ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް: ދުންފަތާ ދުރުވާން އެހީވުމަށް އާސަންދަ ލިބޭނެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
05 ޑިސެމްބަރ 2024 - 13:06
ދުންފަތުގެ އިސްތިއުމާލު ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން އެހީވުމަށް އާސަންދަ ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ދުންފަތާ ދުރުވުމަށް އެހީވުމަށް ޓޮބޭކޯ ސިޒޭޝަން ކްލިނިކް ގާއިމްކުރަން މިދިޔަ އަންގާރަ ދުވަހު ކެބިނެޓުން ވަނީ ނިންމައިފަ އެވެ.
ހެލްތު މިނިސްޓަރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ ދުންފަތުން ދުރުވުމަށް ބޭނުންވާ މީހުންގެ ފަރުވާގެ ކަންކަން އާސަންދައިން ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ދުންފަތް ބޭނުން ކުރުމަށް އާދަވެފައިވާ މީހުން އެކަމުން ދުރުވާން ބާރުއެޅުމުގެ ގޮތުން ނިކޮޓިން ޕެޗާއި ގަމް ފަދަ ތަކެތި އާސަންދަ މެދުވެރިކޮށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
ސިޒޭޝަން ހިދުމަތް މުޅި ރާއްޖޭގައި ފެށުމަށްޓަކައި ބަޖެޓް ހަމަޖައްސާފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ އެކަމަށް ބޭނުންވާ މީހުން ތަމްރީން ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މިނިސްޓްރީގެ އަމާޒަކީ ކުރިއަށް އޮތް ދެތިން މަސް ތެރޭ ހުރިހާ ރަށަކުން އެ ހިދުމަތް ލިބޭނެ ގޮތް ހެދުމެވެ.
ދުންފަތާ ދުރުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ދިނުމުގެ ގޮތުން ސިޒޭޝަންގެ ހިދުމަތް މާލޭގައި ދެނީ ތިން ހޮސްޕިޓަލަކުންނާއި ދަމަނަވެށިންނެވެ. އަދި މިހާރު އަތޮޅު ތެރޭގެ 48 ރަށަކުން އެ ހިދުމަތް ލިބެ އެވެ.
މީގެ އިތުރުން އެކަމަށްޓަކައި ހާއްސަ ހޮޓްލައިނެއް ވެސް ހެލްތު މިނިސްޓްރީން ވަނީ ގާއިމްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެނޯ
06 December 2024
ވަކި ބައްޔަކަށް ފަރުވާކުރަންޖެހެނީ ދުންފަތުގެ ސަބަބުންކަން ޔަގީންކުރެވިގެން ބޭސްކުރަންޖެހޭ މީހުންނަށް އާސަންދައިން މަދުކުރަންވީނު. އެމީހުންނާ ހެދި އެހެން އެތައް ބައެއްގެވެސް ސިއްހަތަށް އެބަ ގެއްލުންވޭ.
ގަސީރު
06 December 2024
ބަލަ ބަޔަކު އަމިއްލަ އަށް ބޯންފެށި އެއް ޗެއް ހުޓަން ނުޖެހޭ ސަރުކާތުން ހަރަދު ކުރާކަށް. އަދިވެސް ސިގިރެޓުން ނަގާ ޓެކްސް ބޮޑުކޮށް އާންމުން ކުރިމަތީ ބޯމީހުން ޖޫރިމަނާ ކުރަން ވީ. އޭރުން ރިހެބްލިޓޭޝަން އަމިއްލަޔަށް ވާނެ.
އެސްމާ ކެންސަރ މިސްކެރިޖް
06 December 2024
ދުންފަތް ބޯ މީހާއަށާއި އެމީހާ ވަށައިގެންވާ މީހުންނަށް ދުންފަތުގެ ސަބަބުން ޖެހޭ ބަލިތަކަށް އާސަންދައިން ބޭސްކުރުމަށް ވުރެ އެމީހުން އެކަމުން ދުރިހެލިކުދުމަށް ދޭ ފަރުވާގެ އަގު އެތަށް ގުނައެއް ކުޑަ.
އޖބހ
06 December 2024
ހަމަ އެއްޗެއްފަޅާލީއޭ ..2019 ގަ ބޭސިޓީ މިއައް ޕޯސްޓު ކުރެވޭނަމަ ކޮއްލީމުސް އަހަރެން ޕެޗް ނެގީއާސަންދައިން އޭރުގަވެސް މިއަދު ތިކަމުންދުރުވެ މިހުރީ އޭރުނެގި ފަރުވާއެކު ކުޑަހިއްވަރެއް ކޮއްލާގެން. ޕެޗުދިނިން ރައްޓެއްސަކައް ވެސް އޭނައައްނުވީ ހިވަރެއްނެތުނީމަ
ފުދިއްޖެ
05 December 2024
ދުންފަތާ ދުރުވާނެ ކުރާ ފަރުވާޔަށް 34 މިލިޔަން ޚަރަދުވެއްޖެ.
123321
05 December 2024
ބަޔަކު އަމިއްލަޔައް ކުރާކަމަކުން ދުރުކުރުމައް އާސަންދަ ދޭއިރު، އަހަރެމެން ލޮލުގައަޅާ ނަމްބަރު އައިނު އެއްކޮއް އާސަންދައިން ކަވަރ ކޮށްނުދެނި ކީއްވެ
ހުސެންފުޅު
05 December 2024
ތީ ޙައްލެއްނޫން، އާސަންދައިން އެއްކޮށް ކަވަރުކޮއްފިނަމަ އައިނު ހައްދާތަނުން ދުނިގަނޑެއް ލިބޭނީ 50 ހާހަށް. ފެމުނު އުޅެނީ ހަމައެކަނި ކަނޑާ މޫދަކު ނޫނޭ، އެއްމުގަވެސްއުޅޭ.
ލޮލްް
05 December 2024
ދުންފަތަކީ އަމިއްލައަށް ބޯ ބޮނޑިއެއް ..މީގެން މިންޖުވާށޯ ކިޔައިގެން އާސަންދަލިބޭ..މީހާގެ އުފެދުމުގަ އަރިއަށް ހުންނަ ވިސްޑަމް ޓޫތް ވަރިހަމަ އިންފެންޓް ވިޔަސް އެ ނަގަން އާސަންދަ ނުލިބޭ...
ނޫސަންގު
05 December 2024
ތިއަށްވުރެ މާ ރަނގަޅެއް ނުން ރާއްޖޭގައި އައިނު އަޅާ ކުދިން އިތުރުވާ ނިސްބަތް ދިރާސާ ކޮށް އެކަމަށް ބެލެނިވެރިންގެ ހޭލުންތެރިކަން އިތުރުކޮށް ގައުމީ ފެންވަރެއްގައި އެ ނިސްބަތް ދަށްކުރެވޭނެ ގޮތްތަކެއް ހޯދިއްޔާ. ލޮލުގެ ސިއްޙީ ދުޅަހެޔޮް ކަމަކީ އޭގެ ފައިދާ މުޅި ޢުމުރަށް ކުރާނެ ކަމެއް.
އަބްދުލް ވާހިދު
05 December 2024
މިކަމުގައި ސަރުކާރުގެ އިހްލާސްތެރިކަން މިފެންނަނީ. ވަރަށް ތާއިދު
ގަބޭ
05 December 2024
ބޮޓުންތަކަށް ހޭލެވިއްޖެ.
އަހްމަދު އަފްޒަލް
05 December 2024
މީގެ ސަބަބުން ދުންފަތް ހުއްޓާލަން ބޭނުންވާ މީހުންނަ ގޮތްވަރެއް ލިބޭނެ