ނިމާ: އޭނާ ބުނީ ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދެވޭ އިރު ރަށު ޓީމަށް ކުޅެން ދޫކުރަން ޖެހޭ ކަމަށް --- ފައިލް ފޮޓޯ: އެފްއޭއެމް
28 ނޮވެމްބަރ 2024 - 14:31
އީގަލްސްއިން ކުޅުންތެރިންނަށް ބަރާބަރަށް މުސާރަ ނުދެވޭއިރު ރަށު ޓީމަށް ކުޅެން އެ ކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭ ކަމަށް، އެ ކްލަބްގެ ކުރީގެ އެސިސްޓެންޓް ކޯޗު އަހްމަދު ނިމާދު (ނިމާ) އިލްތިމާސް ކޮށްފި އެވެ.
މިހާރު ކުރިއަށްދާ ގޯލްޑް ކަޕްގައި ކުޅުން، އީގަލްސްއިން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މަނާ ކޮށްފަ އެވެ. އެ ޓީމުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) އޭނާގެ އުފަން ރަށް، ބ. އޭދަފުށީ ޓީމަށް ކުޅެން ދޫކޮށް ދިނުމަށް އެދި އެ ރަށު ކައުންސިލުން ފޮނުވި ސިޓީ އަށް އީގަލްސްއިން ދިން ޖަވާބުގައި ބުނެފައި ވަނީ ގޯލްޑް ކަޕަކީ ރާއްޖޭގެ ފުޓްބޯޅަ އަށް އަދި ކުޅުންތެރިންނަށް ވެސް އެއްވެސް ފައިދާއެއް ވާނެ މުބާރާތެއް ނޫން ކަމަށެވެ.
ނިޝާމް އޭދަފުށީ ޓީމަށް ދޫކުރާނީ އޭނާގެ ރލީޒް ފީގެ ގޮތުގައި 200،000.ރ ދިނުމުން ކަމަށް އީގަލްސްއިން ވަނީ ބުނެފަ އެވެ.
އީގަލްސްގެ އެ ސިޓީއާ ގުޅިގެން "މިހާރު" ގައި ޖެހި އެ ޚަބަރު، ފޭސްބްކްގައި އަމިއްލަ މީހަކު ޝެއާކޮށްފައިވާ ޕޯސްޓަށް ނިމާދު ވަނީ ކޮމެންޓް ކޮށްފަ އެވެ. އޭނާ ބުނީ އީގަލްސްގެ ކުޅުންތެރިން އެހެން ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ކުޅެމުންދާ ކަމަށެވެ.
"ކުޅެން ފުރުސަތު ދިނުން އެއީ މަ ދެކޭ ގޮތް. އެހެން ރަށްރަށުގައި އޮންނަ މުބާރާތުގައި ވެސް ތިބުނާ ކުޅުންތެރިން ކުޅެމުންދަނީ،" ނިމާގެ ކޮމެންޓްގައި ލިޔެފައި ވެ އެވެ.
"ބަރާބަރަށް މުސާރަ ނުދެވިގެން އުޅޭއިރު އަދި (އަމުދުން) ކުދިންގެ އަމިއްލަ ރަށްރަށަށް ކުޅުމުގެ ފުރުސަތު ދޭން ޖެހޭ. މިވަގުތަކީ މާލޭގައި ލީގެއް ވެސް އަދި އެފްއޭއެމްގެ އެހެން މުބާރާތެއް ވެސް ހިނގަމުންދާ ދުވަސްވަރެއް ނޫން."
މާޒިޔާ ފިޔަވައި، ރާއްޖޭގެ އެއްވެސް ކްލަބަކުން ބަރާބަރަށް ކުޅުންތެރިންނަށް މުސާރައެއް ނުދެ އެވެ. އަންނަ ޖެނުއަރީގައި އާ ސީޒަން ފަށާނެ ކަމަށް އެފްއޭއެމުން ކްލަބްތަކަށް އަންގާފައި ވުމުން އިއްޔެ ޕްރީ ސީޒަންގެ ޕްރެކްޓިސް ފެށި މާޒިޔާއިން ވަނީ އޮފް ސީޒަންގައި ވެސް ކުޅުންތެރިންނަށް މުސާރަ ދީފަ އެވެ.
އީގަލްސްއިން އޮފް ސީޒަންގައި މުސާރަ ނުދެ އެވެ. އަދި ސީޒަން ތެރޭގައި ވެސް ބަރާބަރަށް މުސާރަ ނުދޭ މައްސަލަ ފެންތި ވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުނޑުހަސަނު
30 November 2024
ކަންމަތީ ކްލަބް ސިސްޓަމް ރާއްޖޭގައި އުވާލަންޖެހޭ. ކްލަބްތައް ނިސްބަތްވާވީ ރަަށްރަށަށް. ގްރޭޓަރ މާލެ ސަރަޙައްދުން ތިން ކްލަބެއް ހެދިދާނެ. އެއީ މާލެ، ހުޅުމާލެ އަދި ވިލިމާލެ. މިފަދަ ކްލް ސިސްޓަމަކުން ނޫނީ ރާއްޖޭގެ ފުޓުބޯޅައިގައި ފޯރި ހިއްޕާލެވޭނެ ގޮތެއް ނޯންނާނެ. އެކަން މިހާރު ވެސް މިދަނީ ފެންނަމުން. މިވަގުތަކީ މިފަދަ ބަދަލެއް ގެނެއުމަށް އެފްއޭއަށް ފުރުސަތު ލިބިފައި އޮތްވަގުތެއް. ކަންމަތީ ކްލަބްތަކަށް ދިވެހިލީގުގައި ނުކުޅެވޭގޮތް ހަދަންވީ.
އަތޮޅު
28 November 2024
ވ.ރަގަޅު ވާހަކަ އެއްތީ. ޒާތީކަމެއް ހެން ހީވަނީ. އަމިއްލަ ރަށަން ހުއްދަ ނުދީ އެހެން ރަށްރަށަން ހުއްދަދޭ އެއީތޯ ރަގަޅު ޓީމްތަކުގެ ގޮތަކީ. އަދީ އަތޮޅު ތަކުގެ ބައެއް ރަށްރަށުގެ ވެސް އޮންނަކަމެއް.
އިއްބަ
28 November 2024
ނިމާތިބުނީ ވަރަށްވެސް ތެދު ވާހަކައެއް ފުޓުބޯޅައެގޭމީހަކު މިކަމާ ދެކޮޅެއް ނުވާނެ އަމިއްލަ ރަށް ތަމްސީލު ކުރަން ކުޅުންތެރިޔާއަށް ފުރުސަތު ދިނުން މީކުޅުންތެރިޔާއަށާ ޓީމަށްވެސް ފަައިދާކުރާނެކަމެއް މިވަގުތަކީ ރާޖޭގެ ފުޓުބޯޅަ ހީނަރުވެފައިވާވަގުތެއް މިހާރު ކުރިއަށްދާ މުބާރާތުން އީގަލްސް އަށްވެސް ކުޅޭނެ އެތައްކުޅުންތެރިންނެއް ލިބިދާނެ