"ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ ޝޫޓިންގައި ނަގާފައިވާ ފޮޓޯއެއް.
07 ނޮވެމްބަރ 2024 - 08:00
ނެޓްފްލިކްސްގެ އެންމެ ކާމިޔާބު އޮރިޖިނަލް ސީރީޒް "ސްޓްރޭންޖާ ތިންގްސް"ގެ ފަހު ސީޒަންގެ އެޕިސޯޑުތަކުގެ ނަންތައް އިއްޔެ އާންމުކޮށްފި އެވެ.
ނެޓްފްލިކްސް އިން މި ނަންތައް އާންމުކުރީ ސޯޝަލް މީޑިއާގައި މެދުވެރިކޮށް އާންމުކުރި ވީޑިއޯ ކްލިޕެއްގަ އެވެ.
ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަސް ނެޓްފްލިކްސް އިން ފާހަގަކުރަނީ "ސްޓްރޭންޖާ ތިންގްސް ޑޭ"ގެ ގޮތުގަ އެވެ. އެއީ "ސްޓްރޭންޖާ ތިންގްސް"ގެ މުހިންމު ކެރެކްޓާއެއް ކަމަށްވާ ވިލް ބަޔާސް ގެއްލުނު ދުވަހެވެ. އެހެންވެ، އިއްޔެ މި ވީޑިއޯ ވެސް އާންމުކުރި އެ މުނާސަބަތާ ދިމާކޮށެވެ.
In the fall of 1987, one last adventure begins. Stranger Things 5 coming 2025. pic.twitter.com/JNs5lznAwl
— Netflix (@netflix) November 6, 2024
"ސްޓްރޭންޖާ ތިންގްސް"ގެ ފަސްވަނަ އަދި އެންމެ ފަހު ސީޒަން ސްޓްރީމްކުރަން ފަށަނީ އަންނަ އަހަރު އެވެ. ނަމަވެސް، ސީދާ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.
ހޮލީވުޑްގެ ކުޅަދާނަ ދެ ޑައިރެކްޓަރުން/ޕްރޮޑިއުސަރުން ކަމަށްވާ ދަ ޑަފާ ބްރަދާސް އުފައްދާފައިވާ "ސްޓްރޭންޖާ ތިންގްސް" އަކީ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ "ގްލޯބަލް ހިޓް" ސީރީޒެކެވެ. ނެޓްފްލިކްސް އިން 2016 ވަނަ އަހަރު ރިލީޒްކުރި މި ސީރީޒަކީ މިހާތަނަށް ވެސް ރިލީޒްކުރި އެންމެ މަގްބޫލު އެއް ސީރީޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy