އެމްއޭސީއެލްގެ އުޅަނދުތަކެއް ރަންވޭގައި. ސީޓުއެއާ ކާގޯ ހިދުމަތުން 1،000 ޓަނުގެ މުދާ އެކްސްޕޯޓު ކޮށްފައިވޭ -- ފޮޓޯ: މިހާރު
02 ޑިސެމްބަރ 2024 - 22:07
ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ފޯރުކޮށްދޭން ފަށާފައިވާ ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް ހިދުމަތުގެ ތެރެއިން 1،000 ޓަނުގެ މުދާ މިހާތަނަށް އެކްސްޕޯޓުކޮށްފި އެވެ.
އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނީ، އެ ހިދުމަތަށް ވާޖިން އެޓްލާންޓިކް ގުޅުމާ އެކު ސީ ޓު އެއާ ކާގޯ ހިދުމަތުގައި މިހާރު 12 އެއާލައިން ހިމެނޭ ކަމަށެވެ. ވާޖިން އެޓްލާންޓިކްގެ އިތުރުން އެ ހިދުމަތް ފޯރުކޮށްދޭ އެއާލައިންތަކުގެ ތެރޭގައި ހިމެނެނީ ޓާކިޝް، ގަތަރު، އެމިރޭޓްސް، އިއްތިހާދު، އޭރޯފްލޮޓް، ނިއޯސް، ގަލްފް އެއާ، ޑިސްކަވާ، އޮސްޓްރިއަން، ކޮންޑޯ އަދި ބްރިޓިޝް އެއާވޭސް އެވެ.
ސީ ޓު އެއާ ކާގޯގެ ހިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ އެމްއޭސީއެލް އިން ރައްކާތެރިކަމާ އެކު އަވަހަށް ވައިގެ މަގުން އެކި މަންޒިލްތަކަށް ފޯރުކޮށްދޭން ފެށި ހިދުމަތެކެވެ.
މިއަހަރުގެ މެއި މަހުގެ ތެރޭގައި ފެށި އެ ހިދުމަތުގެ ދަށުން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކޮށްފައި ވަނީ ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑުމަގުން އެތެރެކުރާ ގާމެންޓް ޝިޕްމަންޓްތަކެވެ.
އެމްއޭސީއެލް އިން ބުނީ އާ އެއާލައިންތަކުން އެ ހިދުމަތް ދިނުމަށް ގުޅުމުން ވީއައިއޭގެ ކާގޯ ހިދުމަތް އިތުރަށް ފުޅާވާނެ ކަމަށެވެ. އެ ކުންފުނިން އެ ހިދުމަތާ އެކު އެއާޕޯޓުގެ ކާގޯ ހިދުމަތް ވަރަށް ބޮޑަށް ފުޅާވެފައިވާ ކަމަށް ވެސް ބުންޏެވެ.
ދުނިޔޭގެ ކާގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި ވެލާނާ އިންޓަނޭޝަން އެއާޕޯޓުގެ ހިއްސާ އޮތުމުގެ ފައިސާ އިގްތިސާދަށް ބޮޑު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕީޕަލް
04 December 2024
މީގެ އަސްލު ފައިދާ ވަނީ ދިވެހި ދައުލަތަށްތޯ ނުވަތަ އެހެން ދިމާލަކަށް ތޯ. ރާއްޖޭގެ ގިނަކަންކަން ހުރީ އެހެން....
ގޯކާގޯކާ
03 December 2024
މާނައަކީ ސަރުކާރުގެ ތިދެކުންފުނިން ފުރޭޓް ފޯވަރޑިންގުގެ ވިޔަފާރިތެރެއަށް މިއޮތީ ވަދެބާރުވެފައެވެ. ފުރޭޓު ފޯވަރޑިންގަކީ ކިހިނެތްހިނގާ ކޮންމަކެއްކަން ދަންނަމީހަކަށްނޫނީ މިހިނގާކަންތަކެއް ނުއިނގޭނެއެވެ.
ލޮލްޒ
03 December 2024
ފްރައިޓް ފޯވާޑިންގ ކުންފުނިތައް މިތާ ހިންގާތާ ކިތަންމެ އަހަރެއް. ހިންގަނީ ނަމެއްގަ. އެކްސްޕޯޓް އިމްޕޯޓް ކްލިއަރެންސާ ޑޮކިއުމެންޓޭޝަން މަސައްކަތް ކޮޅެއް އެކަނި ކޮއްލަނީ. ދުނިޔޭގޭ ނަން މަޝްހޫރު އެތައް ބްރޭންޑެއްވެސް މިތާ އުޅޭ. މުދާ އަތަށް ލިބޭއިރު އިންނަނީ ކަސްޓަމަރު ޒިންމާވާގޮތައް ޑެމަރޭޖު ޗާޖު އަރުވާލާފަ.
ހސބސބ
03 December 2024
ޢުތުރު ބަންކަރިން ނިމުނީތޯ