03 ޑިސެމްބަރ 2024 - 20:06
"އެމްއެމް ޓީވީ" ގެ ނަމުގައި ޗެނަލް ހިންގާ ކުންފުނިން ކުއްޔަށް ދޫކުރާ ފްލޯތަކެއްގައި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ހިންގަން އެވޯޑްކުރި މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ އެޖެންސީ އަށް ވަދެފި އެވެ.
އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ މައްސަލާގައި އޭސީސީން އެ އެޖްންސީ އަށް ވަނީ އިއްޔެ އެވެ.
އެ ފަރާތުން އެދުނު ހުރިހާ ލިޔެކިޔުންތައް ހިއްސާ ކޮށްފައިވާ ކަމަށް ހީނާ ވިދާޅުވި އެވެ.
އެންސްޕާ ހިންގަން ނެޝަނަލް ޓެންޑަ ބޯޑުގެ އުސޫލުތަކުގެ ތެރެއިން އިއުލާން ކޮށްގެން ތިން ފްލޯ ނަގާފައި ވަނީ ކުރީގެ މިނިސްޓަރު އަހުމަދު ތަސްމީން އަލީގެ އާއިލީގެ މއ. ސީރާޒީ ގެއިންނެވެ.
އެނގިފައިވާ ގޮތުގައި އެއީ އެމްއެމްޓީވީ ހިންގާ މޯލްޑިވްސް މީޑިއާ ހައުސް އިން ދިގު މުއްދަތަކަށް ނަގާފައިވާ ފްލޯތަކުގެ ތެރެއިން ތިން ފްލޯ އެވެ. އެމްއެމްޓީވީ ހިންގަނީ އޭގެ ތެރެއިން އެއް ފްލޯގަ އެވެ. ބާކީ ފްލޯތައް ވަނީ އެ ކުންފުނިން އެކި ފަރާތްތަކަށް ކުއްޔަށް ދޫކޮށްފަ އެވެ.
އެ މައްސަލާގައި ކޮރަޕްޝަންގެ އަމަލުތައް ހިމެނޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުމުން އެ މައްސަލަ މިދިޔަ ހުކުރު ދުވަހު އޭސީސީ އަށް ހުށަހެޅީ ވެސް އެންސްޕާ އިންނެވެ.
އެ އެޖެންސީން އޭސީސީގެ ރައީސް އާދަމް ޝާމިލަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކަމާ ގުޅޭ ފުރިހަމަ ތަހުގީގެއް ކުރުމަށް ފަހު، އެ ރިޕޯޓް ވީ އެންމެ އަވަހަކަށް އެ އެޖެންސީއާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
ނަމަވެސް އެންސްޕާ އިން އިއްޔެ ވަނީ އެމްއެމްޓީވީއާ އެކު ހެދި އެއްބަސްވުން ބާތިލް ކުރަން ނިންމިކަން އިއުލާންކޮށްފަ އެވެ.
"މި މުއާމަލާތާ ގުޅިގެން އެ ކުންފުނީގެ އަގު ވައްޓާލައި ބަދުނާމު ކުރުމަށް ހަގީގަތާ ހިލާފު އެތައް ވާހަކަތަކެއް ދައްކައި، މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތައް ފަތުރަމުން ދިއުމުގެ ސަބަބުން އެ ކުންފުންޏަަށް މާއްދީ ގޮތުންނާއި މައުނަވީ ގޮތުން ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމާ ކުރިމަތިވެފައި ވާތީ، މި އެއްބަސްވުން ނިމުމަކަށް ގެނައުމަށް އެ ކުންފުނިން ވަނީ ހުށަހަޅައިފަ އެވެ،" އެންސްޕާ އިން އިއްޔެ ނެރުނު ބަޔާނުގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހީނާ
04 December 2024
ދަރިފުޅާ ދެން އިސްތިއުފާދީ ތިޔަ ތަނުން. ނުވިއެއްނު. އަބަދު ތިޔަ ޖެހެނީ ޑިފެންސަށް ކުޅެން.
ސަދަނީ
04 December 2024
އެސީސީގެ ރައީސް އަކީ ތިޔަ ކޮރަޕްޝަން ހިންގަދޭން މަގާމު ދީފަހުރި މީހެއް
މިފްތާހް
04 December 2024
މިސަރުކާރުން އެއްވެސް ކަމެއް ނުފޮރުވާނެ.
