ރީކޯ މޫސާ މަނިކު: އޭނާގެ މަސްލަހަތު އޮންނަ ހެވީލޯޑްގެ ރަށްތައް ވިއްކުން މަޑުޖައްސާލަން ހައި ކޯޓުން ވަނީ އަމުރު ކޮށްފައި --- ފޮޓޯ/މިހާރު
24 ނޮވެމްބަރ 2024 - 14:20
ލޯނެއް ނުދެއްކުމުން ހެވީލޯޑް މޯލްޑިވްސްގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހެވީ ލޯޑަކީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މަސްލަހަތު އޮންނަ ކުންފުންޏެކެެވެ. އެ ކުންފުންޏަށް ބޭންކް އޮފް މޯލްޑިވްސްއިން ދިން 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ގެ ލޯނެއް ނުދެއްކުމުން އެ ކުންފުނީގެ ތިން ރަށެއް ވިއްކާލަން ސިވިލް ކޯޓުން ހުއްދަ ދިނެވެ.
އެ ހުއްދައާ އެއްގޮތަށް ބީއެމްއެލްއިން މިދިޔަ މަހު ވަނީ އެ ތިން ރަށް ވިއްކާލަން އިއުލާންކޮށްފަ އެވެ.
ނަމަވެސް ސިވިލް ކޯޓުން ދީފައިވާ ހުއްދައަށް އަމަލުކުރުން މަޑުޖައްސާލަން ހައި ކޯޓުން އަމުރުކުރީ ހެވީ ލޯޑްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ. ހައި ކޯޓުން މިއަދު ނެރުނު އަމުރުގައިވަނީ އެ މައްސަލައާ ގުޅިގެން އެ ކޯޓުން ގޮތެއް ނިންމަންދެން އެ ހުއްދައަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.
ބީއެމްއެލްއިން ވިއްކާލަން އޭރު އިއުލާން ކޮށްފައިވަނީ ލ. ފަރެސް އައިލެންޑާއި ކުޑަ ފަރެސް އައިލެންޑް އަދި ބޮޑުހުރާ އައިލެންޑެވެ. އޭގެ ތެރެއިން ފަރެސް އާއި ކުޑަފަރެސްއަކީ ރަހާ ރިސޯޓް ހިންގަމުންދާ ދެ ރަށެވެ. އަދި ބޮޑުހުރާއަކީ ދަނޑުވެރި ކަމަށް ދޫކޮށްފައި އޮންނަ ރަށެކެވެ.
އެ ރަށްރަށުގެ ހެޑް ލީޒް ހަމަވަނީ 2064 ވަނަ އަހަރު އެވެ.
ފަރެސް އައިލެންޑާއި ކުޑަ ފަރެސްގައި މިހާރު ހިންގަމުންދާ ރަހާ ރިސޯޓުގައި 100 ކޮޓަރި ހުންނައިރު ހުރިހާ ކޮޓަރިއަކީ ވެސް ބީޗް ވިލާ އެވެ. އޭގެ އިތުރުން ވޯޓާ ސްޕޯޓްސްގެ ކުޅިވަރުތަކާއި ޑައިވިން އާއި ސްޕާގެ ހިދުމަތް ވެސް މި ރިސޯޓުން ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިޝާާ
25 November 2024
މިރަށްތައް ވިއްކާފަ ލިބޭ ލާރިން ތިޔަރަަށާ ގުޅޭ ލޯނުތަކާއި ދަރަނިތައް އަދާކޮށްފަ އަދިވެސް ބައިވަރު ފައިސާ ހުންނާނެކަމަށް ބެލެވެނީ. މޫސަގެ އުމުރުގެ ބާކީ އޮތް ތަނުގަ އުޅެވޭވަރު ބާކީވާނެ ދޯ؟
ޢަލީ ކުރުސީ
24 November 2024
އަހަރެމެން އާދައިގެ މީހާގެ ގެގަނޑެއް ނަމަ ކޯޓުންވެސް ބޭރުކުރީސް ވިއްކާވެއް ލީސް! ރިހާކުރުފުޅި ޑިމޮކްރެސީ އޮންނަ ޤައުމެއް!
މައު
24 November 2024
މައުމޫނު ގައުމުކާލައިގެންއޭ ކިޔައިގެން އުޅުނު މީހާގެ ހާލަތު. އެއްވެސް ކުންފުންޏަކަށް ލާރިނުދައްކާ. ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތް. މީނަގެ ހުރިހާމުދަލެއްވިއްކައިގެން އެބަޖެހޭ ރައްޔިތުންގެ ފައިސާ ހޯދަން
ތައްޓޭ
25 November 2024
މިހާރު ބޭނުން ބަހަކުން ބޭނުން ޢިބާރާތަކުން އެއްޗެއް ބުނުމުގެ ފުރުސަތު ލިބޭދޯ އޭރު އެންމެ މީހުން ވަދެ ނޫޅޭ ތަނަކީ ސަހަރާތައް އެތަނަށް ގިނަމީހުން ސިޔާސީ ވާހަކަ ދައްކަން ވަންނަނީ ................................
