އޮގަރު ވަހީދު
08 ޑިސެމްބަރ 2024 - 13:29
ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ ނައިބު އިބްރާހިމް ވަހީދު (އޮގަރު ވަހީދު) އާ ހަވާލުކޮށްފި އެވެ.
އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް މި މަހުގެ ފަސްވަނަ ދުވަހު ފޮނުވި އިންޓާނަލް މެމޯއެއްގައިވާ ގޮތުން އެ މަސައްކަތްތައް އޭނާއާ ހަވާލު ކުރެއްވީ ދިވެހި ބަހުގެ އެކަޑެމީގެ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުންނެވެ.
އެ މެމޯގައި ބުނީ މިދިޔަ މަހުގެ 26 އިން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓާނީ މިނިސްޓަރުގެ ނައިބު އޮގަރު ވަހީދެވެ.
"ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް ހަރުދަނާކުރުމުގެ ގޮތުން 26 ނޮވެމްބަރުން ފެށިގެން ސިޔާސީ ވެރިއެއްގެ ހައިސިއްޔަތުން މަސައްކަތްތައް ހިންގާ ބަލަހައްޓަވަނީ މި ވުޒާރާގެ މިނިސްޓާ އޮގް ދިވެހި ލޭންގުއެޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ނައިބް އަލްފާޟިލް އިބްރާހިމް ވަހީދުގެ ލަފާގެ ދަށުން ކަމުގައި ހުރިހާ މުވައްޒަފުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ،" މެމޯގައި ވެ އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ މަސައްކަތްތައް އޮގަރު ވަހީދުގެ ލަފާގެ ދަށުން ހިންގުމަށް ހަވާލު ކުރެއްވިއިރު، އެ ތަނުގެ ރައީސްގެ މަގާމުގައި ހުންނެވީ ޑރ. އަޝްރަފު އަބްދުއްރަހީމް އެވެ. އެކަމަކު އަޝްރަފްގެ މަތިން ބޮޑެތި ޒިންމާތަކެއް އޮގަރު ވަހީދާ ހަވާލު ކުރެއްވި ސަބަބެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް1
10 December 2024
ވެރީ ސަސް ކެރެކްޓާރ! ދިވެހި ބަހުގެ އެކެޑަމީއަށް ބުނެލަންއޮތީ ގުޑްލަކްއޭ!
ކަރަދުއިބްރާހީމް
09 December 2024
ޑރ އަޝްރަފް އަކީ ސަންޝިޔާމްގެ ބަރީޑެއް ވީމާ ، ވީގޮތެއްބާ ؟ އޮގަރު ވަޙީދަކީ ދެރަ ބޭފުޅެއްނޫން ވަރަށް ގިނަ ބަސްބަސް އެނގޭ ބޭފުޅެއް ، ވަރަށް އުސޫލީ ބޭފުޅެއް ، އެކުގާ އުޅެން ނޭނގިއްޖެއްޔާ ކަލޯ ފަސޭހައެއް ނުވާނެ ، އޮގަރު ވަޙީދުއާ އެކަޑަމީ ހަވާލުކުރުމަކީވެސް ވިސްނުމެއްގެ ތެރެއިން ކުރިކަމަކާ ވައްތަރީ ، ޑރ އަސްރަފް ވަށައިގެން ބޮޅެއް ތިއެޅީ ، އޭގެ ތެރޭގަ ދެން އޮޕަރޭޓްކުރުވާނީ . މީސިޔާސީ ކަމަކަށް ނުވެއްޖެއްޔާ އަލްޙަމްދުލިއްލާޙި ޝުކުރު
ޗައްޕޫޗިއްޕޫ
09 December 2024
އޭ ޗުއްޕޫ! މި ލަވަ ކިޔާބަލަ
އޭނަ
09 December 2024
މިނިސްޓަރަށް ވާނުވާނޭގެއޭ ކިޔާއަޑުއިވޭ. އެތަނުގަ އެކްޓިންގ ޕީއެސް އާދެކޮޅަށް އެތަނުގެ %90 މުވައްޒަފުން ޕެޓިޝަނެއްލާފަވަނިކޮށް ރައީސްއޮފީހުގަ އޮތް އިވެންޓެއްގެ ޕޯޑިއަމަށް އެމަންޖެ އަރުވައިގެން ހަޑިހޭވިތަންވެސް ފެނުނު. މިނިސްޓަރ އާދަމް ނަސީރަކީ އަމިއްލަޔަށް އެއްވެސް ނިންމަން އެގޭމީހެއްނޫން. ޅެމެއްހަދަން އެގުމަކީ އަދި މިނިސްޓްރީއެއް ހިންގަން އެގޭމީހަކަށް ނުވާނެ،
ނިންޖަ
09 December 2024
އަސްރަފު ހާދަ ކުޅަދާނަ ދޯ ކޮމެންޓު މަޒުމޫނަށް
ބަދީއުލް އަޖައިބް
08 December 2024
ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމަކަށް މިނިސްޓަރ ގޮންޖެއްސެވުމަކީ ބަލައިގަނެވޭނެ ލަމެއް ނޫން. ރައީސް އަށް ތިޔަކަން އެނގިވަޑައިގެންފިނަމަ ކޯފާވާނެ.
އުއްތަމަ އުސްތާޛް
08 December 2024
ސުވާލަކީ އޮގަރު ވަހީދަކީ ދިވެހި ބަހުގެ އެކަޑަމީގެ މެންބަރެއް. އޭނާ އެތަނަށްލީ ރައީސުލްޖުމްހޫރިއްޔާ. އެތަނުގެ ޤާނޫނުގެ ދަށުން އެހެރީ ޑރ.އަޝްރަފް ރައީސްއަކަށް ޒުލްފާ ނާއިބަކަށް އިންތިހާބުކޮށްފައި. ދެން އެމީހުންގެ މައްޗަށް އެތަނުގެ އާދައިގެ މެންބަރެއް ވަލުދޮރާށިން ވައްދައިގެން ބަސް ކިއިދާނެކަމަކަށް އަޅުގަނޑެއް ނުދެކެން. މިއީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފް ނިންމުމެއް . މިނިސްޓަރ އަވަހަށް ވިސްނަވާފައި ބަދަލުކުރައްވާ.
ޒަރީރު
08 December 2024
އޮގަރު ވަހީދަކީ ވަރަށް ހަރުދަނާ ހިންގުންތެރި ރަނގަޅު ބޭފުޅެއް.
ލީލީމާ ގެމަނަފުށި
08 December 2024
ބަދަލު ވާންވާނީ ހެޔޮބަދަލަކަށް. މިހާރު މިސްކިތު ވަކަރު ކަމަކުނުދާނެ އުދުނު ޖަހާކަށްވެސް
ހަމްދާ
08 December 2024
ދިވެހި ބަހުގައި އިނގިރޭސި ބަސް ހިމެނުން ކައިރި
ހިންދީ
09 December 2024
ކޮންތާކު! މިސުރުގަ އައްލާމާ އިގުބާލުގެ މޮޅުކަމުގެ ވާހަކަ ދައްކާނީ!
ކަނބިލި
08 December 2024
ސުބުހާނަﷲ. އެކަޑަމީގެ މުވައްޒަފުންގެ ދުވަސް ތިޔަ ދިޔައީ. މީހުން ގެންގުޅެން ނޭގޭ " މަމޮޅު" މީހުންނާ ތަންތަން ހަވާލުކޮށްގެން ހަފުސްވާނީ