މުނިފޫހިފިލުވުން / ބޮލީވުޑް

ސޮނާކްޝީ ތަރުބިއްޔަތު ކުރުމުގައި ބައްޕަ އިހުމާލުވި ކަމަށް މުކޭޝް ބުނުމުން މައްސަލަ ހޫނުވެއްޖެ

ސޮނާކްޝީ ސިންހާ އާއި އޭނާގެ ބައްޕަ، އަދި އެކްޓަރު މުކޭޝް ކަންނާ.

18 ޑިސެމްބަރ 2024 - 06:41

1 comments

ބޮލީވުޑްގެ ތަރި ސޮނާކްޝީ ސިންހާ ތަރުބިއްޔަތު ކުރުމުގައި އޭނާގެ ބައްޕަ އިހުމާލުވެފައިވާ ކަމަށް އިންޑިއާގެ އެކްޓަރު މުކޭޝް ކަންނާ ބުނުމުން އެ މައްސަލަ ހޫނުވެއްޖެ އެވެ.

އިންޑިއާގެ ޓީވީ ޝޯ "ޝަކްތީމޭން" ކުޅެގެން މަޝްހޫރުވި މުކޭޝް މިފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވަނީ މީގެ ފަސް އަހަރު ކުރިން ވެފައި އޮތް ކަމެއް އަނެއްކާވެސް ފެންމަތިކޮށް، ސޮނާޝްކީ އާއި އޭނާގެ ބައްޕައަށް ފާޑުކިޔައިފަ އެވެ.

އެއީ، 2019 ވަނަ އަހަރު އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ "ކޯން ބަނޭގާ ކްރޯޑްޕަތީ"ގައި ސޮނާކްޝީއާ ކުރި ސުވާލަކަށް ޖަވާބު ދޭން އޭނާއަށް ނޭނގުނު މައްސަލަ އެވެ. އެ ޝޯގައި އޭނާއާ ކުރީ ހިންދޫ ދީނުގެ ކަމަކާ ގުޅޭ ސުވާލެކެވެ. އެކަމަކު، އެ ސުވާލުގެ ރަނގަޅު ޖަވާބު ސޮނާކްޝީއަށް ނޭނގުމުން އޭނާ ވަނީ ހެލްޕްލައިންގެ އެހީ ހޯދައިފަ އެވެ.

އެ މައްސަލަ އަނެއްކާވެސް ފެންމަތިކޮށް މުކޭޝް ބުނީ، އެ ދުވަހު އެކަން އެގޮތަށް ވީ ސޮނާކްޝީގެ ބައްޕަ ޝަތުރޫގަން ސިންހާ އޭނާގެ ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިހުމާލުވެފައި ވާތީ ކަމަށެވެ.

މުކޭޝްގެ ވާހަކަތަކާ މެދުގައި ހިތްހަމަނުޖެހި ސޮނާކްޝީ ވަނީ މުކޭޝްއަށް ރައްދު ދިނުމުގެ ގޮތުން އިންސްޓަގްރާމް ސްޓޯރީގައި އިއްޔެ ޕޯސްޓެއް ކޮށްފަ އެވެ.

ސޮނާކްޝީ ބުނީ އެ ސުވާލަށް ޖަވާބު ދޭން ނޭނގުނީ ހަމައެކަނި އޭނާއަށް ނޫން ކަމަށާއި އެ ޝޯގައި ބައިވެރިވި އެހެން ދެ މީހަކަށް ވެސް، ހަމަ އެ ސުވާލަށް ޖަވާބު ދޭން ނޭނގުނު ކަމަށެވެ. އެކަމަކު، އެވަރުން ވެސް މުކޭޝް ފާހަގަކުރީ އޭނާގެ ނަން އެކަނި ކަމަށާއި އެއީ ޒާތީވުން ނޫން އިތުރު ކަމެއް ނޫން ކަމަށް ސޮނާކްޝީ ބުންޏެވެ.

