ރައީސް ލިޔުމެއްގައި ސޮއި ކުރައްވަނީ: ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލް އެމަނިކުފާނު ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
20 ނޮވެމްބަރ 2024 - 19:55
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވުމަށްފަހު ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ތަސްދީގު ކުރައްވައިފި އެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީ އަށް ހުށަހެޅުއްވި އެ އިސްލާހުގައިވާ ބުނާގޮތުން ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެ ދައުރުގެ ތެރޭގައި އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް އެ އިސްލާހުގައި ބަޔާންކޮށްފައި ވެ އެވެ.
މީގެ އިތުރުން ގާނޫނު އަސާސީގެ ބައެއް މާއްދާތަކަށް އިސްލާހު ގެންނަން ފާސްކުރާ ބިލްތައް ތަސްދީގު ކުރުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ދާންޖެހޭ ގޮތަށް ގާނޫނު އަސާސީގައި އޮންނަ މާއްދާއަށް ބަދަލެއް ގެންނައިރު ވެސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ގޮތަށް އެ ބިލުގެ ދަށުން ވަނީ އިސްލާހު ގެނެސްފަ އެވެ. އަދި ރާއްޖޭގެ ސަރަހައްދަށް ބަދަލު ގެންނައިރު ވެސް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ ގޮތަށް ވަނީ އިސްލާހު ގެނެސްފަ އެވެ.
ރާއްޖޭގައި ބޭރުގެ ސިފައިން ތިބުމާއި ރާއްޖޭގެ ސަރަހައްދެއް ބޭރުގެ އަސްކަރީ ބޭނުމަކަށް ދޫކުރުމުގެ އުސޫލު ވެސް އިތުރަށް ހަރުކަށިކުރަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ.
އެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވީ މިއަދެވެ. އަދި އެ ބިލްގެ ބަހުސް ފެށުމަށްފަހު ގަޑިއެއްހާއިރު ތެރޭގައި ބަހުސް ނިންމާލުމަށްފަހު މުޅި މަޖިލީހުގެ ކޮމިޓީން ބިލަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި އެ ބިލް ފާސްކުރީ ރޯލް ކޯލް ވޯޓަކުންނެވެ. އަދި މިއަދު ހަވީރު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ ބިލް ފާސްކުރީ ޕީއެންސީ އާއި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 78 މެންބަރުން ވޯޓުންނެވެ. އަދި ބިލް ފާސްކުރަން ނުފެންނަ ކަމަށް 13 ވޯޓު ދެއްވި އެވެ.
އެހެންކަމުން މިއީ ރާއްޖޭގައި ގާނޫނު އަސާސީއަށް އެންމެ އަވަހަށް ގެނައި އިސްލާހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު.
26 November 2024
ޕާޓީއިން ބުނާގޮތަށް އަމަލު ނުކޮށްގެން މެމްބަރުން ވަކިކުރެވެންޏާ އަމިއްލަ ގޮތުން ހޮވޭ މެމްބަރުން ރައްޔިތުން ބޭނުންވާ ގޮތަށް ޢަމަލުނުކުރުން ވަކިކުރެވެގޮތްވެސް އޮންނަންވާނެ.
މުހައްމަދު..
24 November 2024
ރައްޔިތުން ވޯޓް ދެނީ އެމީހަކާއި އެމީހެއްގެ އާއިލާއަށް ރައްޔިތުންގެ މުދަލާއި ފައިސާ އާއި ވަސީލަތް ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދާދެވޭނެ ފަދަ ކުޅަދާނަކަން ހުންނަ ބަޔަކަށެވެ. ގިނަ ރައްޔިތުން ބޭނުންވަނީ އެމީހެއްގެ ވަގުތީ ފައިދާއަށެވެ.ކޮންމެ ވަޒީފާއަކަށް ވެސް އެއްމެ ގާބިލު ފަރާތް ހޮވުމަކީ ރައްޔިތުންގެ ހައްގެކެވެ. ގިނަމީހުން ގެ ވިސްނުން މިގޮތަށް ހުންނަ ކަމުގައި ވާނަމަ ގައުމު ހަމަޖެހުން ދާނީ ގެއްލެމުން.
