަދި ޒެއިން މަލިކް އެވެ. ކާމިޔާބު ގިނަ އަލްބަމްތަކެއް ނެރުމަށް ފަހު އެ ބޭންޑް އުވާލީ 2015 ވަނަ އަހަރު އެވެ.
ބޭންޑް އުވާލުމަށް ފަހު މި ހުރިހާ ލަވަކިޔުންތެރިން ވެސް މަސައްކަތްކުރަމުން އަންނަނީ ވަކިންނެވެ. ލިއަމް ވެސް އޭނާގެ އަމިއްލަ ލަވަތައް ގެނެސްދިނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާނާ
17 October 2024
ވަން ޑީ ގެ ޑެބިއު ދުވަސްކޮޅު ޒޭން މާލިކް ނަގާފަ އެންމެ ސަޕޯޓް ކުރި އެކަކު ލިއަމް އަކީ. ބޭންޑް އުވާލިފަހުން އެކަމް ވަރަށް ގިނަ ފޭނުން ލިއަމް އަށް ފާޑުކިޔާ ފުރައްސާރަ ކޮށްފަވޭ، އަދި އަދަށް ދާންދެންވެސް ކުރާތަން ފެނޭ އެހެން މެންބަރުންނަށް ނުކުރާ ވަރަށް. ދެން ކީކޭ ބުނާނީ ދޯ، ވިލް މިސް ޔޫ ލިއަމް، މިހާރު ކްރިޓިސައިޒް ކުރާ ބައިގަނޑު ހުންނާނީ ހިތްފުރިފަ
ލިއަމް
18 October 2024
އައި މިސް ޔޫ ޓޫ
ވަން ޑީ ފޭން
17 October 2024
ރެސްޓް އިން ޕީސް. މައި ޗައިލްޑްހޫޑް ފެވަރިޓް ބޭންޑް