އީވް ކްލިނިކްގެ ޗެއާމަން ހުސެއިން މުހައްމަދުފުޅުގެ ބޭފުޅެއް ކަމަށްވާ ޑރ. ޖައުފަރާއި ހެލްތު މިނިސްޓަރު ނާޒިމް ވާހަކަ ދައްކަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
01 ނޮވެމްބަރ 2024 - 23:55
މި ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ތަންތަން ކުރިއަރުވަން މަސައްކަތް ކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ކުރީގެ ވެސްޓް ޕާކް ސަރަހައްދުގައި "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުވުމުގެ ގޮތުން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ގައުމެއްގައި ވެސް ސިއްހީ ދާއިރާ ތަރައްގީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާ އެކު ކަމަށެވެ.
"ސަރުކާރުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ރައްޔިތުންނަށް ދެއްވާ މިފަދަ ހިދުމަތްތައް ދެއްވުމުގައި ގާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ދިނުން،" ނާޒިމް ވިދާޅުވި އެވެ،
އީވް ކްލިނިކް ވެސްޓް ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ / މިހާރު
މިދިޔަ ދިޔަ 10 އަހަރު ވެސް އީވް ކްލިނިކުން ދިވެހިންނަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެއީ ރައްޔިތުން ވެސް ބަލައިގަންނަ ކަމެއް ކަމަށެވެ.
އެ ގޮތުގައި ކުރިއަށް ދިއުމަށް މިނިސްޓަރު ވަނީ އެ ކްލިނިކްގެ މުވައްޒަފުންނާއި މެނޭޖްމެންޓަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެންމެ ޑޮކްޓަރަކާ އެކު އީވް ކްލިނިކް ފަރީދީ މަގުގައި ހުޅުވީ ޖެނުއަރީ 2010 ގަ އެވެ. އޭރު އެ ތަނުގައި މަސައްކަތް ކުރެއްވީ މިހާރު ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް އެކަންޏެވެ. ނަމަވެސް މިހާރު އެއީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ކްލިނިކެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނާރީ
02 November 2024
އަގުވެސް ބޮޑުތަނެއް އެންމެކުޑަމިނުން އާސަންދައިންވެސް އެއްޗެއް ކަޑާލީކީ ނޫން . ކަރުންމަތީގެޑޮކްޓަރ އިންގެ އަގު ބޮޑު .
ސަލް5012
02 November 2024
މިވަރަށް އެހީވާ ސަރުކާރެ މިދުނިޔެއަކު އަދި ނުއުފެދެ
ބަދިއްކޮ
02 November 2024
އެހެންވެގެން ޓެކްސީ ކުރަން ފަށާ ކަންމަތީ ފިހާރަ ހުޅުވައި ސައިކަޑަ ހުޅުވާ ކިއްލިވެސް ވިއްކަން ފަށަނީ އުތަ؟
އަޒާނު
02 November 2024
ތިކަންއިނގޭ މަސްވެރިންނަށް ޓޫރިޒަމަށް އަދި ޓެކްސީދުއްވާ މީހުންނަށް އެހީވާ މަންޒަރު އެބަފެނޭ..
ނާޑުވާ
02 November 2024
ސަރުކާރުގެ ސިޔާސަތަކީ އެކަށިގެންވާ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށް ނުދިނުން. އަގުބޮޑުކޮށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދަން މަޖުބޫރު ކުރުވުން. އަގުހެޔޮ ކޮންނާ ހިލޭއެހީގެ ދަށުން ލިބޭ އިކުއިޕްމެންޓްތައް ވެސް ކަޓެއް ލާފަ އަމިއްލަ ފަރާތްތަކަށް ދޫކޮށްލުން.
