ދުނިޔެ / ގާޒާ

ޣައްޒާގައި ކުޑަކުދިންނަށް ވެކްސިންދޭ މަރުކަޒަކަށް ވެސް އިޒްރޭލުން ބޮން އަޅައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހޮސްޕިޓަލެއްގައި އިއްޔެ ޕޯލިއޯ ވެކްސިން ދެނީ: ބަލީގެ ނުރައްކާ ބޮޑުވުމުން އެކި ހިސާބުތަކުގައި ވެކްސިން ސެންޓަރުތައް ހަދައި ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން ދާއިރު އެންމެ ބޮޑު ހުރަހަކަށް ވެފައި ވާއިރު އިޒްރޭލުން ދޭ ހަމަލާތައް. -- ފޮޓޯ: އޭއެފްޕީ

03 ނޮވެމްބަރ 2024 - 06:55

ފަލަސްތީނުގެ ޣައްޒާގައި ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ހިންގާ މަރުކަޒަކަށް ވެސް އިޒްރޭލުން އިއްޔެ ބޮން އަޅައިފި އެވެ.

ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ އެ އިދާރާގެ ވެކްސިން ސެންޓަރަށް ހަމަލާ ދީފައިވަނީ އެއީ ހަމަލާ ނުދޭ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި އޮއްވައި ކަމަށެވެ.

ޓެޑްރޯސް ވިދާޅުވީ ހަ މީހަކު ޒަހަމްވި އިރު އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭ ކަމަށެވެ. އެކަމަކު މިއީ ކޮން ބައެއްގެ ހަމަލާއެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ޣައްޒާގެ އުތުރުގައި ހުންނަ ޝައިހް ރަދުވާން ހެލްތު ކެއާ ސެންޓަރަށް މައިންބަފައިން އެ މީހުންގެ ދަރިންގެ ފުރާނައާ ގުޅުން ހުރި ޕޯލިއޯ ވެކްސިން ދިނުމަށް ދަރިންނާ އެކު ގޮސް ތިއްބާ ހަމަލާ ދިން ކަމުގެ ރިޕޯޓެއް ވަނީ ލިބިފައި. މިއީ ވަރަށް ކަންބޮޑުވާ ކަމެއް،" ޓެޑްރޮސް ވިދާޅުވި އެވެ.

ޣައްޒާގެ ބައެއް މީހުން ބުނީ މި ހަމަލާ އައީ އިޒްރޭލުގެ ޑްރޯނަކުން ކަމަށެވެ. އެކަމަކު އިޒްރޭލުން ވަނީ އެ ސަރަހައްދަށް ހަމަލާއެއް ނުދޭ ކަމަށް ބުނެފަ އެވެ.

ޣައްޒާގެ މަދަނީ ދިފާއީ އިދާރާގެ އޮފިޝަލަކު އޭއެފްޕީއަށް ވިދާޅުވީ ދެ މިސައިލް ފޮނުވާލީ އިޒްރޭލުގެ ކުއަޑްކޮޕްޓަރަކުން ކަމަށެވެ. މި ހަމަލާ އަމާޒުވީ ޝެއިޚް ރަދުވާން ކްލިނިކްގެ ފާރަށް ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހުއްޓުމެއް ނެތް ހަމަލާތަކުގައި މީހުން ހާލުގައި ޖެހި ސާފުތާހިރުކަމެއް ނެތި އުޅެން ޖެހިފައިވުމުގެ ސަބަބުން ޕޯލިއޯގެ ކޭސްތައް ދަނީ ފެންނަމުންނެވެ. ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުގައި އެ ސިޓީގައި ޕޯލިއޯ ވެކްސިންގެ ދެ ވަނަ ޑޯޒް ދޭން ޖެހިފައި ތިބި 119،000 ކުދިން ޣައްޒާގައި އެބަ ތިއްބެވެ. އަދި ޣައްޒާގެ ދެކުނުގައި މިހާރު 452،000 ކުއްޖަކަށް ވެކްސިން ދީފައިވާ ކަމަށް ވެސް ބުންޏެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޣައްޒާގެ އުތުރުގައި ހުންނަ ޝެއިޚް ރަދުވާން ވެކްސިން ސެންޓަރަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އާންމުންނަށް އަނިޔާވިކަން އެނގިފައިވާ ކަމަށެވެ. އެކަމަކު އެ ސަރަހައްދުގައި އެ ބުނާ ވަގުތު އިޒްރޭލު ސިފައިން ހަމަލާއެއް ދީފައި ނުވާކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ބުންޏެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިޒްރޭލަށް ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފުމަށް ކަމަށް ބުނެ އިޒްރޭލުން ދެމުން ގެންދާ ހަަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން ޝަހީދުވި މީހުންގެ އަދަދު ވަނީ 43،314 އަށް އަރައިފަ އެވެ. މީގެ ތެރޭގައި ގިނައީ އާންމުންނެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454