މީޑިއާ ކައުންސިލްގެ ރައީސަކަށް އިންތިހާބުކުރި ހުސައިން ސަގީފް
16 ޑިސެމްބަރ 2024 - 18:42
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާ ދައުރުގެ ރައީސަކަށް ތިލަދުން އޮންލައިންގެ ހުސައިން ސަގީފް މިއަދު އިންތިހާބުކޮށްފި އެވެ.
މިއަދު ފެށި އެމްއެމްސީގެ 16 ވަނަ ދައުރުގެ ރައީސަކަށް ސަގީފާ އެކު ދެން ވާދަކުރީ އެމްއެމްސީ މި ފަހަރުގެ އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދި "މިހާރު" ގެ ފާތިމަތު ޝަނާ މުހައްމަދެވެ.
މީގެ ކުރިން އެމްއެމްސީގެ ނައިބު ރައީސްކަން ވެސް ކުރެއްވި ސަގީފް 16 ވަނަ ދައުރުގެ ރައީސަކަށް އިންތިހާބުކުރީ 8 ވޯޓުންނެވެ. ޝަނާ އަށް ލިބުނީ 7 ވޯޓެވެ.
އެމްއެމްސީގެ އާ ދައުރުގެ ރައީސަށް ސަގީފް މި އިންތިހާބުކުރީ ދެ ބުރަށް ވޯޓު ނަގައިގެންނެވެ. ރައީސަކު ހޮވަން އިއްޔެ ބޭއްވި އިންތިހާބުގައި ސަގީފާއި ޝަނާގެ ވޯޓު 7-7 އިން ވީ އެއްވަރެވެ. އެހެންވެ، ނަތީޖާ ނެރުމަށް އަލުން މިއަދު ސިއްރު ވޯޓު ނެގީ އެވެ.
އެކަމަކު ކައުންސިލްގެ ނައިބު ރައީސަކަށް އިއްޔެ ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް މުހައްމަދު އިންތިހާބު ކޮށްފަ އެވެ. އިބްރާހިމް ނުވަ ވޯޓު ހޯއްދެވިއިރު އޭނާއާ ވާދަކުރެއްވި އިބްރާހިމް ފައުޒީ އަށް ހޯއްދެވުނީ ހަ ވޯޓެވެ.
މީޑިއާ ކައުންސިލްގައި ތިބެނީ މީޑިއާތަކުން 8 ނޫސްވެރިއަކާއި އަމިއްލަ ގޮތުން 7 މީހަކާ އެކު ޖުމްލަ 15 މީހެކެވެ. އެ ކައުންސިލްގެ ދައުރަކީ ދެ އަހަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީޑީޔާ
17 December 2024
ޝަނާއާ ފައުޒީއަކީ ކިތަންމެ ޤާބިލް ދެ ބޭފުޅުންކަމުގައިވިއަސް އެ ދެބޭފުޅުންގެ މައްޗަށް އެހެންބަޔަކު ކުރި ހޯދައިފި. ކާމިޔާބާއި ނާކާމިޔާބުގައިވެސް އޮތީ ޝުކުރުވެރިވުން.
ޕޮލިޓިކަލް އާރޓް
17 December 2024
މީ ސީދާ އެމްޑީޕީގެ ޕަޕެޓެއް ރަގަޅު މިމަޤާމަށް މީނާ ދެން އެމްޑީޕީގެ އަގަބަންދުކުރެވޭނީ މިހެން
އައިޓީ ބީޓީ
17 December 2024
ސަގީފް އަކީ ވަރަށް ހިތް ހެޔޮ މިކަމާ އެކަށީގެންވާ ބޭފުޅެއް. ކުރިން ކައުންސިލް ކަމާ އައިތީ ސްޕެޝަލިސްޓް ކަން ވެސް ކުރެއްވި އިލްމާ ހިލްމު ހުރި ހިތްތިރި ހުރިހާ އެންމެންނާ ގުޅޭ ހިތްހެޔޮ ބޭފުޅެއް.
ވައިއި
17 December 2024
އަނެއްކާ އަނެއް ޕޮލިޓިކަލް ވަޒީފާ... ކީތްކުރާ ބައެއް މިއީ!
ފަރުހާދު އަބޫ
16 December 2024
ތާކުންތާކު ނުޖެހޭ ޖަމިއްޔާއެއް ތީ
އުސްތާޒު ފައުޒީ
16 December 2024
ބަލަ ބެއްޔާ އެއީ ޖަމިއްޔާއެއްނޫން. ތާކުންތާކު ޖެހޭކަންވެސް ނުޖެހޭކަންވެސް އެނގޭނީ އެއީ ކޯޗެއްކަންވެސް އެނގިގެނެއްނު.