ފުލުހުންގެ ވެހިކަލެއް ކައިރީ ޕޮލިހެއް --- ފޮޓޯ/މިހާރު
28 ނޮވެމްބަރ 2024 - 12:08
މަންމަ އަށް ބިރު ދައްކައި އަނިޔާކޮށްގެން ގަދަކަމުން ފައިސާ ހޯދާ މައްސަލައިގައި ފެމިލީ ކޯޓުން ނެރުނު ރައްކާތެރިކަމުގެ އަމުރާ ހިލާފުވެ އެ އަމަލުތައް ތަކުރާރުކުރި ދަރިއަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ މީހެއް ކަމަށްވާ އިބްރާހިމް ނިމާޒް އެވެ.
އޭނާ ހައްޔަރުކޮށް ކްރިމިނަލް ކޯޓުން ބަންދަށް ހަތް ދުވަސް އިތުރުކޮށް ނެރުނު އަމުރުގައި ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ އަމުރާ ހިލާފުވެ، މަންމަ އަތުން ގަދަކަމުން ފައިސާ ހޯދަން އުޅެ، ބިރު ދައްކައި، ގައިގައި ޖަހައި މާރާމާރީ ހިންގާފައިވެ އެވެ.
އެހެންވެ ފަނޑިޔާރު ނިންމަވާފައިވަނީ މުޖުތަމައުގެ ސަލާމަތާ ރައްކާތެރިކަމަށްޓައި އެ މީހާ ބަންދުގައި ބެހެއްޓުމަށެވެ.
މިދިޔަ މަހު ވެސް ވަނީ މަންމައަށް އަނިޔާކޮށް، މަރުގެ އިންޒާރުދީ ފޯނު ފޭރުނު ދަރިއަކު ހައްޔަރުކޮށްފަ އެވެ. ފެމިލީ ކޯޓުން ކުރިން ބުނެފައިވާ ގޮތުގައި މައިންބަފައިންނަށް ދަރިން އަނިޔާކުރުން ފަދަ މައްސަލަތަކުގައި ރައްކާތެރިކަމުގެ އަމުރަށް އެދޭ މިންވަރު މި ފަހަކަށް އައިސް ވަނީ އިތުރުވެފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާތި
28 November 2024
މިމީހުންނާ ދިމާލަށް އިނގިލި ދިއްކުރަން ވަރަށް ފަސޭހަ. އަދި ކުރަންވެސް ޖެހޭ، ބޮޑެތި އަދަބުވެސް ދެވެންޖެހޭ. އެނޫން ވާހަކައެއް ނޫން. އެކަމަކު މިކަހަލަ ދަށު ދަރަޖައިގެ އަމަލުތައް މުޖުތަމައުގަ ގިނަވަމުންދާ ދިޔުމަކީ އަހަރެމެން އެންމެންގެވެސް ވެެއްޓުންކަންވެސް ވިސްނާލަން ޖެހޭ. މުޖުތަމައުގައި މިކަހަލަ އެތައްކަމެެއް ދުވަހެއް ދުވަހަކަށް އިތުރު ވަމުން މިދަނީ ކީއްވެ؟
ބަލަ
28 November 2024
ތިކަހަލަ މީހުން އަޅު މަސައްކަތަށް ނެރެންވީ. މުސާރަ ދޭނެކަމެއް ނެތް. ކޭމާ ނިދާނެ ތަނަކާ ދީފަ މައިންބަފައިންނާ ދުރުގަ ބަހައްޓާ. ކޮން އަމުރެއްތަ! ކަލޭމެން ފިނިކޮޓަރީގަ ތިބެގެން ނެރޭ އަމުރަށް ކިޔަމަށް ވާވަރަށް ވުރެ ވިޔާނުދާ ބައެއް އެއީ. އެހެންވެދޯ ވިހޭ އަމާ ނުދަންނާނީ. 'ރައްކާތެރިކަމުގެ އަމުރު' މައިފުޓް!
ހާސަރު
28 November 2024
ހަފްތާއެއް ނުވަނީސް އަނެއްކާ ނުކުންނާނެ! މައިންބަފައިންނަށް އަނިޔާކުރާ ތިކަހަލަ %100 މީހުން ވާނީ ޑްރަގްއާއި ގުޅޭ މީހުނަށް . ފޮލިހުގައާއި ކޯޓްތަކުގައި އެރިކޯޑްތަށްވެސް ހުންނާނެ . ތިކަހަލަ އެންމެން ދިގުމުއްދަތަކަށް މުޖްތަމައުން އެއްކާރި ނުކޮށް ކިހިނެއް އާއްމުން ދިރިއުޅޭނީ!؟
ބާބް
28 November 2024
ބަހައްޓަބަލަ ތިކަހަލަ މީހުން އުމުރަށް މުއްދަތު ޖަހާފައި. ހާދަ ނުލަފާ ނުބައި ވެގެންނޭ ކޮންމެ ހާލަތެއްގައިިވެސް މަންމަޔަށް އަނިޔާ ކުރާނީ.