ވިޔަފާރި / ދައުލަތުގެ ބަޖެޓް

މަޝްރޫއުތަކުގެ ތަފްސީލް މަޖިލީހަށް ދޭން ޝަރުތުކޮށް، 56.6 ބިލިއަންގެ ބަޖެޓް ކޮމެޓީން ފާސްކޮށްފި

ބަޖެޓު ކޮމިޓީގައި މެންބަރަކު ބަޖެޓު ފޮތް ބައްލަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ 56.6 ބިލިއަންގެ ބަޖެޓަށް އިތުރު ބަދަލެއް ނުގެނެސް، ނަމަވެސް މަޝްރޫއުތަކުގެ ތަފްސީލު މަޖިލީހަށް ދޭން ޝަރުތުކޮށް، އެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މިއަދު މެންދުރު ފަހު ބޭއްވި ބަޖެޓް ކޮމިޓީގައި ވަނީ އެ ބަޖެޓަށް ވޯޓަށް އަހާފަ އެވެ. ކޮމިޓީގައި ބައިވެރިވެވަޑައިގެން 19 މެންބަރުންގެ ތެރެއިން 15 މެންބަރުން ވަނީ ބަޖެޓް ފާސްކުރަން ވޯޓު ދެއްވައިފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ މި އަހަރުގެ ބަޖެޓަށް ވުރެ 1.6 ބިލިއަން އިތުރު އަދަދެކެވެ. މި އަހަރު ސަޕްލިމެންޓްރީ ބަޖެޓާ އެކު ބަޖެޓުގެ ޖުމްލަ އަދަދު 55 ބިލިއަން ރުފިޔާ އިތުރުވާއިރު، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އަންނަ އަހަރުގެ އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ތެރެއިން 2.6 ބިލިއަން ރުފިޔާއަކީ ހިލޭ އެހީ އެވެ.

ބަޖެޓު ކޮމިޓީގައި މެންބަރުން ވޯޓު ދެއްވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު

ބަޖެޓު ތަފްސީލު

• ޖުމްލަ ބަޖެޓު: 56.6 ބިލިއަން ރުފިޔާ

• އާމްދަނީ: 39.8 ބިލިއަން ރުފިޔާ

• ޕީއެސްއައިޕީ: 12.4 ބިލިއަން ރުފިޔާ

• ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ

• ޑެފިސިޓް: 9.4 ބިލިއަން ރުފިޔާ

• ޖީޑީޕީ ކުރިއަރާ މިންވަރު: 6.4 ފަސެންޓު

ބަޖެޓު ކޮމިޓީގައި މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ބަޖެޓާ ގުޅޭ ގޮތުން ޖެނެރަލް ރިކޮމެންޑޭޝަންތައް ހުށަހަޅުއްވައިފަ އެވެ. އެއީ

- ޕީއެސްއައިޕީއަށް ހުށަހަޅާ ޕްރޮގްރާމްތައް ކްރައިޓީރިއާތަކަށް ރިއާޔަތްކޮށްގެން ތަރުތީބު ކުރުން

- އަމަލީ މަސައްކަތް ނިންމާނެ ކަން އެނގޭނެ ލިސްޓެއް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން މަޖިލީހަށް ފޮނުވުން

- ސަރުކާރުން މިހާތަނަށް ހިންގުމަށް ސޮއިކުރި ޕްރޮޖެކްޓްތަކުގެ ތެރެއިން ކުރިއަށް ދާނެ މަޝްރޫއުތަކާއި ކުރިއަށް ނުގެންދެވޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ހުށަހެޅުން.

- ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޕްރޮގްރެސް ރިޕޯޓެއް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުން

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ވަނީ ކޮމިޓީން ފާސްކޮށްފައި -- ފޮޓޯ: ނިޝާން އަލީ / މިހާރު

ނާޒިމް ވިދާޅުވީ، މި ހުށަހެޅުންތައް ހުށަހެޅުއްވީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ޕްރޮޖެކްޓްތަކުގެ ތަފްސީލުތައް ނެތުމުން ކަމަށެވެ.

ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށާއި އެސްއޯއީތައް އިސްލާހު ކުރުމަށާއި އަދި ރީސްޓްރަކްޗާކޮށް، ގެއްލުމުގައި ހިންގާ ކުންފުނިތައް ފައިދާވާ ކުންފުނިތަކާ އެއް ކުރުމަށް ވެސް މަޖިލީހުން ވަނީ ލަފާ ދީފަ އެވެ. ނާޒިމް ވިދާޅުވީ ފައިދާ ނުވާނެ ކަމަށް ބެލެވޭ ކުންފުނިތަކަށް އުވާލުމަށްފަހު އެފިޝަންސީ އިތުރު ކުރުމަށް، ކުންފުނިތައް އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ތާވަލަކާއި އޭގެ ދަށުން އަޅާނެ ފިޔަވަޅުތައް އެނގޭނެ ގޮތަށް އަންނަ އަހަރުގެ ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ބަޖެޓް ކޮމެޓީން ދީފައިވާ އަނެއް ލަފައަކީ ޓެކްސް ގާނޫނުގެ ދަށުން ފައިސާ ނުދައްކާ ފަރާތްތަކާ މެދު މީރާ އިން އަޅާ ފިޔަވަޅުތައް މުރާޖައާކޮށް، ދިމާވާ ދަތިތައް ކުޑަ ކުރުމަށް ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ހުށަހެޅުމެވެ. އަދި ސަބްސިޑީ ޓާގެޓް ކުރުމަށްޓަކައި ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަން ތަންފީޒު ކުރާނެ ތާވަލެއް އެކުލަވާލުމަށްފަހު އެކަން މަޖިލީހަށް ފޮނުވަން ވެސް އެ ކޮމެޓީން ވަނީ ލަފާ ދީފަ އެވެ.

