ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން ޔުވިކާ ޗައުދަރީ، ޔުވިކާގެ ބޭބީ ޝަވާގައި.
21 އޮކްޓޯބަރ 2024 - 05:45
އިންޑިއާގެ އެންމެ ބޮޑު ރިއަލިޓީ ޝޯ "ބިގް ބޮސް"އިން ގިނަ ބައެއްގެ ލޯބި ހޯދި މޮޑެލް/އެކްޓަރު ޕްރިންސް ނަރޫލާ އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ޔުވިކާ ޗައުދަރީއަށް އަންހެން ކުއްޖަކު ލިބިއްޖެ އެވެ.
ޔުވިކާ ވިހެއީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އަލަތު ދަރިފުޅު ލިބުނުކަން އެ ދެމަފިރިން އިއުލާންކުރީ ޕްރިންސްގެ އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ކުރި ޕޯސްޓެއްގަ އެވެ.
ޔުވިކާއަށް ކުއްޖަކު ލިބުނީ އައިވީއެފް ހަދައިގެންނެވެ. އޭނާ ވަނީ މީގެ ކުރިން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި އެ ވާހަކަތައް ހިއްސާކޮށްފަ އެވެ. އެ އިންޓަވިއުގައި ޔުވިކާ ބުނި ގޮތުގައި، ކުއްޖަކު ހޯދަންވެގެން އޭނާ ހަތަރު ފަހަރެއްގެ މަތިން އެގް ފްރީޒް ކުރި ނަމަވެސް ނާކާމިޔާބުވި އެވެ.
އެ ދެމަފިރިންނަށް ކުއްޖަކު ލިބެން އުޅޭކަން އިއުލާންކުރީ މިދިޔަ ޖޫން މަހު އެވެ.
ޕްރިންސާއި ޔުވިކާގެ ގުޅުން ފެށުނީ 2015-2016 އަށް ގެނެސްދިން "ބިގް ބޮސް"ގެ ނުވަވަނަ ސީޒަންގަ އެވެ. އެ ދެމީހުން ކައިވެނިކުރީ އޭގެ ގާތްގަނޑަކަށް ދެ އަހަރު ފަހުން އޮކްޓޯބަރު 12، 2018 ގަ އެވެ. އަދި ކައިވެނީގެ ފަހުން އެ ދެމީހުން ވަނީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑާންސް ރިއަލިޓީ ޝޯ "ނަޗް ބަލިޔޭ"ގެ ނުވަ ސީޒަންގައި ބައިވެރިވެ އެއްވަނަ ހޯދައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާރުކު
21 October 2024
ކޮންގްރޭޓްސް