ހާލިމް
24 November 2024
މިވެސް ބޮޑު ވަގެއް ދޯ
މުޢިއްޒޫޒޫ
25 November 2024
މީހަކަށް ކުޑަނަމަވެސް ތަނަވަސް ކަމެއް ލިބިގެން ތިބާގެ ހިތަށް ކެތެއް ނުވޭދޯ؟ ތިބާ އަނެއްކާ ކިހިނެތް ކިތައް ދުވަސްބާ؟؟؟
ރާކޯ
24 November 2024
ޕީއެންސީއަށް ސޮއި ތައް ގިނަވެގެން އެބަ އުޅޭ
ދޮންބެއަޒީ
24 November 2024
މިލިއަނުން ބޭންކަށް ދައްކަންޖެހޭ ޑޮލަރުނުދެއްކީމަ ގާނޫނީ ގޮތުން ބެންކަށްލިބިދޭ ހައްގެއް ގަދަކަމުން އެފައިސާހޯދުން. އެބުނާ ރަށްތަށް ވިއްކައިގެންވިއަސް. އެކަމަކު އަދިވެސް ފައިސާ ދައްކަންޖެހޭ ފަރާތުން ފައިސާ ނުދައްކާ ރަށްތައްވެސް ނުވިއްކާ މަދުޖައްސަދޭށޭ ބުނީމަ އެދިނީ. އަޖާއިބު. މިރަށްތައް ވަގުތުން ވަގުތަށަށް ނަގަންޖެހޭ.
ސަޅި
24 November 2024
މީގެން އިނގެނީ ބެންކުން 11މ ލޯނު ގެބަދަލުގަ ނުހަގުން ވިކާލަން އުޅުނުކަން. މޫސަ ހިށވަރު ކުރޭ.
ކޮރަލް
24 November 2024
މާކުރީން ވެސް އެނގޭ ކަމެކެވެ. ސަރުކާރު ޕާޓީ އަށް ތާއީދު ކުރީމަ ނޫނީ ޕާޓީ އަށް ސޮއި ކުރީމަ އެއިރަކު އޮންނަ ސަރުކާރަކުން ހިމާޔަތް ދޭނެ އެވެ.
އައްބެ
24 November 2024
2006-2008 ގައި މިބޭފުޅުން އެމްޑީޕީ ޕޯޑިއަށްގައި މީސްމީހުންނަށް ލޯން ސްޓަރ އޭ ގޮވި ހަނދާންވީމައި އަންނަނީ ހިނި.
ސުދީރު
24 November 2024
މިއީ މިގައުމުގެ އަދުލު އިންސާފުގެ ފެންވަރު. އެއްބަޔަކު ބެންކުން ފައިސާ ނަގައިގެން ފިލައިމިތިބެނީ ބާރުގަދަ ސިޔާސީ މީހުންގެ ހިޔަނީގައި، މިކަހަލަ މީހުންނާއިހެދި ބެންކު ބަނގުރޫޓުވާންދިޔައިމާ ސަރުކާރަށް މިޖެހެނީ ޓެކްސްބޮޑުކޮށްގެން ނުވަތަ އެހެންކޮމެވެސް ގޮތަކުން ސަރުކާރުގެ ބެންކް ސަލާމަތްކުރަން. ރީކޯމޫސަ ހަދަނީ ހަމަ ރަނގަޅަށް ޖަންގަލީގެ ގާނޫނު އޮތްތަނެއްގައި އުޅެވޭނީވެސް ޖަންގަލީގައި އޮންނައުސޫލަށް.
ޖަގޭ
24 November 2024
ފިލާއޮތް ނަމަ އޭނާގެ މިލްކިއްޔާތު އެއްކޮށް ވިއްކާލަން ކޯޓުން ހުކުމް ކުރާނެތަ؟ ތިމާގެ ހިތުތެރޭގައި އަނެކާގެ މައްޗައް ހިތްނުބައިވެ ފިތުނަވެރިކަން އުފެދުމަކީ ހާދަހާވާ ނުބައި ކަމެކޭ، ކެރިގެން މަސައްކަތް ކުރާ ހަމަ ކޮންމެ އަޅަކަށްވެސް މުދާ ﷲދެއްވާނެ މަސައްކަތެއް ނުކޮށް ދުވާލުދާ ހަތަރުދަމު ނޭގި ކުރެވޭ ހެޔޮކަންތައް މީހުންގެ މަސްކައިފަ ނިދަންވާއިރަށް ސޮދަގާތް ކުރުމުން ދެދުނިޔެވެސް އެގެއްލުނީ މިކޮމެންޓުންވެސް ތިބާއަށް އެއްޗެއް ވިސްނޭނެކަމަށް ހީކުރަން ..