ރަށްއިތުމީހާ
02 November 2024
ކުރިން ވަމުން އައިގޮތް: އޭޑީކޭއިން ސުޕަސްޕެޝަލިސްޓް ކޮންސަލްޓޭޝަން ފީއަށް ޖުމްލަ 700 ރުފިޔާ. ޕްރައިވެޓް އިންޝުއަރެންސުން 200، އާސަންދައިން 200، އަމިއްލަ ޖީބުން 300.ވާނެ ކަމަށް ބުނިގޮތް: ޕްރައިވެޓް އިންޝުއަރެންސް އިން ކަނޑާފަ ބާކީ އިންނަ އަދަދުން ބައެއް (އާސަންދަ ލިމިޓާ އެއްވަރަށް) އާސަންދައިން ލިބޭނެ.މިއަދު ވީގޮތް: ޕްރައިވެޓް އިންޝުއަރެންސް އިން 200 ރުފިޔާ ކަނޑާފަ ބާކީ 500 ރުފިޔާ އެއްކޮށް ދައްކަން ޖެހުނީ ޖީބުން. އެންގީ ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުންނަކަށް އެއްވެސް އާސަންދައެއް ނުލިބޭނޯ.މިއީ ކުރިއަށް އޮތްތާންގަ މިކަން ހިނގާނެ ގޮތް ކަމުގައި ވަންޔާ މިއީ ވަރަށް ބޭއިންސާފު އުސޫލެއް. މިކަމުގެ ސަބަބުން މުޅި އަހަރު ތެރޭ އުފުލަން ޖެހޭ މާލީ ތަކުލީފު އެތައް ގުނައެއް ބޮޑުވެގެން ދާނެ. މުޅިއަހަރުގެ އިންޝުއަރެންސް އޯޕީޑީ ލިމިޓަކީ 10،000. ތިންމަސް ދުވަހަށް ނަގަން ޖެހޭ އެންމެ ބަޭހެއްގެ އަގުވެސް 11،000 އަށްވުރެ މައްޗަށް އެބަ އަރާ. ޕްރައިވެޓް އިންޝުއަރެންސަކީވެސް އަހަރުމެން ދެފައި ދަމާފަ ތިއްބާ ހިލޭ ލިބޭ އެއްޗެއް ނޫން. މިކަމާ ވިއްދާފަ ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ލިބެންޖެހޭ ހައްގަކުން މަހުރޫމް ކުރުމަކީ އެއްވެސް އިންސާފެއް ނޫން.
ޢަލީ ބަލީ
02 November 2024
މި ކޮމެންޓް ހާދަ ދިގޭ އަހަރުމެން ދެބަހެއް ލިޔެލާއިރަށް ހުންނަނީ 450 އަކުރު ހަމަވެގެން ނުލިޔެވިފަ.
ޢީލަމްސް
02 November 2024
ލުކްސް ވެރީ ހޭންޑްސަމް
އޮނަރަބްލް އަފީފު ދީދީ
02 November 2024
އަދި ރާއްޖޭގެ އެހެން ހިސްޕިޓަލް ތަކާއި ޙިލާފަށް ކ.މާލޭގެ ހޮސްޕިޓަލް ތަކުގެ ފެންވަރު ރަނގަޅުކޮށް ހިންގުމަށާއި، އެކިއެކިގޮތްގޮތުން ފައިސާ ހޯދާ ތަރައްޤީގެ ކަންކަން ކުރުމަށް ފަސޭހައަކަށްޓަކާ މިނިސްޓްރީގެ ދަށުން އެރަށުގެ ހޮސްޕިޓަލްތައް ވަކިކުރުމަށްފަހު އެތަންތަނަކީ Male' Hospital Group ގެ ދަށުން ހިންގާ ތަންތަން ކަމަށް ހަދާފައި އެތަންތަނަށް ވަނީ ބަޖޭޓްދީ އަދި ބޭރުގެ ފަރާތްތަކުން އެތަންތަނަށް އިތުރު ފައިސާހޯދާދޭންވެސް ސަރުކާރުންދަނީ މަސައްކަތް ކުރަމުން.
އޮނަރަބްލް އަފީފު ދީދީ
02 November 2024
ރާއްޖޭގެ އަބާދީ ބޮޑެތި އެހެން ރަށްތައް ކަމުގައިވާ އައްޑޫސިޓީ Addu Equatorial Hospital އާއި، ތިނަދޫ ޑރ ސަމަދު ހޮސްޕިޓަލް، ފުވައްމުލަކު ހޮސްޕިޓަލާއި ކުޅުދުއްފުށި ހޮސްޕިޓަލް ފަދަ ތަންތަނުގައި ޑޮކްޓްރުން ހަމަކޮށް ނުލެވޭއިރު އެތަންތަނުން އެކްސްރޭ ނެގުމާއި ބްލަޑް ޓެސްޓް ހެދުންފަދަ ހޮސްޕިޓަލަކުން ލިބެންހުންނާންޖެހޭ އެންމެ އަސާސީ އެތައްކަމެއް އާންމުކޮށް ލިބެން ނުހުންނާތީ އެރަށްރަށުގެ މީހުންނަށް ޖެހެނީ ބޭސްކުރަން ދަތުރުހަދައިގެން ކ.އަތޮޅު މާލެއަށް ދާން.
ޝަހީދާ2332
02 November 2024
މިއީ އިތުރުފުޅެއް އިގޭތޯ. ކީއްވެތޯ އިތުރުފުޅު ހައްދަވަނީ. އެހެން ނުހައްދަވާ ޕްލީޒް