އޮނަރަބްލް އަފީފު ދީދީ
04 December 2024
ކަޑައެޅިގެން ދައުލަތަށް ގެއްލުންވާގޮތަށް (އެތަންތަނަށް މަހުން މަހަށް ދައްކާންޖެހޭ ފައިސާ ނުދެއްކިޔަސް އެންމެ ރަނގަޅުކަމަށް ބަލާފައި) ކ.އަތޮޅު މާލޭ މީހުން ވަންނާނެ ތަނެއް ނެތް ކަމަށް ބުނެ (ކަމުގެ ޙަޤީގީ ހާލަތު ދެނެގަނެވޭނެ އެއްވެސް ދިރާސާއެއް ނަގަދާ ގޯއްޗާއި އުސް އިމާރާތް ހުރި މީހުނަށްވެސް ފްލެޓް ދީފައި އެބަހުރި) މާލޭ މީހުން އާމްދަނީ ހޯދާނެ ވަސީލަތެއްގެ ގޮތުގައި ފުލްޓްދޭއިރު ސަރުކާރު އޮފީސް ހިންގާނެ ޓަވަރު ނަގަދަނީވެސް މިކަންކުރަންވެގެން ނޫންތޯ؟!
އަފްރާސިޔާބު
03 December 2024
ކޮބާހޭ ތަނެއް ކުއްޔަށް ނެގުމުން އޭސީސިން ޖައްސާ މައްސަލައަކީ. ތިޔައީ ހަމަ ރަނގަޅަށްވެސް ދެފުށް ފެންނަ ގޮތަށް ނަގާފައިވާތަނެއްވީމާ މައްސަލައެއް ނެތޭ. މައްސަލަ އޮތީ ތިޔަ މައްސަލަ ފެންމަތިކުރި ބަޔެކޭ.
ޒުއިމް
03 December 2024
އޭސީސީގެ ވެރިން އިސްކުރަނީ ކާކުތޯ؟ އޭސީ ގެ ބަދަލުގަ މިހާރު ތިތަނަށް ކިޔަނީ އެމްއެމްސީ.
ސަމްގާ
03 December 2024
އެމްޑީޕީގެ ދުވަސްވަރު އެސަރުކާރުގެ އެއްވސްކަމެއް އޭސީސީއަކަށް ނުފެނުނެވެ. ވެރިކަން ނިމެން ދެހަފްތާއަށް ވީތަނާ ކުއްލިއަކަށް އެސީސީ ނިދިން ހޭލައިގެން ކުޅެންފެށީ ޑްރާމާއެވެ. މިހާރުވެސް ތިޔަކުރަނީ އެއްކަމެކެވެ. ތިޔަ އެސީއަކީ ރާއްޖޭގެ މިހިނގާ ފަސާދައާއި ކޮރަޕްޝަންގެ އަސްލޭވެސް ބުނުން ދޮގަކަށް ނުވާނެއެވެ.
ބައްޕަ ލިޔުނު ބުހުތާން
03 December 2024
ދެންފަހެ މިކޮނިޝަނުން ބެލިބެލުމުން އެނގުނީ އެއީ ހެޔޮނިޔަތުގައި ކޮއްފައިވާ ނުރަނގަޅު ކަމެންކަމެވެ އެކަމުގައި ހެވެން އަދި ނުބައެއްވެސް ނެތްކަމެވެ. އަދި ހެޔޮނިޔެތުގައި ތިރީސް ހަތަރުމިލިޔަން ދިނުމުން އެފައިސާ އަދި މިފައިސާ އެއިން ރަނގަޅު މަންފާއެއް ހޯދުމަށް ނަސޭހަތްތެރިވެ މައްސަލަ ނިންމީމެވެ ! #
ޖަުލީ
03 December 2024
އެސީސީ އަކީ ކިހިނެއް އޮފަރޭޓްވާނެއް ކަން އެއްމެންނަށް ވެސް އެގޭ
ޒާަ
03 December 2024
އޭސީސީބޮލަށް ޖަހާގެން ފުލެޓްތަކަށް ހެދިހެން ތިކަމުން ރެކެށް ތި އުޅެނި.