ޖަންގްޝަނަކަށް ކައްކާފަ ބާކީ ހުންނަ ތެލާއި ނަޖިސް އެޅޭ ގޮތަށް ހަދާފައި ހުރި ސަރަހައްދު.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
16 ޑިސެމްބަރ 2024 - 14:51
މާލޭގެ ރޯޝަނީ މަގުގައި ހަދާފައިވާ ޖަންކްޝަނެއްގެ ތެރެއަށް ތެލާއި އެކި އެއްޗެހި އެޅޭ ގޮތަށް ހަދާފައިވާ މައްސަލައެއް ބޮޑުވެ އެކަން ކުރި މީހާ ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
ކައުންސިލުން ބުނީ ހެންވޭރުގައި، މި މަގު އޮންނަ ސަރަހައްދުގައި އުޅޭ މީހުންނަށް އެކަމުގެ އުނދަގޫ ބޮޑުވެ ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ކައުންސިލުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ ކައްކައި ބާކީވެފައި ހުންނަ ތެލާއި އެ ނޫން ވެސް ހަޑިއެއްޗެހި އެޅޭގޮތަށް ހަދާފައި ހުރުމުން ޖަންކްޝަން ބެދި ވަރަށް ބޮޑަށް ނުބައި ވަސް ދުވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
ކައްކައި ބާކީވެފައި ހުންނަ ތެލާއި ހަޑި އެއްޗެހި ޖަންކްޝަނަށް އެޅޭ ގޮތް ހަދާފައި.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
އެކަން ކުރި މީހަކު ހޯދައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ.
މާލޭ ސިޓީ ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ވިދާޅުވީ އެ މީހަކު އަދިވެސް ދެނެގަނެވިފައި ނުވާ ކަމަށެވެ.
މިފަދަ "ޒިންމާދާރުކަން ކުޑަ، ނާތަހުޒީބު އަމަލުތައް ނުކުރުމަށް" ކައުންސިލުން އިލްތިމާސްކޮށް ބުނެފައިވަނީ މާލެ އަކީ ސާފުތާހިރު ހިތްފަސޭހަ ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
ކައްކާފައި ބާކީ ހުންނަ ތެލާއި ނަޖިސް ޖަންކްޝަނަށް އެޅޭ ގޮތަށް ހަދާފައި ހުރީ މި ގޯޅި ކުރިމަތީގައި. -- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ކައުންސިލުން އާންމު ކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ޖަންކްޝަން ހަދާފައި ހުރީ ގެތަކެއް ހުންނަ ގޯޅިއެއްގެ ކުރިމަތީގަ އެވެ.
ރޯޝަނީ މަގަކީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލު ކޮށްގެން މާލެ ސިޓީ ކައުންސިލުން ޖެނުއަރީ 26، 2020 ގައި ފަށައި ޑިސެމްބަރު 27، 2021 ގައި އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަރީމްބެ
18 December 2024
ރަނގަޅު އަދަބެއް ދޭންވާނެ
ައަދުރޭ
17 December 2024
462 މިއަން ރުފިޔާ ކޮންކަމަކަށް ޚަރަދުކުރީ. ވައްކަންކުރުންނޫންކަމެއް ނުކުރާނެ. ދައުލަތުގެ މީހުންވެސް މިތިބީ ވައްކަމަށް ބަުތަކައިފަ. މިކަމުން ސަލާމަތްވޭތޯ ވެއްޖެއެއްނު ދެއަތްއުފުލައި މިއަންނަ ހުކުރުދުވަހު އެންމެން ދުޢާކުރަން. ވައްއަކމުގެ ބަލިން މިގަުއމު ސަލާމަތްކުރައްވާތޯ
ވޭޕް
17 December 2024
ތެޔޮ އެތެރެކޮށް ވިއްކުން މަނާ ކުރަން ފެނޭ. ބޮޑެތި ޖޫރިމަނާ ތަކާއިއެކު. ވ ހަށިގަނޑަށް ގެއްލުންވެސް ވާ އެއެޗެއް ތެލަކީ - ޑަކްޓަރުން ބުނޭ
ލުބޯ
17 December 2024
މި ހިރީ ސަދޫމު ސިޓީގައި ކަންހިގާނެބގޮތް. ކާނުން ލޯ ވަޅު އަޅައިގެން ކާނަށަ ނަޖިސް ބޭރުކުރީމާ ހަބަރުގައި މި އޮންނަނީ ހޯދާވާހަކަ. ކޮންމެ ވެސްސަބަބަކާއި ހެދި ރާވައިގެން މީ ކޮންގެއްކަން ނުބުނަނީ.