15 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 79%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރަންޖީ

21 November 2024

2024ގެ ބަޖެޓަކީ 49.5 ބިލިއަން. 2025އަށް އިތުރުވީ 7.1 ބިލިއަން. 1.6 ބިލިއަނެއް ނޫން. 2024 އަށް ސަޕްލިމެންޓަރީ ބަޖެޓޭ ކިޔައިގެން އިތުރުކުރިބަޔަކީވެސް ނުލިބޭއެއްޗަކުން ޚަރަދުކުރުން. މުޅިގައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ސަރުކާރުގެ ޚަރަދު މިހިރީ %50 އިން މަތީގަ. މީ ދުނިޔޭގެ ފެންވަރުގައިވެސް މަތީއަދަދެއް. މީކީ ސަސްޓެއިނަބަލް ކަމެއްނޫން. ދަރަނިއޮތީ 130 ބިލިއަން ރުފިޔާގަ. ރަސްމާލެ ހަދަން އަނެއް 40 ބިލިއަން އިތުރުކުރާނެ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

21 November 2024

އެނިމުނީ އެކަން! އެއޮތީ ވާނުވާ ނޭނގޭ ބަޖެޓުވެސް ފާސްކޮށްފަ! މީ ސުޕަ މެޖޯރިޓީގެ ޒަމާން. ދެން ކުދި ކިޔާލަ ކިޔާލަ ތިބެން ޖެހޭނީ.

The name is already taken The name is available. Register?

ޙަސަންބޭ

20 November 2024

ކަލޭމެންބަލާބަލަ, އެއްދުވަހުން ގާނޫނު އަސާސީ އިސްލާހުކޮށް, ރައިސް އެ ބިލް ތަސްދީގު ކޮށްފި, އެކަން އިޒުރޭލް ޕާޓީ ޕީ އެންސީ, ހަމަ އެދައްކަނީ, އިޒުރޭލުން ގާޒާ ސުލްހަ އަށް ދައްކާ ކަހަލަ ވާހަކަ މަނާކުރުން ހުއްޓުމެއްނެތި ކުރިޔަށް ދާކަމަށް. ކިހާ ޔަހޫދީން ގެ ވާހަކަ ނެތް ތަފާތެއް.

The name is already taken The name is available. Register?

ބަބްސް

20 November 2024

• ރިކަރަންޓް ހަރަދު: 36 ބިލިއަން ރުފިޔާ ... މިއީ ބަޖެޓުގެ %63. އަދިވެސްދަނީ ސިޔާސީ މަޤާމުތަށް އުފައްދަމުން.

The name is already taken The name is available. Register?

ސީޒަން ޖެކްޝަން

20 November 2024

މިހާރު އޮންނަނީ ރަބަރުތައްގަނޑު. އެކަން ކުރާން ސުޕަމެޖޯރިޓީ ދިނީ.

The name is already taken The name is available. Register?

ވިޝާމްް

20 November 2024

އެމްޑީޕީއިން ހެދިކަހަލަ ނުވާނެކަންކަން އެކުލެވޭ ބަޖެޓެއްނޫންމިއީ. މިއީ ވަރަށް ޕްލޭންކުރެވިގެން ވަކި ޓާގެޓް ތަކަކާއެކު ހެދިފައިވާ ބަޖެޓެއް.

The name is already taken The name is available. Register?

މޮހާ25

20 November 2024

ވައްކަންކުރަންވެގެން ދޯ ..

The name is already taken The name is available. Register?

ނިޒާރްް

20 November 2024

މިއީ ބޯހިޔާވަހިކަމުގެ ބަޖެޓެއް. އެއްވެސް ސަރުކާރަކުން އިސްކަންނުދޭވަރަށް މި ބަޖެޓުގައި ބޯހިޔާވަހިކަމަށް ހައްލު އެކުލެވިފައިވޭ. މިއީ ނޫންތޯ ރައްޔިތުންނަށް ހެޔޮ ކަމެއް ކޮށްދިނުމަކީ.

The name is already taken The name is available. Register?

ސިނާދްް

20 November 2024

މި ގައުމުގެ ކަންކަން އިސްލާހުކޮށް ތަރައްޤީ ކަށަވަރުކުރަން ރައީސް މުއިއްޒުއަށް ފުރަތަމަ ފަހަރަށް މި ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި އެމަނިކުފާނު ހިފާނެ.

The name is already taken The name is available. Register?

އަލްސަންް

20 November 2024

މި ބަޖެޓް ވެގެންދާނީ އުންމީދުން ފުރިގެންވާ ބަޖެޓަކަށްކަން ކަށަވަރު.

The name is already taken The name is available. Register?

ޒައިން ސައީދް

20 November 2024

ޕީއެސްއައިޕީގެ ބަޖެޓް ވަރަށް ފުރިހަމަ. ދެން މަސައްކަތްތަކާ އެއްޗެސް ފެށިގެން ސްޕީޑްގަ ޖެއްސޭނެ. އެމްޑީޕީން ޖެއްސުމަށް ފާސް ކޮށްފަ ދިޔަ ބެޖެޓެއްގެ ސަބަބުން ކަންކަން އިސްލާހު ކުރަން އުދަގޫ ޖެހުނުކަން އެކަނި. މިހާރުގެ މި ބަޖެޓާ އެކީ ތަފާތު ފެނިގެން ދާނެ މުސްތަގުބަލުގަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454