އދ.ގެ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ މައްސަލައަށް ބަހުސްކުރަނީ: ގަތަރުން ބުނަނީ ހަމަލާތައް ހުއްޓާލަން ހަމާސް އާއި އިޒްރޭލުގެ ވެސް ހެޔޮ ނިޔަތެއް ނެތް ކަމަށް.
10 ނޮވެމްބަރ 2024 - 07:04
ޣައްޒާގެ ހަނގުރާމަ ހުއްޓާލުމާއި، އިޒްރޭލުގެ ރަހީނުން މިނިވަންކުރުމުގައި ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެވޭތޯ ގަތަރުން އިސްވެ އަދާކުރަމުން ދިޔަ މެދުވެރިއެއްގެ ދައުރު އަދާކުރުން އެ ގައުމުން މެދުކަނޑާލައިފި ކަމަށް ޑިޕްލޮމެޓިކް ބައެއް ބޭފުޅުންނާ ހަވާލާދީ އޭއެފްޕީން ބުނެފި އެވެ.
އޭއެފްޕީން ބުނީ ގަތަރުން މިގޮތަށް ނިންމީ މަޝްވަރާތަކުގައި ހަމާސް ޖަމާއަތާއި އިޒްރޭލުގެ ވެސް "ހެޔޮ ނިޔަތް" އޮތް ކަމަށް މިހާރު ގަބޫލު ނުކުރެވޭތީ ކަމަށެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާ އެކު އިޒްރޭލުން ދޭން ފެށި ހަަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެ ވަގުތުން ފެށިގެން ގަތަރުން އަންނަނީ މަސައްކަތްކުރަމުންނެވެ. ގަތަރަކީ 2012 ވަނަ އަހަރުން ފެށިގެން ހަމާސްގެ ލީޑަރުންނަށް އެ ގައުމުން ހިމާޔަތް ދީ ސިޔާސީ މަސައްކަތްކުރުމަށް އެމެރިކާގެ ވެސް ރުހުމާ އެކު އެހީވަމުން އަންނަ ގައުމެކެވެ.
މިސްރާއި އެމެރިކާ ވެސް ބައިވެރިވާ މަޝްވަރާތަކުގައި މިހާތަނަށް ހަމަލާތައް ހުއްޓުވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެންމެ ހަފްތާއަކަށް އެކަންޏެވެ. މިހާރު ކުރިއަށްދާ މަޝްވަރާތައް ވެސް ވަނީ ކޮޅެއްގައި ނުޖެހި ވަކި ހިސާބަކުން ހުއްޓިފަ އެވެ.
"ހެޔޮ ނިޔަތުގައި އެއްބަސްވުމަކަށް ދާން ދެކޮޅު ހަދާހާ ހިނދަކު މެދުވެރިއެއްގެ ދައުރު އަދާ ނުކުރެވޭނެ ކަމަށް އިޒްރޭލާއި ހަމާސް އަށް ވެސް އަންގާފައިވާނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ޑިޕްލޮމެޓިކް ބޭފުޅަކު އޭއެފްޕީ އަށް ބުންޏެވެ.
ގަތަރުން ވަނީ މި ނިންމުން އެމެރިކާއާ ވެސް ހިއްސާކޮށްފައި ކަމަށާއި އަލުން މެދުވެރިއަކަށް ވާނީ ދެ ފަރާތުން ވެސް މައްސަލައަށް ހައްލެއް ހޯދުމުގެ ހެޔޮ ނިޔަތުގައ އައުމުން ކަމަށް ވެސް އެމެރިކާއަށް ގަތަރުން ވަނީ އަންގައިފަ އެވެ.
ގަތަރުން އަދި މިކަމާ ބެހޭ ގޮތުން ރަސްމީކޮށް ވާހަކައެއް ނުދައްކަ އެވެ.
ހަމަލާތައް ހުއްޓުވަން މަޝްވަރާކުރާތާ އަހަރެއް ވެގެން ދިޔައިރު އެ މުއްދަތުގައި ފަލަސްތީނުން ވަނީ 43،552 މީހަކު ޝަހީދުވެފަ އެވެ. އދ. އިން ބުނި ގޮތުގައި މީގެ ތެރޭގައި އަންހެނުންނާ ކުޑަކުދިން ވަރަށް ގިނަ އެވެ. އަދި އިޒްރޭލުން ލުބްނާނަށް ދެމުން ގެންދާ ހަމަލާތަކުގައި ވެސް މިހާތަނަށް 2،700 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަތީޝް
10 November 2024
furathama އެމެރިކާ އެއުޅެނީ ހެޔޮނިޔަތުގަތޯ އަހާލަ ބަލަ ތިކަހަލަ ބަހުލަަޫލު މީހުން ބުނެގެން ގަތަރު ތިއުޅެނީ ސުލްހަ ކުރަން..
ނޒބޒޒ
10 November 2024
އިޒުރޭލުން ބޭނުމެއް ނުވޭ ސުލްހައެއް. މެރުމުގެ ހުއްދަ ދީފައި އޮތީމައި ޓުރަމްޕު އަންނަންވާއިރަށް ނަސްލު ނައްތާލެވޭތޯ އެބަލަނީ. އެމީހުން އެތަނަށް ދަނީ ދުނިޔެއަށް ދައްކަންވެގެން . އިޒުރޭލު މީހުންގެ ޕުރެސަރ ބޮޑުކަމުން. ރަހީނުން ސަލާމަތްކުރުމަކީވެސް އެމީހުންގެ ބޭނުމެއްނޫން.