ާކުށްބެ
16 December 2024
ހޮޅި އެޅި މީހާރަ އަދިވެސް ހޯދަންވީ. ތިހޮޅި ބަންދުކޮށްބަލަ. ނިމޭއިރު ހޮޅިން ފޭބި ނަޖިސްތައް ކުށްވެރިވާނީ.
ކުރުވިމީހާ
16 December 2024
ކަން ކުރި މީހާ ހޯދާ، އެއްގޮތަކަޢްވެސް މިކަން ކުރުވައި އަދި މިކަމުން މަންފާ ލިބިގެން ތިބި މީހުން ހޯދަން އުޅޭނެކަމެއް ނެތް.
ފެހެންށާ
16 December 2024
ހޮޅިއަށް އުނގުރިއެއް ޖަހާފަ ތިބޭ މަރާމާތު މަސައްކަތެއް ކުރަނީ ކާކުތޯ ބަލަން.
ކޮރަލް
16 December 2024
އަލުން ހަދާފައިވާ މަގެކެވެ. މަގު ހަދަން 462 މިލިއަން ރުފިޔާ ހޭދަކުރި އެވެ. މީގެ ތެރެއިން ކޮރަޕްޝަން ހިމެނޭ ގޮތައް ނެގި ފައިސާ ގެ މައްސަލަ އެއް ވާނަމަ އެކަން ވެސް ބަލަން ޖެހެ އެވެ.
ބޯގަންމާ
16 December 2024
މީ ދޯ މި ސަރަހައްދުން ކުނި ވަސް ދުވާ ސަބަބަކީ، އަޅެފަހެ ތިކަން ކުރި މީހަކުގެ ނޯއް ބެދިފައި ބާ ހުންނަނީ، ދުވާ ކުނިވަހުން ކެތްވާވަރެއް ނޫން ވިއްޔާ.... ބައިދަވޭ ރޯޝަނީމަގު ހެދިއިރު އޮތީ ދުއްޕާނަކަށް ވެފައި، ޕޭވްމަންޓް ފުޅާކޮށްފައި، ދެފަރާތު ޕޭވްމަންޓް ހެދުމުގެ ސަބަބުން މަގު ހަނިވެ ކާރުތައް މި މަގަށް ނުވަދޭ. ލަގެޖް ހިފައިގެންނާއި ވިއްސާރަ ދުވަސްތަކުގައި ދަތުރުކުރުން ވޭނަކަަށް ވެފައިވަނީ.
ވަދޭ
17 December 2024
އެމަގަށް ކާރު ވަދޭ. ޕިކަޕްވެސް ވޭން ވެސް ބަރާބަރަށް ވަދޭ. ނުވަންނަން އުޅޭ ކާރެއް ކައިރީވިއްޔާ ބުނޭ ގިނަ ލާރި ހޯދަން ގެއަށް ކަނޑާލާށޭ
ަބުދުﷲ
16 December 2024
މީގެ ކުރީގަ ހަމަ ތީގެ ހާދިސާއެށް ހެންވޭރު ބުރުޒު މަގު ހެންވޭރު ކެފޭ ކުރިމަތީގަ ހިންގި . ސިޓީކައުންސިލް މީހުން އައިސް ބެލި އިރު 3 އިންޗި ހޮޅިއަކުން ނަޖިހާއި ހޮޓަލުގައި ކައްކާ ތެލާއި ކާއެއްޗިހި މެދުކެނދުމެށްނެތި އައިސް އައިސް ހުރި އެމީހުން އެރޭ ކާނުތެރެއިން ކެޕެއްޖަހާފަ ދިޔައީ ހަމަ އެރޭދަންވަރު ކެޕް ނައްޓާލައިފި އަނެއްދުވްހު ސިޓީކައުންސިލް މީހުންއައިސް ޕޭމަންޓް މަތިން ކޮނެ އަނެއްކާ ކެޕެއްޖެހީމަ އެހުރި ގޮތަށް ހުރީ