އީވް ކްލިނިކް: ވަރަށް ގިނަ ބަލިތަކަށް އެ ކްލިނިކްގައި ފަރުވާދޭ. -- ފޮޓޯ: އީވް ކްލިނިްކް
17 އޮކްޓޯބަރ 2024 - 10:30
ރާއްޖޭގައި އެންމެ ފުޅާކޮށް ސިއްހީ ހިދުމަތް ދެމުން އަންނަ ޕްރައިވެޓް ކްލިނިކް، އީވް ކްލިނިކުން އަލުން އާސަންދައިގެ ހިދުމަތް ދޭން ފަށައިފި އެވެ.
ވަރަށް ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ހިދުމަތް ހޯދާ އީވް ކްލިނިކަކީ ތަފާތު ގިނަ ބަލިތަކަށް ފަރުވާ ދޭ ކްލިނިކެކެވެ.
އީވް ކްލިނިކްގައި ޑޮކްޓަރުން ބައްލަވާ ޑިޕާޓްމެންޓްތަކުގެ ތެރޭގައި:
- ހިތުގެ ބަލިތައް
- ނާރުގެ ބަލިތައް
- ދަތުގެ ބަލިތައް
- ފުުއްޕާމޭގެ ބަލިތައް
- ހޯމޯންގެ ބަލިތައް
- ކިޑްނީގެ ބަލިތައް
- ކުޑަކަމުދާ ނިޒާމުގެ ބަލިތައް
- ނަފްސާނީ ބަލިތައް
- ރޭޑިއޯގްރަފީ، އަލްޓްރާސައުންޑް ސްކޭންގެ ހިދުމަތް
- އެތެރެހަށީގެ ބަލިތައް
- އާންމުބަލިތައް
- ކައުންސިލިންގެ ހިދުމަތް
- ކަރުންމަތީގެ ބަލިތައް
- ކަށީގެ އަދި އޮޕަރޭޝަންގެ ބަލިތައް
- އަންހެނުންގެ ހާއްސަ ބަލިތައް
- ކުޑަކުދިންގެ ހާއްސަ ބަލިތައް
އީވް ކްލިނިކްގެ އާ ހިދުމަތްތައް ފުޅާކޮށް، އެ ކްލިނިކްގެ "ވެސްޓް ޕާކް" ވިންގް އަންނަ މަހުގެ އެއް ވަނަ ދުވަހު ރަސްމީކޮށް ހުޅުވަން ވަނީ ނިންމައިފަ އެވެ.
އީވް ކްލިނިކަށް ޑޮކްޓަރުން ދައްކަން ވައިބާ މެދުވެރިކޮށް 7900788 ގުޅޭނެ ކަމަށް އެ ކްލިނިކުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތަފާތުވިތަ
17 October 2024
ތިޔަ ކްލިނިކް ކައިރިން ފެންނަ މީހުން މަދެއްނުވޭ އާސަންދަ ނުލިބޭކަމަށް އޮތްއިރުވެސް