"މާ ކުރިން ވެފައި އޮތް މި ކަންތައް އިރުއިރުކޮޅާ ފެންމަތި ނުކޮށް، ހަނދާން ނައްތާލައި، އަހަންނާއި އަހަރެންގެ އާއިލާ މިކަމުގެ ތެރެއަށް ވައްދާ ޚަބަރަށް އަރުވާނެ ކަމެއް ނެތް،" ސޮނާކްޝީ ބުންޏެވެ.

ސޮނާކްޝީ ބުނީ އޭނާގެ ބައްޕަ އޭނާ ތަރުބިއްޔަތު ކުރީ ވަރަށް ރަނގަޅަށް ކަމަށާއި އެކަމާ މެދުގައި ސުވާލު އުފައްދާނެ ފުރުސަތު އެއްވެސް މީހަކަށް ނޯންނާނެ ކަމަށެވެ.

މުކޭޝްއަކީ ވަރަށް ގިނައިން އިންޓަވިއުތަކުގައި ބޮލީވުޑްގެ ތަރިންނަށް ފާޑުކިޔާ މީހެކެވެ. އޭނާގެ ވަނީ މީގެ ކުރިން ސައިފް އަލީ ހާން އާއި އަކްޝޭ ކުމާރް އާއި ޒީނަތު އަމަން އާއި ރަންވީރް ސިންގް އަދި ކަޕިލް ޝަރްމާ ކަހަލަ އެތައް ފަންނާނުންނަކަށް އެކި ކަންކަމުގައި ފާޑުކިޔައިފަ އެވެ. ކޮންމެ ފަހަރަކު ވެސް އޭނާ ފާޑުކިޔަނީ ދީނީ ކަންމަކާ ގުޅުވައިގެންނެވެ.

ސޮނާކްޝީ މުސްލިމު ފިރިހެނަކާ ކައިވެނިކުރުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ. ހާއްސަކޮށް، އިންޑިއާގެ ހަރުކަށި ހިންދޫން އޭނާއަށް ވަރަށް ފާޑުކިޔެވެ.

ސޮނާކްޝީ ކައިވެނިކޮށްގެން އުޅެނީ އިންޑިއާގެ އެކްޓަރު ޒަހީރް އިގުބާލްއާ އެވެ. އެމީހުން ކައިވެނިކުރީ މިދިޔަ ޖޫން މަހުގެ 23 ގަ އެވެ.

ބައެއް މީޑިއާތަކުން އޭރު ރިޕޯޓްކުރި ގޮތުގައި ޒަހީރުއަކީ މުސްލިމަކަށް ވާތީ، އެ ކައިވެންޏަށް ސޮނާކްޝީގެ މައިންބަފައިން ވެސް ނުރުހެވެ. ސޮނާކްޝީއަކީ ހިންދޫއެކެވެ. އެކަމަކު، އެ ވާހަކަތައް ދޮގުކޮށް، ސޮނާކްޝީގެ މައިންބަފައިން ވަނީ އެ ކައިވެނީގެ ހަފުލާތަކުގައި ވެސް ބައިވެރިވެފަ އެވެ.

1 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 25%
icon angry icon angry 25%
icon wow icon wow 25%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކިނާރީ

18 December 2024

އެހެންވީމަ އޭނާގެ ދެބޭބެއިން ބައިވެރި އެއް ނުވޭ . ރޭގަ ދެއްކި ޝޯ ގަވެސް ހިންދޫ ދީނާ ބެހޭ ގޮތުން ކުރިސުވާލަށް ޖަވާބު ދޭން ނެގުނު . އަމީތާބު ބުނީ ހިންދޫ ދީނާ ބެހޭ ގޮތުން ދައްކާ ބުއްދާ ޝޯ އެއް ބެލުމަށް . އެބައެއްގެ ހިތަށް އިސްލާމް ދިން ގެ އަލިކަން ލިބުމަށް އެދޭތީ ހިންދީ ދީނުގެ ކަންކަން ނޭނގެނީ . އެހެންވީމަ މުސްލިމުން ނާ ކައިވެނި ކުރެވެނީ . ތެދުމަގު ލިބި މުސްލިމަކަށް ވުމުގެ ހޮޔޮ ތައުފީގު ސޯނާކުޝީ ސިންހާ އަށް ލިބުން އެއީ އެދޭގޮތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454