24 ނޮވެމްބަރ 2024 - 15:36
މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު ހަ މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
އެ އެޖެންސީން "މިހާރު" އާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2021 ވަނަ އަހަރު ދެ ފިރިހެނަކަށް ޖެހިގެން އައި 2022 ވަނަ އަހަރު އެކަކު އަދި މިދިޔަ އަހަރު ދެ ފިރިހެނުންނާއި އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.
އެޗްޕީއޭ އިން ބުނީ ރާއްޖޭގައި މިހާތަނަށް އުމުރުން 32 އަހަރުގެ 43 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން 16 މީހަކު މަރުވެ، މިހާރު 26 މީހަކު އެއިޑްސް ބަލީގައި އުޅެމުންދާ ކަމަށް ބުންޏެވެ.
މި ފަހުން އެންމެ ގިނަ މީހުންނަށް އެއިޑްސް ޖެހިގެން ރިޕޯޓުކުރީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ފަސް ފިރިހެނުންނާއި ދެ އަންހެނަކަށް އެއިޑްސް ޖެހިފައިވެ އެވެ.
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 15-24 އަހަރާ ދެމެދުގެ މީހުންނެވެ. އެ އުމުރުގެ 10 މީހުން އަދި 25-34 އަހަރާ ދެމެދުގެ ހަ މީހަކަށް އެ ބަލި ޖެހިފައިވެ އެވެ.
- އެކަކު ބޭނުންކޮށްފައި ހުންނަ ސިރިންޖު/ކަށި ފަދަ ތަކެތި އެހެން މީހަކު ބޭނުން ނުކުރުން.
- މާބަނޑު ދުވަސްވަރު ދުރާލައި އެޗްއައިވީ އަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ކަނޑައެޅިފައިވާ ފަރުވާ ފުރިހަމަކުރުމުން ދަރިފުޅަށް އެޗްއައިވީ ޖެހުމުން ރައްކާތެރި ކުރެވޭ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެތެރެ ސޮރު
25 November 2024
މާތް ﷲ އަޅަމެން މި ނުބައިވެގެން ވާ ބަލިން ރައްކާތެރި ކުރައްވާންދޭވެ.
އިރުޝާދު 1
24 November 2024
ތި ދީފަ އޮތް އިރުޝާދަށް ސަލާމް އަޅެ ކައިވެނީގެ ބޭރުން ޖިންސީ ގުޅުން ނުހިންގަން ބުނަންވީނުން + ގުޅުން ހިންގާ ނަމަވެސް ޓެސްޓްކޮށް ޔަޤީންކޮށްފަ ކުރަން (ހެލްތް މިނިސްޓްރީއިން މިކަހަލަ ކާޑެއް ތަޢާރަފްކުރަން ފެނޭ)
ތާކިހާ
24 November 2024
ރައްޖޭގަ މިހާރު ވަޅިޖަހާ މެރުން ކަމަކައް ނުވާއިއު، އޭޑުސް ބަލިތީ ރާއްޖޭގަ އެއްވެސް މައްސަލައަކައް ވާނެހެނެއް ހިޔެއްނުވޭ....
އަހުމަދު353535
24 November 2024
"އެޗްޕީއޭ އިން ބުނީ ރާއްޖޭގައި މިހާތަނަށް އުމުރުން 32 އަހަރުގެ 43 މީހަކަށް އެއިޑްސް ޖެހިފައިވާ ކަމަށެވެ" މިބުނަނީ ކީކޭތަ؟32 އަހަރު ގެ 43 މީހުން ހުރިވާހަކަތަ؟
health.gov.mv
24 November 2024
ޓްރާންމިޓް ވީ ގޮތަކީ ކޮބާ. ވީ ކިހިނެތް؟
ސަހަރޯއި
24 November 2024
ތިހުރި އިރުޝާދުތަކެއްދޯ އެކަމަކުވާ. ހަށިގަނޑު ނިވާކުރުމުން ޑެންގޫޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ. ތިޔަ ބަލިޖެހުމުގެ ފުރުސަތުކުޑަކުރަން މިޖެހެނީ އެހެންކަމެއްކުރަމުން ދުވަންހެންހީވަނީ.
ައެއިޑްސް
24 November 2024
އެއިޑްސް ޖެހިފައިވާ މީހުންގެ ތެރޭގައި އެންމެ ގިނައީ އުމުރުން 15-24 އަހަރާ ދެމެދުގެ މީހުންނެވެ.
ކަރަން އަރުޖުން
24 November 2024
ތިއަކީ ފެންނަ ނިސްބަތެވެ. ވަގަށް ސިއްރުން ރެއާއި ދުވާލު ހިންގަމުންދާ "ސިއްރު ގުޅުން" ތަކުގެ ސަބަބުން ތި އަދަދު ތިއަށްވުރެ މާ ބޮޑުތަނުން މަތިވާނެކަމުގައި ބެލެވޭ. ރަށްފުށުގެ މީހުންވެސް ޓެސްޓް ކުރަން ފެނޭ.