ޗޫޤީ
21 November 2024
ވަރަށް ގިނަ މީހުން ހާއްސަކޮށް މުއިއްޒު އިންތިޚާބުކުރުމަށް ވޯޓުދިން ގިނަ މީހުން ބުނަމުން ގެންދަނީ މި ގާނޫނޫގެ ސަބަބުން ވޯޓު ގަނެ ވިއްކުމަށް މަޖިލިސްތެރެއިން ހިންގާ ކޮރަޕްޝަން ހުއްޓުވޭނެ ކަމަށެވެ. ނަމަވެސް އަހަރެން ގަބޫލުކުރާ ގޮތުގައި މިގާނޫނުގެ ސަބަބުން މެމްބަރުންގެ އަމިއްލަ ވިސްނުމާ ޚިޔާލު ފޮށްޓަކަށްލާ ތަޅުލެވިގެންދާނެއެވެ. އަދި ދާއިރާތަކުގެ ވަރަށް ގިނަ ރައްޔިތުންގެ ހައްގުތަކަށް މިގާނޫނުގެ ސަބަބުން ހުރަސް އެޅިގެން ދާނެއެވެ.
ދޮގުވެރިކަން
21 November 2024
އިސްލާހަކީ ވަރަށް މުހިއްމު އިސްލާހެއް، އެކަމަކު މި އިސްލާހުގެ މަގުސަދަކީ، ރައްޔިތުން ކުރިމަތީގަ ތިމާގެ އިތުބާރުގެއްލި، ޕާޓީއަށް ހޮވުނު މެމްބަރުކޮޅު ވަކި ހިސާބަކުން އެހެންޕާޓީތަކަށް ބަދަލްވެ ވެރިކަން ވެއްޓިދާނެތީ ގެނައި އިސްލާހެއްނަމަ މަގުސަދު ގޯހެވެ. ކިތަންމެ ފައިވިއްދާފަ އުމުރުދުވަހު ވެރިކަމުގަހުންނަން ކިތަންމެ ގާނޫނެއް ބަދަލްކުރިޔަސް ގަޑިޖެހުނީމަ އެކަމެއް ވާނެކަން ގަބޫލްކުރާށެވެ.
ލކލކލ
21 November 2024
އެހެން އޮތުމުން ދެން ވާނެގޮތަކީ، މެންބަރުން ޑިސިޕްލިން ވާނެ. ޕާޓީގެ ރޫހާ އެއްގޮތަށް އަމަލުކުރާނީ. ރައްޔިތުން އެޕާޓީއަށް ހޮވި މީހާ ޓާރމް ނިމެންދެން ހުންނަށްވާނީ ރައްޔިތުން ހޮވި ފިކުރެއްގަ. އަދި ގާނޫނު މިހާރު އޮތްގޮތުން ހަލާލު ނޫން ފައިސާނަގައިގެން ތިމާގެ ނަފުސު ވިއްކުންވެސް ހުއްޓޭނެ.
މުހިންމު
21 November 2024
މީތޯ ރާއްޖެއަށް އެންމެ މުހިންމު ބިލަކީ؟
896ފ
21 November 2024
ވަރަށް މުހިންމުނޫންތޯ! މިހާރު އެވީގޮތުން ރައްޔިތުން ގަބޫލުކުރާ ފިކުރުގަ ތިބެން މަޖުބޫރުއެވީ. ކޮންމެ ޕާޓީއެއްގެ މެންބަރެއްވެސް ޕާޓީއާއެކު އަންނާނީ ފިކުރެއް ހިފައިގެން. ދެން އަހަރު ތެރެއިން ރައްޔިތުންގެ ނިންމުން ބޮލާލާ ޖަހާފަ ނީލަމުގައި ވިކި މަޖިލިހަށް ހޮވި ރައްޔިތުންނަށް ލަނޑުދީފަ ހިނގައިދާނެ.
