ދިވެހިރާއްޖެ 1 - 2 ބަންގްލަދޭޝް
16 ނޮވެމްބަރ 2024 - 20:08
އަލީ ފާސިރު (ސެންޓޭ) ގެ ގޯލުން ރާއްޖޭން ލީޑް ނަގާފައި ވަނިކޮށް، ބަންގްލަދޭޝްއިން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފި އެވެ.
މި ދެ ޓީމު މިދިޔަ ބުދަ ދުވަހު ކުޅުނު މެޗު ރާއްޖޭން ކާމިޔާބު ކުރީ 1-0 ންނެވެ.
ޑާކާގެ ބަޝުންދަރާ އެރީނާގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުކޮށް ދިން ލަނޑު ޕަޕޯން ސިންހް ޖެހީ މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްވި ވަގުތުގެ ހަތަރުވަނަ މިނެޓްގަ އެވެ.
މެޗުގެ 23 ވަނަ މިނެޓްގައި ސެންޓޭ، ރާއްޖެ އަށް ލީޑް ނަގައި ދިނީ އިބްރާހިމް މަހްދީ ހުސައިން ތަނަވަސްކޮށް ދިން ފުރުސަތަކުންނެވެ.
ބަންގްލަދޭޝްގެ ޑިފެންޑަރު ޓޯޕޫ ބާމަން، ބަންގްލަދޭޝްގެ އޭރިއާގެ ބޭރުން ދިފާއު ކުރަން ފޮނުވާލި ބޯޅަ ލިބުނީ އިއްބެ އަށެވެ. އޭރު ސެންޓޭ އޭރިއާގެ ތެރޭގައި ހުރުމުން ބޯޅަ ތަނަވަސްކޮށް ދިނެވެ. ވެއްޓިގެން ފައި ސެންޓޭ އެ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ލީޑް ނަގައި ދިނެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަންގްލަދޭޝްއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖެހީ ޖޯނީ އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ބޯޅަ ދިފާއު ކުރުމުގައި ކާމިޔާބު ނުވުމުން އޭގެ ފައިދާ ނަގައި ޖޯނީ ވަނީ އޭނާ އަށް ލިބުނު ބޯޅަ އެއްފަހަރުން ޖަހައި ގޯލްގެ މަތީ ކަނަށް އަމާޒުކޮށް ބޯޅަ ފޮނުވާލި އެވެ.
މުޅި މެޗުގައި ވެސް ބަންގްލަދޭޝްއިން ވަނީ ރަނގަޅަށް ކުޅުމެއް ދައްކައިފަ އެވެ. ގިނަ ބޯޅަތަކެއް ސަޕްލައިކޮށް ދީގެން ގިނަ ހަމަލާތަކެއް އުފެއްދި އެވެ.
މެޗުގެ 90 މިނެޓް ހަމަވެގެން އިތުރަށް ދެއްކި ހަތް މިނެޓްގެ ތެރޭގައި ވެސް ބަންގްލަދޭޝްގެ ކުޅުންތެރިން ކުރިއަށް ޖެހި ހަމަލާ އުފައްދަން މަސައްކަތް ކުރި އެވެ.
ރާއްޖޭގެ އޭރިއާގެ ބޭރުން އޭރިއާގެ އަރިމަތިން އެމްޑީ ސަހަރިއާރް އިމޯން އޭރިއާގެ ތެރެއަށް ނަގައިދިން ބޯޅަ ޕަޕޯން ސިންހް ވަނީ އެއްފަހަރުން ޖަހައި ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޯދިގުބެ
16 November 2024
މީގެ ތިން ދުވަސްކުރިން ކިރިޔަކިރިޔާ މޮޅުވީމަ އެންމެން އަޔްޖެހި. ނޫސްވެރިންވެސް ހީވީ މޮޔަވެގެން އުޅުނުހެން. ވޯލްޑްކަޕް ކާމިޔާބުވީހެން ވެސް ހީވި ތައުރީފްކުރިވަރުން. ތިން ދުވަސް ފަހުން މިއޮތީ އަސްލު ފެންވަރު ފެނިފަައި. މިކަންކަމުގައި ނޫސްވެރިން އެބަޖެހޭ ހަމައިގައި ތިބެން. މާބޮޑަށް އެކްސައިޓްވެގެންގޮސް ނޫސްވެރިން ގޯސްހަދައި ސުޒޭނަށް ސަނާކިޔާތަން ފެންނަނީ. ސުޒޭނަކަސް ނިޒާމްބެޔަކަސް މޯހަނަކަސް އަދި ގައުމީ ޓީމު ގެންގުޅެވޭ ފެންވަރެއްނެތް. ވަރަށް ވެދުން.
ފިނޯ
16 November 2024
ކޮބާ އެ ސަޅި ސުޒޭނު؟ އަދިވެސް ބަގުޑި ބައްދައިގެން ހުންނަވަނީ ތޯ! ދެން ވެސް ނުވޭތަ ނިޒާމްބެ ޔާ ހަވާލު ކުރަން؟
މުޙައްމަދޫ1123232
16 November 2024
ދިވެހި ޓީމްގެ ކުޅުމުގެ ފެންވަރު ވަރަށް ދައްކޮން މިޔަދުގެ މެޗުން ފެނުނީ.. މިސް ޕާސް ވ ވ ވ ވ ގިނަ.. ބޯޅަ ލިބުނީމަ އެހުރިދިމާލަކަށް ޖަހަނީ..
ސުކުން
16 November 2024
"އެއްފަހަރުންޖަހާ" ބަނގުލަދޭޝްގެ ހުރިހާ ގޯލެއް ވައްދާލާފާވަނީ.