ޑިމޮކްރަސީ
21 November 2024
އަހަރެއް ފުރިހަމަވީ އިރު ރައްޔިތުންގެ އަޑު ކަޑުވާލާ ތމާމެންގެ މުށު ތެރެއަށް ހުރިހާ ބާރެއް ކަހާލަމުންދާ މަންޒަރު މިފެންނަނީ ރައްޔިތުން ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ވެއްޔާ މޮޑެވިގެންދާ މަންޒަރު މިފެންނަނީ ދިވެހިން 70 ގެ އަހަރުތަކަށް ސޮއްސާލަމުންދާ މަންޒަރު މިފެންނަނީ ކޮބާތޯ ދިވެހި ޤަވްމުދެކެ ލޯބިވާ ލީޑަރުން މިއަދު ފައިސާ ފޮއްޗަކަށް ވިކި ނިމުނީތޯ
އިސްމާލި
21 November 2024
ދެން ނުހޮވާނަން ޕާޓީ ކެނޑިޑޭޓެއް. މިނިވަން މީހުނަށް ދެން ވޯޓި ދޭނީ. ރައްޔިތުންނަށްވެސް އެނގެން ޖެހޭ ޕާޓީ ނަމުގަ އައިސް ރައްޔިތުން ތަމްސީލް ކުރަން ކަމަށް ކިޔައި ހޮވިފަ ދެން ޖެހޭނީ ޕާޓީ މީހާ ބުނާގޮތަށް ހަދަން ކަން.
އިސްމާލިބެ
21 November 2024
ކިތަށް އަމިއްލަ މީހުން ހޮވި ޕާޓީ އަކާއި ގުޅި މަހުޖަނުންނަށް ވެގެން ގޮސްފި؟ އޭރު އަމިއްލަ މީހާ ހެދީ ކަލޭމެން ބުނާ ގޮތަށް ތަ؟ މި ހަމަ ބަރާބަރު އިސްލާހެއް.
އިސްމާލި
21 November 2024
އިސްމާލިބޭ: މި އިސްލާހާ އެކީ އަމިއްލަމީހާ ވެސް ހޮވޭ ފަހުން އަމިއްލަ ކަން ގެއްލި ޕާޓީއަކާ ގުޅިއްޖެ ނަމަ ގޮނޑި ގެއްލޭނެ. މާނައަކީ އަމިއްލަ މީހާ އަމިއްލަ ކަން މަތީ ހުންނަންޖެހޭނޭ.
ނިންމާށޭ
21 November 2024
ރައީސް މީހާގެ ގަރާރަކުން އެބަނިންމަންޖެހޭ މަޖްލިސް މެމްބަރުކަން ކުރެވޭނީ ގިނަ ވެގެން 5 އަހަތުގެ 2 ދައުރު ކަމަށްހަދާ އަދި ވޯޓްލާ ރައްޔިތުންގެ %50 ވުރެން މަޔިން ވޯޓް ލިބިގެން މެނުވީ މަޖްލިސް މެމްބަރުކަންވެސް ކައުންސިލް މެމްބަރުކަންވެސް މޭޔަރުކަންވެސް ނުކުރެވޭނެ ކަމަށް މިކަން މިގޮތަށް ކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންވީއޭ އެއިރުން ކޮލިޓީ މީހުން އަންނާނީ މިކަން މުއިއްޒުގެ ގަރާރަކުން ނިންމާށޭ އަންނައަހަތު ކައުންދިލް އިންތިޚާބުގެ ކުރިން
0989876
21 November 2024
ދުނިޔެއަކީ ދިވެހިން ހީކުރާ ކަހަލަ ތަނެއް ނޫން! ތަރައްޤީއޭ! ގަޓޭ! ދީނޭ! ވަހުދަތޭ! ދިދައޭ! ކިޔަ ކިޔަ ތިއްބާ ދުނިޔެ ބަދަލުވެގެން އެހެރަ ދަނީ!